Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތަޢުލީމުގެ ލޯނު ދިނުން

ސްޓޫޑެންޓް ލޯންގެ ދާއިމީ ލިސްޓް އާންމުކޮށްފި

21 ޖޫން 2021 | ހޯމަ 03:39

އަލަށް ކިޔަވަން ފަށާ 449 ދަރިވަރަކަށް ލޯނު ވަނީ ހަމަޖައްސާދީފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 21 ޖޫން 2021 | ހޯމަ 03:39
މަތީ ތަޢުލީމު ހާސިލުކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަތީ ތަޢުލީމު ހާސިލުކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސްކީމް ނުވަތަ ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ. މި ފަހަރު ލޯނުގެ 770 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލުމުން 1،176 ދަރިވަރުން ވަނީ ލޯނަށް ކުރިމަތިލައިފަައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މީގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންގެ ނަންތައް ހާމަކޮށް ވަގުތީ ލިސްޓު މެއި މަހު ވަނީ އިއުލާނުކޮށްފައެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 1 ޖޫން ނިޔަލަށް ފުރުސަތު ހުޅުވާލިއެވެ. އެ ޝަކުވާތަކަށް ބަލައި ދާއިމީ ލިސްޓް ޖޫން 20 ވަނަ ދުވަހު އާންމުކޮށް އެކަން ވަނީ އިއުލާނުކޮށްފައެވެ. ޝަކުވާ އަށް ހުޅުވާލި އިރު، ލޯނު ދޭން ނިންމާފައި ވަނީ 417 ކުއްޖަކަށެވެ. ނަމަވެސް ލިސްޓު ފައިނަލް ކުރި އިރު، މިއަދަދު 449ށް ވަނީ އިތުރުކޮށް ލޯނު ހަމަޖައްސައިދީފައެވެ.

Advertisement - newsAdvertisement

ލޯނަށް ހުޅުވާލި ފުރުސަތުގެ ތެރެއިން، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ކުރި ފުރުސަތުތަކުގައި، އެމްބީބީއެސް ކިޔަވާ ދަރިވަރުންނާއި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ލޯނަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން އޮތީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމްބީބީއެސްއަށް ކިޔާވާ 65 ދަރިވަރަކާއި، ފައިލެޓްކަން ކިޔަވާ 16 ދަރިވަރުންނެެވެ. މިހާރު ލޯނު އަނބުރާ ދެއްކުމަށް އޮންނަ މުއްދަތު 18 މަސްދުވަހަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ ޕެންޑަމިކްގެ ސަބަބުން ގެނައި ބަދަލެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ލޯނު ސްކީމުގައި ބައެއް ދާއިރާތަކުން ލޯނަށް އެދި ކުރިމަތިލީ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ތަރުހީބު ކުޑަ އެވެ. އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ އެމްބީބީއެސް، ޕައިލެޓް އަދި ޕީއެޗްޑީ ކޯސްތަކަށެވެ.

މިއަހަރު ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން އަލަށް ކިޔަވަން ފަށާ ކުދިންނަށް ކިޔެވުން ފެށުމަށް 18 މަސް ދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުންޏެެވެ. ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 137 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑްގެ 4 ވަނަ ރާޅާއެކީ ދިން ލުއިތަކާއެކު ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން، މި އަހަރުގެ ނިޔަލަށް ފަސްކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އބްރާހިމް ޙަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޤުތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިއިރު ވެސް ސްޓޫޑަންޓްލޯނުތައް އަނބުރާ ދެއްކުން މި އަހަރުގެ ނިޔަލަށް މަޑުޖައްސާލުމަށް ރައީސް ނިންމެވި ނިންމެވުމަކީ މަތީ ތަޢުލީމާއި ތަމްރީނަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ކުލަގަދަ ހެއްކެއްކަމަށް ވިދާޅުވެފައެވެ.

ކޮވިޑް19ގެ ބަލިކަމުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތުނަގާނެ ކަމަށް ބެލެވޭތީ މި ދިޔަ އަހަރު ވެސް ސަރުކާރުން އެ ފުރުސަތު ފަހިކޮށްދިނެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯންއިން ދަރިވަރުން ނަގާފައިވާ ނޭޝަނަލް ސްޓޭންޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި، އެޑިޔުކޭޝަން އެސިސްޓަންސް ލޯނު ސްކީމްގެ ލޯނުތަކުގެ އިތުރުން، މީރާއަށް ލޯނު ރީޕޭމަންޓް ދައްކާ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކާއި، ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތައް ދައްކަމުންދާ ފަރާތްތަކުން ލޯނު ދެއްކުން އޭރު ވެސް ފަސްކޮށްދީފައިވެއެވެ. އޭގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޭރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވެއެވެ.

ކޮވިޑް-19ގެ މި ހާލަތުގައި ސަރުކާރުން ގެންދަނީ އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު އެކި ސްޓިމިއުލަސް ޕެކޭޖުތައް ވެސް ފޯރުކޮށްދެމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!

14 އޯގަސްޓު 2017
ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!
08 ޖުލައި 2017

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި
18 ޖޫން 2017

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

18 ޖޫން 2017
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި
26 އެޕްރީލު 2017

ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ

26 އެޕްރީލު 2017
ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
18 އެޕްރީލު 2017

ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ

18 އެޕްރީލު 2017
 ވޯޓާސް ލިސްޓްގެ ތަފާތު ތިން ލިސްެޓެއް، ސައްޚަ ލިސްޓް ނޭނގި ސޮޔެއް ނުކުރެވޭނެ: ޖޭޕީ
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް