Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީއާރް މެޝިން

އަތޮޅު ތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވަނީ

ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި މެޝިންތައް ފޮނުވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ޖޫން 2021 | ހޯމަ 12:30
ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް

އަތޮޅުތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

އުމުރުން 10 އަހަރުގެ މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަަރ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކޭސްތައް އިތުރުވަމުން އަންނާތީ، ޓެސްޓް ހެދޭނެ އިންތިޒާމްތައް ބައެއް ހިސާބުތަކުގައި ނެތް ކަމަށް ދެންނެވުމުން މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި، އަތޮޅު ތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، މި މެޝިން ތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެއް ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައިވެސް 5 ޕީސީއާރް މެޝިން ލިބޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ އަތޮޅެއްގައި މެޝިނެއް ބެހެއްޓުމުގެ ވިސްނުން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގައި ބަލި އިތުރުވުމުގެ އެންމެ ބޮޑު ސަބަބީ ގައިޑްލައިންތަކަށް އަމަލު ނުކުރުން ކަމަށެވެ. އަދި މި ކަމުގެ ޝަކުވާ މިނިސްޓްރީއަށްވެސް ލިބެމުން އަންނަ ކަމަށެވެ.

މިހާރަކަށް އައިސް މާލެއަށްވުރެ އަތޮޅުތެރެއިން ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު