Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައުދާ

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

ރައުދާ އުޅުނު ކޮޓަރީގެ ދޮރަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2017 | ބުރާސްފަތި 11:41
މޮޑެލް ރައުދާ

މޮޑެލް ރައުދާ

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފް މަރުވެފައި އޮތް ވީޑިއޯއެއް ބަންގްލަދޭޝްގެ ނިއުސް ސާވިސް 71 ބަންގްލަ ޓީވީން އާންމު ކޮށްފިއެވެ.

މި ވީޑިއޯ ބަންގްލަދޭޝްގެ ފުލުހުން އާންމުކޮށްފައި ވަނީ ރައުދާގެ މަރުގެ މައްސަލާގައި އެތަކެއް ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ.

ބަންގްލާ ޓީވީން ވަނީ ޔޫޓިއުބްގައި ވެސް އެ ވީޑިއޯ އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަނީ ބަންގްލަދޭޝްގެ ކްރައިމް ސީން ޔުނިޓްގެ ފުލުހުން ރައުދާ އުޅޭ ކޮޓަރިއަށް ދޮރުހުޅުވާފައި ވަންނަ ތަނެވެ. ރައުދާ މަރުވެފައި ހުއްޓާ ފެނިގެން އެކުވެރިން އެ ކޮޓަރިއަށް ވަނީ ދޮރު ހަލާކުކޮށްލައިގެން ކަމަށް ބުނި ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުން އެއްވެސް ގެއްލުމެއް ދޮރަށް ލިބިފައެއް ނުވެއެވެ.

ކޮޓަރީގެ ދޮރުގެ އެތެރެއިންނާއި ބޭރުން ގަދަކަމުން ވަދެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ރައުދާގެ ބައްޕަ ވެސް ވަނީ ބުނެފައި ވެއެވެ.

ކޮޓަރިއަށް ވަންނަތަނުން ފެންނަނީ މަރުވެފައި އޮތް ރައުދާ އެނދުމަތީގައި ބާއްވާފައި އޮއްވައެވެ. އަދި ގޮނޑި ކައިރީގައި ބާލީހެއް ބާއްވާފައި އޮވެއެވެ. ކޮޓަރީގެ ފަންކާގައި ރައުދާ ދަންޖެހުނު ކަމަށް ބުނާ ސްކާފެއް އައްސާފައި ހުއްޓެވެ. އަދި އެނދުކައިރީގައި ފެން ހޫނުކުރާ އެއްޗަކާއި ފެން ފުޅިއެއް އެނދުކައިރީގައި ހުއްޓެވެ. ބަންގްލަދޭޝްގެ ފުލުހުން އާންމު ކޮށްފައިވާ ވީޑިއޯގައި ރައުދާގެ ހަށިގަނޑު އެހާ ކައިރިން ދައްކާފައެއް ނުވެއެވެ. އެ ވީޑިއޯއިން ދައްކާފައިވަނީ ރައުދާގެ ދެފައި އަދި އަތެވެ. މަރުވެފައި އޮތް ހަށިގަނޑު އެނދުމަތީގައި ބާއްވާފައި އޮތް މަންޒަރު ދައްކާފައި ވަނީ ސާފުނުވާ ގޮތަށް ދުރުންނެވެ.

ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުގައި ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރައުދާގެ ބައްޕަ ޑރ. އާތިފް ވިދާޅުވެފައި ވަނީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އާއިލާ އިން ގަބޫލުނުކުރާ ކަމަށެވެ. އެކަމުގައި ފޮރުވިފައިވާ އެތައް ކަމެއް އެބަ ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް އާތިފް ވަނީ ރާއްޖެ އެމްވީއަށް ވިދާޅުވެފައެވެ.

ރައުދާގެ ބައްޕަ ޑރ. އާތިފް ވިދާޅުވެފައި ވަނީ ޝޯލްއެއް ބޭނުން ކޮށްގެން ދަންޖެހުމުން ހުންނަ ނިޝާނާއި ރައުދާ ކަރުގައި ހުރި ނިޝާނާއި ތަފާތު ކަމަށާއި ދަންޖެހިގެން މަރުވާ މީހުންގެ އަނގައިން ސޮނި ބޭރުވެފައި ހުންނާނެ ކަމަށެވެ. އެެހެން ނަމަވެސް ރައުދާގެ ހަށިގަނޑުން އެކަހަލަ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުން ރައުދާގެ ކޮޓަރީގައި ހަރަކާތްތެރި ވަމުން ދިޔައިރު އާންމުންގެ ބަޔަކު ވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އާންމުކޮށް ކްރައިމް ސީނަކަށް އާންމުންނަށް ވަދެވޭނީ ފުލުހުން ހުއްދަ ދިނުމުންނެވެ. އަދި ހަމަ އެހެންމެ ކްރައިމް ސީންއެއްގައި އާންމުންނަށް ތިބެވުމަކީ ތަހުގީގަށް ގެއްލުން ވެދާނެކަމެކެވެ.

އަނެއްކޮޅުން އޮޓޮޕްސީ ހެދި ޓީމުގައި ރައުދާ އުޅުނު ކޮލެޖުގެ މުވައްޒަފަކު ހިމެނޭތީ ރާޖްޝާހީ މެޑިކަލް ކޮލެޖުގެ ފިޒިޝަނަކު ވެސް ވަނީ އެކަމާ ސުވާލު އުފައްދަވާފަ އެވެ.

ކޮންމެ އަކަސް ރައުދާގެ މަރަށް ޖަވާބު ނުލިބޭ އެތަށް ސުވާލުތަކެއް އެބަހުއްޓެވެ. ދިވެހި ފުލުހުންގެ ޓީމުން ވަނީ ރައުދާގެ މަރުގެ ތަހުގީގުގައި ބަންގްލަދޭޝްގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު