Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ކްރޮއޭޝިއާއިން ޗެކް ރިޕަބްލިކާ އެއްވަރުކޮށްފި

18 ޖޫން 2021 | ހުކުރު 18:12

ޗެކް ރިޕަބްލިކަށް ވަނީ ދެ މެޗުން 4 ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖޫން 2021 | ހުކުރު 18:12
ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހުކުރު ދުވަހުގެރޭ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 23 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ޗެކް ރިޕަބްލިކުގެ ގޯލްކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގައި ޗެކް ރިޕަބްލިކުން ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ޝިކްއެވެ. މިއީ އޭރިއާ ތެރެއިން ޝިކްއަށް ކްރޮއޭޝިއާ ލޮވްރެން ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާއިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެރިސިޗެވެ. މި ލަނޑަށްފަހުވެސް ކްރޮއޭޝިއާއިން ވަނީ ޗެކް ރިޕަބްލިކުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އެއްވަނައިގައި ޗެކް ރިޕަބްލިކަށް ވަނީ ކުޅުނު ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އިންގްލެންޑަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ކްރޮއޭޝިއާއިން އޮތީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ ފުލުގައި އޮތް ސްކޮޓްލެންޑަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2020

ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި

08 ނޮވެމްބަރު 2020
ފަހު ވަގުތު ލާޒިއޯއިން ޔުވެންޓަސްއާ އެއްވަރުކޮށްފި
21 އޮކްޓޯބަރު 2020

ޗެލްސީގެ ޕްރިމިއާ ލީގު ސްކޮޑުގައި ޗެކް ހިމަނައިފި

21 އޮކްޓޯބަރު 2020
ޗެލްސީގެ ޕްރިމިއާ ލީގު ސްކޮޑުގައި ޗެކް ހިމަނައިފި
02 އޯގަސްޓު 2020

ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި

02 އޯގަސްޓު 2020
ރަން ބޫޓު ހޯދާފައިވާ އިމޮބިލޭ އިޓާލިއަން ލީގުގެ ރިކޯޑަކާ އެއްވަރުކޮށްފި
24 ފެބުރުއަރީ 2020

ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި

24 ފެބުރުއަރީ 2020
ލިވަޕޫލުން ސިޓީގެ ރެކޯޑާ އެއްވަރުކޮށްފި
15 ފެބުރުއަރީ 2020

ބާސާއިން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި

15 ފެބުރުއަރީ 2020
ބާސާއިން ރެއާލްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފި
19 އޮކްޓޯބަރު 2019

ޔުއެފާ އެސިސްޓް މުބާރާތް: ރާއްޖެއިން ކެމްބޯޑިއާއާ އެއްވަރުކޮށްފި

19 އޮކްޓޯބަރު 2019
ޔުއެފާ އެސިސްޓް މުބާރާތް: ރާއްޖެއިން ކެމްބޯޑިއާއާ އެއްވަރުކޮށްފި
15 ޖެނުއަރީ 2019

މި ސީޒަނަށްފަހު ޗެކް ކުޅުން ހުއްޓާލަނީ!

15 ޖެނުއަރީ 2019
މި ސީޒަނަށްފަހު ޗެކް ކުޅުން ހުއްޓާލަނީ!
14 ޖެނުއަރީ 2019

ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން އާސެނަލްއާ އެއްވަރުކޮށްފި

14 ޖެނުއަރީ 2019
ޕްރިމިއާ ލީގު: ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑުން އާސެނަލްއާ އެއްވަރުކޮށްފި
05 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، ޗެކްރިޕަބްލިކް ބަލިވެ ހާސްކަމުގެ ތެރެއަށް

05 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ތަފާތު ބޮޑު ނަތީޖާއަކުން ޖަރުމަން މޮޅުވިއިރު، ޗެކްރިޕަބްލިކް ބަލިވެ ހާސްކަމުގެ ތެރެއަށް
05 ޖޫން 2017

ހަޒާޑް ފައިގަ ރެނދެއްލާ ޗެކް ރިޕަބްލިކް އަދި އެސްޓޯނިއާ މެޗު ގެއްލިއްޖެ

05 ޖޫން 2017
ހަޒާޑް ފައިގަ ރެނދެއްލާ ޗެކް ރިޕަބްލިކް އަދި އެސްޓޯނިއާ މެޗު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް