Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިއުމަން ރައިޓްސް އެންށް ޖެންޑަރ ކޮމިޓީ

ފިޔަވަޅުތަކާއެކު ޖުލައި މަހު ކޮމިޓީއާ ބައްދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

އިހުމާލުވި ސިއްޙީ ޚިދުމަތްތެރިންނާއި އެޗްއީއޯސީގެ މީހުންނަށްވެސް ފިޅަވަޅު އަޅާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖޫން 2021 | ހޯމަ 14:32
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވުމަށް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ހެލްތް މިނިސްޓްރީން ކުރިއަށްގެންދިތަ ތަހުގީގުގެ ރިޕޯޓްގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާ މީހުންނަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޖުލައި މަހު ކޮމިޓީއާ ބައްދަލު ކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ކޮމިޓީންވަނީ މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް ވަގުތު ދެއްވާފައެވެ.

މި މައްސަލާގައި އިހުމާލުވި މީހުން ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ފުރިހަމަ ރިޕޯޓް އާންމުކުރީ، 20 ޖޫން 2021 ގައެވެ. މި ރިޕޯޓުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އެހެންނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއްކަން ބަޔާން ކޮށްފައެއް ނުވެއެވެ.

ހޯމަ ދުވަހު ކުރިއަށްގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިމައްސަލާގައި އިހުމާލުވި ސިއްޙީ ޚިދުމަތްތެރިންނާއި އެޗްއީއޯސީގެ މީހުންނަށްވެސް ފިޅަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެޗްއީއޯސީގައި މައުލޫމާތު ހިއްސާކުރަން އޮންނަ އުސޫލަށް ބަދަލު ގެނެސްފައިވަނީ ހެލްތް މިނިސްޓްރީގެ ގަވާއިދުތަކާ ޚިލާފަށް އެޗްއީއޯސީން ކަމަށެވެ.

މިތަހުގީގުން އެޗްއީއޯސީގައި ހުރި ދޯދިޔާވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތުވެސް މެޑިކަލް އޮފިސަރުން އޯވަރސީ ކުރާނެ ސްޕެޝަލިސްޓެއް ނެތުމާއި، ހުރިހާ މާއުލޫމާތުތައް ބެލޭނެ އެއް ޕްލެޓްފޯމެއް ނުތުމުން އެޗްއީއޯސީގައި ކަން ހިނގާގޮތް މެނިޓަރ ނުކުރެވޭކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ދޮޅު އަހަރު ވެގެންދިޔައިރު މިފަދަ ހާދިސާއެއް ހިނގާފައިނުވާތީ އެކަންކަން ދާގޮތް ނުބެލި އޮތީ ކަމަށެވެ. އެހެންނަމަވެސް މިހާރު، އެޗްއީއޯސީގެ އޮޑިޓެއް ހެދުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު