Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ސްލޮވާކިއާ ބަލިކޮށް ސްވިޑެން ދެވަނަ ބުރާ ގާތަށް

ސްލޮވާކިއާ އާއި ސްވިޑެންއަށް ވަނީ ތިން ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖޫން 2021 | ހުކުރު 15:12
ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްވިޑެން މޮޅުވީ 1-0 ން

ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްވިޑެން މޮޅުވީ 1-0 ން

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްލޮވާކިއާ ބަލިކޮށް ދެވަނަ ބުރާ ގާތަށް ސްވިޑެން ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ސްވިޑެން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ސްވިޑެންއިން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، އެ ޓީމަށް މާކަ އެދެވޭ ހަމަލާއެއް ސްލޮވާކިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 59 ވަނަ މިނެޓުގައި ސްވިޑެންގެ ލުޑްވިގް އައުގަސްޓިންސަންއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސްލޮވާކިއާގެ ގޯލްކީޕަރު މަރްކް ރޮޑާކެވެ.

ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގެވެ. މިއީ ސްވިޑެންގެ ކުޅުންތެރިއަކަށް އޭރިއާ ތެރެއިން ސްލޮވާކިއާގެ ގޯލްކީޕަރު ރޮޑާކް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ ކުރީގައި އޮތް ސްލޮވާކިއާ އާއި ސްވިޑެންއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިނަށް ވަނީ އެއް ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ޕޮލެންޑަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު