Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ އާމްދަނީއަށްކުރާ އަސަރު

ކޮވިޑްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން

20 ޖޫން 2021 | އާދީއްތަ 09:54

އާމްދަނީ އަށް ލިބޭ މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖޫން 2021 | އާދީއްތަ 09:54
ކޮވިޑް-19 އާއެކު ރާއްޖޭގެ އިގުތިސާދަށް ކުރި އަސަރާ އެކު ދައުލަތުގެ އާމްދަނީ ދަށަށް ދިއުން

ކޮވިޑް-19 އާއެކު ރާއްޖޭގެ އިގުތިސާދަށް ކުރި އަސަރާ އެކު ދައުލަތުގެ އާމްދަނީ ދަށަށް ދިއުން

ކޮވިޑް-19ގެ ސަބަބުން 2020 ން 2022 ގެ ނިޔަލަށް ދިވެހި ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް ފިނޭންްސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވަނީ ކޮވިޑް-19 އާއެކު ދައުލަތަށް ލިބޭ އާމްދަނީ މިވަނީ ބޮޑުތަނުން ދަށަށް ދާންފަށާފައި ކަމަށާއި 2020 ވަނަ އަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީއަށް ބަލާއިރު, 2020 އިން ފެށިގެން 2022 ނިޔަލަށް, ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ އާމްދަނީއަށް ލިބޭ މި ގެއްލުމުގެ ސަބަބުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި ކުރާ ޚަރަދުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ބަލިމަޑުކަމާ ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަމީރު ވަނީ މިކަންކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން ކަމަށާއި ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މިކަންކަން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މި ދުވަސްވަރަކީ މުޅި ދުނިޔެ ވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަން ފާހަގަކުރައްވައި މިނިސްޓަރ އަމީރު ވަނީ ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ޚަރަދުތައް މެނޭޖުކުރާއިރު، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކުރަން އިސްކަންދޭން ޖެހޭ ކަމަށާއި މިވަގުތަކީ ކިތަންމެ ބޭނުންވިޔަސް ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެން ދަންނަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއެކު ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަމާ އެކު ސަރުކާރުން ވަނީ ޚަރަދުކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު އިތުރު ޚަރަދުތަކާއެކު ވެސް 2020 ވަނަ އަހަރަށް ކަނޑައެޅުނު 37.9 ބިލިއަން ރުފިޔާގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ 28.9 ބިލިއަން ރުފިޔާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ޚަރަދުކުޑަކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މުސާރަ ލިބޭ މީހުންގެ މުސާރަ ފަސް މަސް ދުވަހަށްް އުނިކޮށްފައެވެ. އަދި ނުފަށާ ހުރި މަޝްރޫއުތައް މަޑު ޖައްސާލުމާއި ދަތުރުފަތުރާއި މަރާމާތުގެ ޚަރަދުތައް މަޑުޖައްސާލުމުގެ އިތުރުން ޚަރަދުތަކުގެ ކޮންޓްރޯލް އިތުރުކޮށް ޚަރަދުތައް މަޑުޖައްސާލާފައިވެއެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އިތުރު ޚަރަދުތަކެއް ކުރިއިރު، މިހާރު ވެސް ސަރުކާރުން ދަނީ ބަލިމަޑުކަމުން އަރައިގަތުމަށާއި، ސިއްހީ ރައްކާތެރިކަމަށާއި، އިގުތިސާދީ ރިލީފް އަދި ސްޓިމިއުލަސް އަށް ގިނަ ޚަރަދުތަކެއް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް