Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް: ކޮނޑޭ ހިފަހައްޓައި ނިލަންދޫން ޗެމްޕިއަންކަން ހޯދައިފި

ނިލަންދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދީ 1-3 އެގްރިގޭޓް ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 14 މެއި 2017 | އާދީއްތަ 19:19
ނިލަންދޫ އަދި ކޮނޑޭ ބައްދަލުކުރި މެޗުގެ ކުރިން ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިލައިގެން

ނިލަންދޫ އަދި ކޮނޑޭ ބައްދަލުކުރި މެޗުގެ ކުރިން ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިލައިގެން

މިނިވަން ޗެމްޕިއަންޝިޕްގައި ގއ.ކޮނޑޭ ހިފަހައްޓައި ގއ.ނިލަންދޫން ގއ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހު ހަވީރު ނިލަންދޫ އަދި ކޮނޑޭ ބައްދަލުކުރި މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ކޮނޑޭ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާޝިދެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ނިލަންދޫގެ ހާފަށް ބާރުބޮޑުރަމުންނެވެ.

އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ކޮނޑޭ އިން ވަނީ ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ނިލަންދޫން ވަނީ މޮޅު ޑިފެންސެއްކޮަށް، ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ނިލަންދޫގެ މައްޗަށް ކޮނޑޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނިލަންދޫން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ކޮނޑޭ އިން ވަނީ އެޓީމުން އުފެއްދި ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

ނިލަންދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ނަޒީފް އަޙުމަދެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު މެޗު ނިމުނުއިރު، ފުރަތަމަ ލެގުގައި ނިލަންދޫ 0-2 ގެ ނަތީޖާއިން މޮޅުވެފައި އޮތުމާއެކު 1-3 ގެ އެގްރިގޭޓް ނަތީޖާއަކާއެކު އެޓީމުން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު