Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިއްހީ ހިދުމަތްތައް

ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮކްޓަރުން ތިބޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2017 | ބުދަ 22:39
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮކްޓަރުން ބޭތިއްބުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ޑޮކްޓަރުން ތިބޭނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން 16 ރަށެއްގައި އަލަށް ޑޮކްޓަރުން ބެހެއްޓިފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ ޝީޒާ އަލީ ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ ޝީޒާ ވިދާޅުވީ، ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"ބޭރު މީހުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން، 2014 އިން ފެށިގެން މިހާތަނަށް ސްޕެޝިއަލައިޒް ޑޮކްޓަރުންގެ ތެރެއިން 39 ޑޮކްޓަރުން ވަނީ ކިޔަވަން ފޮނުވިފައި." ޝިޒާ ވިދާޅުވި އެވެ.

ޝީޒާ ވިދާޅުވީ، ސިއްހީ ދައިރާއިން ތަފާތު ކޯސްތަކަށް ދިވެހި ދައުލަތުން ހަރަދުކޮށްފައިވާ ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ.

އައުޓް ރީޗުކޮށް ބަލިތަކުގެ ޚާއްސަ ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވައިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި 10،000 މީހުން ފަރުވާ ހޯދާފައިވާކަން ޝީޒާ ފާހަގަކުރެއްވި އެވެ. ޝީޒާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތުގެ ފަންނީ މީހުންގެ ގާނޫނާއި، ސިއްހީ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝީޒާ ވިދާޅުވީ ކޮލިޓީ ފްރޭމްވޯކެއް އެކުލަވާލުމުގެ ދަށުން 84 ފަރާތެއް މިހާތަނަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. ޝީޒާ ވަނީ ހޭނައްތާ ޑޮކްޓަރުންނާއި އަންހެނުންނަށް ޚާއްސަ ޑޮކްޓަރުންގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރުން އަތޮޅުތަކުގެ ހޮސްޕިޓަލުގައި ތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އިބްރާހިމް ނާޒިމް ވިދާޅުވީ، ސިއްހީ ގިނަ ހިދުމްތަތަކެއް މި ސަރުކާރުން ދެމުންގެންދާ އިރު ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ލެބޯޓްރީތައް ނެތް ތަންތަނުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ތެރޭގެ ގިނަ ސިއްހީ މަރުކަޒުތަކެއް 24 ގަޑި އިރު ހިދުމަތްދޭ ތަންތަނަށް ވަނީ ބަދަލު ކުރެވިފައި. ކުދި އާބާދީތަކުގައި 8 ގަޑި އިރު ހިދުމަތް ދޭ ތަންތަން 16 ގަޑި އިރަށް ވެސް ވާނީ ބަދަލު ކުރެވިފައި." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ސަރުކާރުގެ މިވީހާތަނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު