Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގެސްޓްހައުސްތަކަށް ދިމާވާ ގޮންޖެހުންތައް

ގެސްޓް ހައުސްތަކުން ބިލުތައް ބަހާލައިގެން ދެއްކޭނެކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވޭ: ގޭމް

18 ޖޫން 2021 | ހުކުރު 08:00

ކަރަންޓު ޚިދުމަތް ކަނޑާލުމަކީ ވަރަށް ބޮޑު ދަތިކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖޫން 2021 | ހުކުރު 08:00
ހުޅުމާލޭގެ ގެސްޓްހައުސްއެއް

ހުޅުމާލޭގެ ގެސްޓްހައުސްއެއް

ގެސްޓު ހައުސްތަކުން ފެނަކައަށް ދައްކަން ޖެހޭ ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފިއެވެ.

ފެނަކަ އާއެކު ބޭއްވި ބައްދަލުވުމުގައި ގޭމް އިން ވަނީ ގެސްޓް ހައުސްތަކުގެ ކަރަންޓު ޚިދުމަތް ކަނޑާލުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި މަހުން މަހަށް ބިލުތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ. މި ބައްދަލުވުމުގައި އެސޯސިއޭޝަންގެ ރައީސް، ނައިބް ރައީސް، ފައިނޭންޝަލް ކޮންޓްރޯލަރ އަދި ސެކެޓްރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެސޯސިއޭޝަންގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ވިދާޅުވީ 4 ސިޓީ ކައުންސިލާއި 17 އަތޮޅު ކައުންސިލާއެކު އެޖަމުޢިއްޔާގެ ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި ކައުންސިލްތަކުން ރަށު ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ގޭމް އިން ފެނަކައާއެކު ބައްދަލުވުން ބާއްވާފައިވާއިރު ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތަކަށް ހައްލުހޯދުމުގެ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން ވަނީ ފަށާފައެވެ.

އެގޮތުން މިހާތަނަށް މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކައުންސިލްތަކުގެ ތެރޭގައި، ފުވައްމުލަކު ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، އަދި ނ. އަތޮޅު ކައުންސިލް ހިމެނެއެވެ.

ގޭމް އިން ބުނީ މި ބައްދަލުވުންތަކުގެ ބޭނުމަކީ ރަށްރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ރަށު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކާއެކު މަސައްކަތްކުރުން ކަމަށެވެ. އެ އެސޯސިއޭޝަންގެ އަމާޒަކީ، ސަރުކާރާއި އަދި ކައުންސިލްތަކުގެ އެއްބާރުލުމާއެކު، މި ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، ގެސްޓްހައުސްތައް މާކެޓްކޮށް، އަދި މި ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި މިކަންތައްތައް ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރު ޖަމިއްޔާތަކާއެކު މަސައްކަތްކުރަން ތައްޔާރުކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ޓޫރިސްޓު ބީޗެއް ނެތުން ކަމަށް ގޭމް އިން ފާހަގަކުރެއެވެ. އަދި ރަށް ކައިރީގައި ޕިކްނިކް އައިލެންޑެއް ނެތުމާއި ދަތުރުފަތުރުގެ ދަތިކަން ވެސް ގޭމް އިން ފާހަގަކުރެއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ އަސަރުކުރުމާއެކު އެންމެ ބޮޑު ގެއްލުމެއް ވެގެންދިޔައީ ގެސްޓްހައުސް ވިޔަފާރިއަށެވެ. ފަތުރުވެރިން ރަށްރަށަށް ދިއުން މަނާކުރުމާއެކު އެތައް ގެސްޓްހައުސެއް ބަންދުކުރަން ޖެހުނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިނަމަވެސް ގެސްޓްހައުސް ވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުނީ އެތައް މަހެއް ފާއިތުވެ ދިޔަފަހުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ގެސްޓް ހައުސް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

19 އެޕްރީލު 2018
ގެސްޓް ހައުސް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ފެބުރުއަރީ 2018

ގަމުގެ ދޫގަސް ގެސްޓް ހައުސް އަލުން ހުޅުވަނީ

23 ފެބުރުއަރީ 2018
ގަމުގެ ދޫގަސް ގެސްޓް ހައުސް އަލުން ހުޅުވަނީ
29 ނޮވެމްބަރު 2017

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި
23 ނޮވެމްބަރު 2017

ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި

23 ނޮވެމްބަރު 2017
ކާށިދޫގައި 250 އެނދުގެ ގެސްޓް ހައުސް ޕްރޮޖެކްޓެއް އެމްއައިޓީޑީސީ އިން ފަށައިފި
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
22 އޮކްޓޯބަރު 2017

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
23 ސެޕްޓެމްބަރު 2017

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި
21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް