Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

3 މީހެއްގެ ފޮޓޯ އާންމުކޮށްފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 ޖޫން 2017 | އާދީއްތަ 18:01
ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް

ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ، ޔާމީން ރަޝީދު (ޗަނބޭލީގެ، ސ. ފޭދޫ) ގެ މަރާލުމަށް، އޭނާއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި 3 މީހުންގެ ފޮޓޯ ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި އާންމުކޮށްފައިވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރެއިން، އިސްމާއިލް ރަޝީދު (25 އަހަރު، ކ. މާލެ / މ. ޠާއިފް) އާއި، އިސްމާއިލް ހައިޝަމް ރަޝީދު (21 އަހަރު، ކ. މާލެ / ހ. އަންނާރުމާގެ)، ގެ އިތުރުން، އަޙުމަދު ޒިހާން އިސްމާއިލް (22 އަހަރު، ކ. މާލެ / މ. އިރާސްމިކުގެ) ގެ ފޮޓޯއެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާ، އެގޮތުން، އިސްމާއިލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ރިކޯޑް އޮންނަ މީހެއް ކަމަށާ، ފޭރުމުގެ މައްސަލައެއްގައި އޭނާ ޙުކުމްވެސް ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އިސްމާއިލް ރަޝީދަކީ، ގްރޫޕް ހަދައިގެން، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގުނު ސީސީޓީވީ ފުޓޭޖާއި، މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭގޮތަށް، ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް، ބަލާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެއާއިއެކު 20 އަހަރާއި 40 އަހަރާއި ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކޮށްފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ތަހުގީގުގައި ކަމާއިގުޅޭ މާހިރުންގެ ލަފާ ހޯދައި، ސަރުކާރުގެ އެކި އިދާރާތަކުގެ އެހީތެރިކަމާއިއެކު އެފަރާތްތަކުގެ ޑޭޓާބޭސްތަކުގައިވާ މަޢުލޫމާތު މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން، މިކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި، މިކަމުގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ގިނަ ހުރަސްތަކަކާއިވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ތަހުގީގާއި ގުޅުން ނެތް ފަރާތްތަކުން މައްސަލައާއި ގުޅޭ މައުލޫމާތާއި އަމިއްލަ ރައުޔު ރައްޔިތުންނާއި ހިއްސާ ކުރުމާއި، ބައެއް ޤާނޫނީ ވަކީލުންނާއި އެހެން ފަރާތްތަކުގެ ފުށުން މައްސަލައިގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާ އޭގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ޔާމީން މަރާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް މިހާރު ހޯދިފައިވާ ކަމަށާ، އެފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާވެސް ލިބިފައިވާ ކަމަށެވެ. އަދި މި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު