Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަތުން

ތާރީޚީ ކާމިޔާބީއާއެކު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފި

20 ޖޫން 2021 | އާދީއްތަ 06:10

އިންތިޚާބަށްފަހުވެސް މިނިސްޓަރވަނީ އެކި ގައުމުތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 ޖޫން 2021 | އާދީއްތަ 06:10
މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ

މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ

ތާރީޚީ ކާމިޔާބީއާއެކު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އދ. ގެ އާއްމު މަޖިލީހުގެ ކެމްޕެއިނަށް ރާއްޖެއިން ބޭރުގައި ހުންނަވައި، އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތީ، އާދީއްތަ ދުވަހުގެ ހެނދުނުއެވެ. އިންތިޚާބަށްފަހު ވެސް މިނިސްޓަރު ވަނީ އެކި ގައުމުތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި ކުރިއަށް އޮތް ދައުރުގައި އާއްމު މަޖިލީހުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލެވެ. ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

އދ. ގެ އާންމު މަޖިލީހުގެ މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މި ވަނީ ސިއްރު ވޯޓަކުންނެވެ.

އިންތިޚާބު ކާމިޔާބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ފާއިތުވި އަހަރު ތިމާވެށީގެ ގޮތުންނާއި، އިންސާނީ ކާރިސާތަކުގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑު-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، ވެކްސިނޭޝަން ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 76 ވަނަ މަޖިލީހަކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަޖިލީހަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް