Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ފ އަތޮޅު ވިއްކާލުން ތަރައްގީ، ކޮންސިއުލޭޓް އެޅުން އަޅުވެތިކަން

18 ޖޫން 2021 | ހުކުރު 14:32

އިންޑިއާ ކުރިއަށް ނުލައި ބައެއް މީހުންނަށް މިހާރު ވާހަކަ ދެކެވޭ ކަމަކަށްވެސް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ޖޫން 2021 | ހުކުރު 14:32
ފ އަތޮޅު ވިއްކާލި ބީދައިން މުޅި އައްޑުއަތޮޅު ވިއްކާލަނީއޭ ހީވެ ކުރީގެ ސަރުކާރުގެ އިސްވެރިން ދަނީ ވާހަކަ ދައްކަމުން

ފ އަތޮޅު ވިއްކާލި ބީދައިން މުޅި އައްޑުއަތޮޅު ވިއްކާލަނީއޭ ހީވެ ކުރީގެ ސަރުކާރުގެ އިސްވެރިން ދަނީ ވާހަކަ ދައްކަމުން

ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ދިވެހިންގެ މި ފަޚުރުވެރި ފަސްގަނޑު އޮންނަން ވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައެވެ. މި ފަސްގަނޑުން އެއްމެ ވެލި ފުކެއްވެސް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ދިވެހިން ބޭނުމެއް ނުވާނެއެވެ. އެކަމަކަށް ހިތެއްވެސް ނޭދޭނެއެވެ.

ދުނިޔޭގެ ޗާޓުގައި ދިވެހިންނަށް ލިބިފައިވާ މި މަގާމަކީ އެތައް ބަޔަކު ފާރަލައިފައިވާ އަދި ދަހިވެތިވާ މަގާމެކެވެ. މި ފަސްގަނޑުން ކުޑަ ނަމަވެސް ތަންކޮޅެއް ލިބޭނެ ގޮތެއް ވޭތޯ ބަލަބަލާ ތިބެއެވެ. މިކަން ހާސިލްވޭތޯ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މަސައްކަތް ކޮށްފައިވާކަން ތާރީޚުން ސާބިތުވާން އެބައޮތެވެ. ބޭރުގެ ބާރުތަކުން ރާއްޖޭގެ ބިމުން ތަންކޮޅެއް ލިބޭތޯ އެތައް ހަނގުރާމައެއް ކޮށްފައިވާކަން ފެންނަން އޮބައޮތެވެ. މިކަން ކޮންމެވެސް މިންވަރަކަށް ކާމިޔާބުވެސް ކުރިއޭ ދެންނެވިދާނެއެވެ. ރާއްޖޭގެ ރައްޔިތުން އަޅުވެތި ކުރުވައިގެން ވެރިކަން ކުރި ޒަމާންތަކެއް ދިވެހިން ވަނީ ދެކެފައެވެ. ރައްޔިތުންނަށް ގައްދާރުވި ވެރިންތަކެއްވެސް ދިވެހިން ވަނީ ދެކެފައެވެ. 

އެހެންނަމަވެސް މިއިން އެއްވެސް އިރެއްގައި ދިވެހިންގެ މި ބިމުން ކައިވަތެއް ނަމަވެސް ބޭރުގެ ބައެއްގެ މިލްކަކަށް ވިޔަ ދީފައި ނެތެވެ. ދިވެހިންގެ މި ބިމަށް ވެރި ވެގަންނަން މަސައްކަތްކުރި ކޮންމެ ބައެއްވެސް ޖެހެނީ ވަކި ހިސާބަކުން ހަތިޔާރު ބައްހައްޓާށެވެ. އެއީ މީގެ އެތައް އަހަރެއްގެ ކުރީގެ ވާހަކަތަކެވެ. އޭރުވެސް ދިވެހިންގެ އަޒުމާ ހިތްވަރު އެގޮތުގައި ހުރި އިރު މިއަދު އެކަމަށް ވަކި ބަދަލެއް އަންނާނެ ހެއްޔެވެ.

ވެރިން ހިތުހުރި ގޮތަކަށް ގައުމު ބައިބައި ކުރަން ދިވެހިންގެ ހިތެއް ނުރުހޭނެއެވެ. އެކަމަށް ދިވެހިން ޖާގައެއްވެސް ނުދޭނެއެވެ.

2017 ވަނަ އަހަރު ދިވެހިންގެ ބިމުން ބޮޑު ބައެއް މަހުޖަނަކަށް ވިއްކާލަން އޭރުގެ ސަރުކާރުން ޑީލް ހެދިކަން ދިވެހިންނަށް ފަޅާއެރުމާއެކު ލޭ ހޫނު ވިއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭބޭފުޅުން ނުކުންނަވައި ރައްޔިތުންނަށް އެކަން އޮޅުވާލަން މަސައްކަތްކުރިއެވެ.

ފ އަތޮޅުން ބައެއް އަރަބި މަހުޖަނަކަށް ވިއްކާލަން ޑީލް ހެއްދެވި މިނިސްޓަރުން މިއަދު ނިކުންނަވާ ގައުމު ވިއްކާލަނީއޭ ވިދާޅުވުމުން އެވާހަކަތައް ހަމަޖައްސާނެ ގޮތެއް ނުފެނުނެވެ. މިއަދު އަޑޫސިޓީ އިންޑިއާއަށް ވިއްކާލަނީ ކަމަށް ބުނެ އަޑަށް ބާރުލައްވައި އެކި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަވާއިރު، މިބައިމީހުންގެ މޭސްތެރިކަމުގެ ދަށުން ރައްޔިތުންނަށް އޮޅުވާލައިގެން މުޅި ފ އޮތޮޅު ވިއްކާލަން ދެއިރު ދެދަޅައަށް މީޑިއާތަކުގައި ޖެއްސި ސްޓަންޓްތައް މިހާ އަވަހަށް ހަނދާން ނެތުނީ ހެއްޔެވެ.  

ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކަށް ދޫކޮށްލަން އުޅުނުއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެ ކަމާމެދު ކަންބޮޑު ނުވީ ކީއްވެތޯއެވެ. އޭރު އެއީ ރާއްޖޭގެ ތަރައްގީގެ ގޮތުގައި ސިފަކުރި އިރު މިއަދު ސަރުކާރުން ކުރާ ކޮންމެ ކަމަކީ ބޭރެގެ ބަޔަކަށް ރާއްޖެ ވިއްކާލުން ނުވަތަ އަޅުވެތި ކުރުން ކަމަށް ބުނުމުން ހަމައެއް ނުޖެހެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖެ ވިއްކާލަން ޑީލް ހެދި ބަޔަކަށް ހީވަނީ އެހެން މީހުންވެސް ކަންކުރާނީ ހަމަ އެގޮތަށް ކަމަށެވެ.

އިންޑިއާ ކޮންސިއުލޭޓެއް އައްޑޫސިޓީގައި ގާއިމް ކުރަން އުޅޭ ކަމުގެ އަޑު ފެތުރުމާއެކު މިބައި މީހުންނަށް ހީވާން ފެށީ ފ އަތޮޅު ވިއްކާލި ބީދައިން މުޅި އައްޑުއަތޮޅު ވިއްކާލަނީ ހެންނެވެ. ވަގަކަށް ހީވާނީ ދެންތިބޭނީވެސް ހުސް ވަގުން ހެންނެވެ. އެހެން ވިމާ އެހެން ހީވެދާނެއެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް ސަރުކާރުން މުޅިން ނިންމީ އެއް ނޫނެވެ. އެކުވެރި ދައުލަތްތަކާއެކު ކަންކަމުގައި މަޝްވަރާ ކުރެއެވެ. ކުރާ ކޮންމެ މަޝްވަރާ އަކީ ހަގީގަތަކަށްވެސް ނުވެދާނެއެވެ. ރައީސް ސާލިހު ވިދާޅުވީ އިންޑިއާ އަދި ސައުދީގައިވެސް ރާއްޖޭގެ ކޮންސިއުލޭޓެއް މިހާރު ހުންނަ ކަމަށާއި ރާއްޖޭގެ ވަކި ހިސާބެއްގައި އިންޑިއާ ކޮންސިއުލޭޓެއް ހުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ. މިއީ އަދި އައްޑޫސިޓީ އިންޑިއާއަށް ވިއްކާލުމެއް ނޫނެވެ.

މިކަމާ ގުޅުވައި އޭރު ފ އޮތޮޅު ވިއްކާލަން ޑީލް ހެއްދެވުމުގައި އުޅުއްވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެހެން ގައުމެއްގެ ބާރުގެ ދަށަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށާއި އަދި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ދައްކަންޖެހޭ އަގަކީ ގައުމާއި ރައްޔިތުން ކަމުގައިވާނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވާތީ ހައިރާންވެއެވެ. ގައުމީ ލެއާ ގައުމުގެ މިނިވަންކަން އޭރު ހިތަށް ނައީ ކީއްވެގެން ހެއްޔެވެ.

އިންޑިއާ ކުރިއަށް ނުލައި މިބައި މީހުންނަށް މިހާރު ވާހަކަ ދެކެވޭ ކަމަކަށްވެސް ނުވެއެވެ. ތިމާމެންގެ ވެރިކަމުގައި ރައްޔިތުންގެ އަނގަ ބަންދުކޮށް ކުޅުނު ޗަރުކޭސް އެއްމެން ކުޅޭނެއޭ ހިތައް އަރަނީއެވެ. ރާއްޖެއަށް ހެވެއް އެދިގެން މަސައްކަތެއް ކުރަން ބޭނުން ނުވަނީއެވެ. މިބައި މީހުންނަށް ވިސްނިފައި އޮންނަނީ ވަކި މީހަކަށް ނޫނީ މިގައުމުގައި ވެރިކަން ނުކުރެވޭނެ ކަމަށެވެ. އޭރު ތަރައްގީއޭ ބުނެ ރައްޔިތުން ކަނުބަނދެ ބައިތިއްބާފައި ގައުމު ވިއްކާލިޔަސް އެއްމެންގެ އަމަލުތައް ހުންނާނީ އެހެނެއް ނޫނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2017

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި
17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
30 އެޕްރީލު 2017

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
24 ފެބުރުއަރީ 2017

ފ. އަތޮޅު އެނގޭތަ؟

24 ފެބުރުއަރީ 2017
ފ. އަތޮޅު އެނގޭތަ؟
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް