Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފ. އަތޮޅު

ފ. އަތޮޅު އެނގޭތަ؟

އަތޮޅުގެ ބޮޑުމިނުގައި 61،133 ހެކްޓަރު ހުރޭ

ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2017 | ހުކުރު 00:15
ފ. އަތޮޅު ފީއަލީގެ މަންޒަރެއް

ފ. އަތޮޅު ފީއަލީގެ މަންޒަރެއް

ފ. އަތޮޅު ނުވަތަ ނިލަންދެ އަތޮޅު އުތުރުބުރިއަކީ އަރިއަތޮޅުގެ ދެކުނަށް ރާއްޖޭގެ ރާއްޖޭގެ މެދުތެރޭ ސަރަހައްދުގައި ހުޅަނގު ދުނީގައި އޮތް އަތޮޅެކެވެ. މިއަތޮޅާ އަރިއަތޮޅާ ދެމެދުގައި އޮތީ އަރިއަދޫ ކަނޑެވެ. ފ. އަތޮޅާއި ދ. އަތޮޅާ ވަކިވަނީ ދެބުރިދޭތެރޭ ކަނޑުންނެވެ. އަތޮޅުގެ އިރުން އޮތީ ހަތަރު އަތޮޅު މެދެވެ. އަތޮޅު އޮތީ ވަށްބުރަކާ ގާތްކުރާ ސިފައަކަށެވެ. އަތޮޅުގެ ދިގުމިނަކީ 30 ކިލޯ މީޓަރެވެ. އެންމެ ފުޅާ ގޮތުގައި ހުރީ 27 ކިލޯމީޓަރެވެ. އަތޮޅުގެ ބޮޑުމިނުގައި ހުރީ 61،133 ހެކްޓަރެވެ. ރާއްޖެ އިދާރީ ގޮތުން ބަހާފައިވާ 20 އަތޮޅަށް ބަލާއިރު ފ. އަތޮޅަކީ، އަތޮޅުގެ ބޮޑު މިނުގެ ގޮތުން 5 ވަނަ އަށް އެންމެ ކުޑަ އަތޮޅެވެ. އައްޑޫ އަތޮޅާއި ފުވައްމުލައް އަދި މާލެ އަތޮޅާއި ތިލަދުންމަތީ އުތުރުބުރިއަކީ ފ. އަތޮޅަށް ވުރެ ކުދި އަތޮޅުތަކެވެ.

ޢާއްމު ގޮތެއްގައި މިއަތޮޅުގެ 4 ފަރާތުގެ މައިތޮށި އޮތީ ދެމޫސުމުގެ ވަޔާ އޮޔަށް ހުޅުވިފައެވެ. އަތޮޅުގެ ވަށާދުނީގެ މައި ތޮށީގައި އޮތީ ބޮޑެތި ފަޅުތަކެކެވެ. އެއިން ކޮންމެ ދެފަޅެއްގެ ދެމެދުގައި ކަނޑު އޮޅިއެއް ވެއެވެ. ގިނަ ފަޅުތައް ހުރީ އިރުމަތީ ދުނީގައި ކަމުގައި ވިޔަސް ހުޅަނގު ދުނީގައި ހުރި ފަޅުތައް ބޮޑެއްޗެވެ. އަތޮޅުގެ އެތެރެވަރީގައި ގިނަ ތިލަ ތަކާއި ފަރުތައް ވަނީ އުފެދިފައެވެ. ފަޅުތަކުގެ ޖުމްލަ އޭރިޔާގައި ގާތްގަނޑަކަށް 96،000 ހެކްޓަރު ހުރެއެވެ.

އަތޮޅުގައި ރަށްތައް އުފެދިފައި ހުރީ އިރުމަތީ ދުނީގަ އާއި އިރު ދެކުނު ދުނީގައެވެ. އަތޮޅުގެ ހުޅަނގު ބިތުގައި އޮތް ހަމައެކަނި ރަށަކީ ހިމިއްޗެވެ. އެރަށަކީ މިހާރު ފަޅުރަށަކަށް ވިޔަސް އެއީ ކުރިން ވަރަށް ގިނަ ހަރު ބަޔަކު އުޅުނު ތަނަވަސް ފާގަތި ތަނެއްގެ ގޮތުގައި ލިޔެފައިވާ ރަށެކެވެ. ރާއްޖެއިން ބޭރަށް އަމިއްލަ ބަނޑު އޮޑިފަހަރުގައި އެރަށު މީހުން ދަތުރު ކޮށް އުޅުނެވެ. ނިޔަމި ކަން ދަސްކޮށްދޭ އިސްކޫލެއް އެރަށުގައި ހިންގި ކަމަށްވެސް ލިޔުންތަކުގައި ވެއެވެ. ރަށުގައި އުފެދުނު ހަރު މީހުންގެ ތެރޭގައި ހިސާބު އިލްމަށް މަޝްހޫރު ބޭކަލެއް ކަމުގައިވާ އަބްދުﷲ އިސްމާއީލް ފާހަގަ ކުރެވެއެވެ. އޭނާގެ ނަންމަތީގައި ހިންގާ ލައިބްރަރީއެއް މިހާރުވެސް ނިލަންދޫގައި އެބަހުއްޓެވެ. ރަށުން މީހުން ފައިބާ ރަށް ފަޅު ކުރަން ޖެހުނީ ރަށް ގިރަމުން ދިއުން ކަމުގައި ބެލެއެވެ. މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި އިރުމަށްޗަށާއި ދެކުނަށް އެރަށް ވޮޑެމުންގޮސް އަޞްލު ހިމިތި އޮތްތަން މިހާރު އޮތީ ހުޅަނގު ފަޅުމަތީގައެވެ. ރަށަށް މިގޮތް ދިމާވާނެކަން ވަރަށް ކުރީއްސުރެ ރަށުމީހުންގެ ދެމެދުގައި ޚަބަރު ފެތުރިފައި އޮތް ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ.

އަތޮޅުގެ އުތުރު ދުނީގައި އޮތް ހަމައެކަނި ރަށަކީ ކަނޑުމޫނުފުއްޓެވެ. އަތޮޅުގެ އިރުމަތީ ދުނީގައި އޮތީ ފީއައްޔާއި ފިލިތެލެވެ. ފ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވުނީ އެންމެ ރަށެކެވެ. އެއީ ފިލިތެލެވެ. ވެލާނާ އެއަރޕޯޓުން ފިލިތެލަށް ފޯރުމަށް މޫދުގައި ޖައްސާ ބޯޓުން ނަގަނީ ތިރީހަކަށް މިނިޓެވެ.

އިރުމަތީ ދުނީގެ އެތެރެވަރިއަށްޖެހި އޮތީ ބިލެއްދުއެވެ. އެހެން ކަމުން އަތޮޅުގެ އެތެރެވަރީގައި އޮތް މީހުން އުޅޭ ހަމަ އެކަނި ރަށަކީ ބިލެއްދުއެވެ. އިރުމަތީ ދުނީގެ ދެކުނު ކޮޅުގައި އޮތީ މަގޫދޫއެވެ. މިއީ ކުރިން އަތޮޅުގެ ވެރިރަށެވެ. ދެކުނު ދުނީގައި އޮތީ ދަރަނބޫދުއާއި ނިލަންދުއެވެ. އަތޮޅުގެ ނަން ނިސްބަތްވަނީ ނިލަންދުއަށެވެ. އަދި މިހާރުގެ ވެރިރަށަކީވެސް މިއީއެވެ.

ނިލަންދުއަކީ ޒަމާންވީ ތާރީޚެއް އޮތް ރާއްޖޭގެ ނިސްބަތުން ފާހަގަ ކުރެވޭ ރަށެކެވެ. ރާއްޖޭގެ ތާރީޚް ދިރާސާ ކުރެއްވި ނޯވޭގެ ޖޯގްރަފާ ތޯ ހައިދާލްގެ ޓީމުން ނިލަންދޫގައި ކުރި ދިރާސާއިން ރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިންގެ ދީން އޮތް ގޮތާބެހޭ މުހިންމު މައުލޫމާތު ނިލަންދޫން ލިބިގެން ދިޔައެވެ. ތޯ ހައިދާލްގެ ހޯދުންތަކުން އެރަށުގައި ރާއްޖެ އިސްލާމް ވުމުގެ ކުރިންވެސް މީހުން ދިރިއުޅުނު ކަން ހާމަވިއެވެ. މިރަށުގައި ބުޓިސްޓުންނާއި ހިންދޫން އުޅުނު ކަމަށް ގަބޫލު ކުރެވޭ އެންމެ ބޮޑު ހެއްކަކީ ތޯ ހައިދާލްގެ ޓީމުން ހޯދި އެރަށުގައި ހުރި ފައްޅީ (މޮނާސްޓްރީ) ގެ ބައިތަކެވެ. މޮނާސްޓްރީގެ ތެރޭގައި ހުރިބައެއް ތަންތަނުގެ ބިންގަލުން މަތީބަޔާ، އެތަނުގައި އޮތްވެވާއި އަދި ފައްޅިޔަށް ވަންނަންހުރި ދޮރޯއްޓާއި އެޒަމާނުގެ ވަޅެއް އެބަހުއްޓެވެ. މި ސަރަހައްދަށް ނިލަންދޫގައި ފޯމަތި ކިޔައެވެ. ނިލަންދޫގެ އިތުރުން އެ އަތޮޅު ބިލެއްދުއަކީވެސް ބުޑިސްޓުން އުޅުނު ރަށެކެވެ.

ނިލަންދޫގައި ހިރިގަލުން ހަދާފައިވާ 800 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއް އެބަހުއްޓެވެ. ބެލެވޭ ގޮތުގައި މިއީ ރާއްޖެ އިސްލާމްވި އިރު ހުންނެވި ރަސްގެފާނު ދަރުމަވަންތަ ރަސްގެފާނު އެރަށަށް ވަޑައިގެން އެޅުއްވި މިސްކިތެކެވެ. މިއީ ރާއްޖޭގައި ދެވަނަ އަށް ބިނާ ކުރެވުނު މިސްކިތުގެ ގޮތުގައި ބެލެއެވެ.

މިހާރު އަތޮޅުގައި އޮތީ މީހުން އުޅޭ 5 ރަށެވެ. އަތޮޅުގައި ގަސް ހެދިފައިވާ ރަށްތަކުގެ އަދަދަކީ 16 އެވެ. އެއީ ރާއްޖޭގައި ގަސްހެދިފައިވާ ރަށްތަކުގެ ޖުމްލަ ނިސްބަތުން 1.5 އިން ސައްތައެވެ. ގަސްނެތް ފިނޮޅުގެ ގޮތުގައި 19 ތަނެއް ވެއެވެ. އެހެން ކަމުން ހިކިފަސް ތަނުގެ ގޮތުގައި އަތޮޅުގައިވަނީ 35 ރަށެވެ. ފ. އަތޮޅަކީ ރާއްޖޭގައިވާ އަތޮޅުތަކުގެ ތެރެއިން އެންމެ ރަށް މަދު ދެ އަތޮޅުގެ ތެރޭން އަތޮޅެކެވެ. ހުރިހާ ރަށެއްގެ ބިމުގެ ޖުމްލަ އޭރިޔާއަށް ބަލާއިރު އެއީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބިންކުޑަ އަތޮޅެވެ. ހުރިހާ ރަށެއްގެ ބިމުގެ އޭރިޔާ އެއްކޮލުމުން އަންނަނީ ގާތްތަނޑަކަށް 2 އަކަ ކިލޯމީޓަރެވެ. ނަމަވެސް ބިން ބޭނުން ކުރެވޭ ނިސްބަތައް ބަލާއިރު ފ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ މަތީ މިންވަރަކަށް ބިން ބޭނުން ކުރެވެމުންދާ އެއް އަތޮޅެވެ. އަތޮޅުގެ ބިމުގެ 95 އިން ސައްތައަކީ ބޭނުން ހިފަމުންދާ ބިމެވެ.

2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު އަތޮޅަށް ނިސްބަތްވާ ދިވެހިންގެ އާބާދީ އަކީ 4،119 އެވެ. އާބާދީގެ ގޮތުން ބަލާއިރު މިއީ ރާއްޖޭގެ 2 ވަނަ އަށް އެންމެ ކުޑަ އަތޮޅެވެ. މީހުން އުޅޭ 5 ރަށުގެ ތެރެއިން އެއްހާހަށްވުރެ އާބާދީ ބޮޑީ އެއްމެ ރަށެއްގައެވެ. އަތޮޅުގައި ހުރި ގޯތި ގެދޮރުގެ އަދަދަކީ 751 އެވެ. އަތޮޅުގައި ނިސްބަތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ރަށަކީ ފީއައްޔެވެ.

ނިލަންދު އާއި ބިލެއްދުއާއި ދަރަބުދޫއަކީ ބިންގަނޑު ރަނގަޅު ރަށްރަށެވެ. އެރަށްރަށުގައި ފަތްކޭލާއި ތަރުކާރީއާއި ފަޅޯފަދަ މޭވާގެ ދަނޑުވެރިކަން ކުރެއެވެ. އަތޮޅުގެ ގުދުރަތީ ވެއްޓަކީ ސާފު ރީތި ވެއްޓެކެވެ. މިއީ ގުދުރަތީ ސިފަތަކަށް މާ ބޮޑު ބަދަލެއް ނުގެނެސް އޮތް އަތޮޅެކެވެ. ފަރުތަކާއި ތިލަ ތަކާއި، ފަޅުތަކުގައި މުއްސަނދި ދިރުންތައް ވެއެވެ. އަތޮޅުގެ އިރު އުތުރު ބޭރު މައްޗަކީ ޑައިވަރުންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދެކެވެ. ފ. އަތޮޅަކީ ގިނަ އަދަދަކަށް ފާނަ އުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ އަތޮޅެކެވެ. ރާއްޖޭގައި ފާނައިގެ މަސްވެރިކަން ފެށިގެން އައި އެންމެ ފުރަތަމަ އެއް އަތޮޅަކީ ފ. އަތޮޅެވެ. މި ގޮތުން ފީއަލި ސަރަހައްދާއި މަގޫދޫ ފަޅަކީ ފާނައިގެ މަސްވެރިކަން މުއްސަނދި ދެ ސަރަހައްދެވެ. ޢާއްމު ގޮތެއްގައި އަތޮޅުގައި މަސްވެރިކަން ރަނގަޅީ އިރުވައި މޫސުމަށެވެ. މިއަތޮޅަކީ ދާފިލިޖަހައިގެން މުށިމަސް ހިފާ އެއްއަތޮޅެވެ. ދަރަބޫދުއަކީ ކުރިން ވެލާ އެރުމަށް ވަރަށް މަޝްހޫރު ރަށެކެވެ. އެރަށު ދެކުނު ފުއްޓަރުގައި "ވެލާއޮޅު" ކިޔާތަން ތަނުގައި ވެލާ އަބަދުވެސް އުޅެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު