Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު ޓީވީ

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ތިން ޕެކޭޖެއް ވަނީ ތައާރަފުކޮށްފަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ނޮވެމްބަރު 2017 | ބުދަ 17:35
ދިރާގު މައި އޮފީސް

ދިރާގު މައި އޮފީސް

ދިރާގުން ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ބުދަ ދުވަހު ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، ރާއްޖޭގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމްކުރެވިފައިވާ ރަށްރަށުގައި ހިންގަމުންގެންދާ ކޮންމެ ގެސްޓް ހައުސް ވިޔަފާރިއަކަށްވެސް، އަލަށް ތައާރަފް ކުރި 'ގެސްޓް ހައުސް ޓީވީ'ގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ދިރާގު ގެސްޓް ހައުސް ޓީވީގެ ހިދުމަތަކީ ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާ ކުރެވިގެން ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ހިދުމަތް ކަމަށް ދިރާގުން ބުނެއެވެ. އަދި މި ހިދުމަތާއެކު ތަފާތު ޑިޖިޓަލް ވެލިއު އެޑެޑް ފީޗަރތައް ލިބިގެން ދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އޭގެ ތެރޭގައި ގެސްޓް ހައުސް އޮޕަރޭޓަރ ސާވިސް، އަދި ޓީވީ މެދުވެރިކޮށް ރޫމް ސާރވިސް އަށް ރިކުއެސްޓް ކުރުމާއި، ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ރިކުއެސްޓް ކުރުން ހިމެނެއެވެ. އަދި ގެސްޓް ހައުސް ޓީވީގެ ޔޫޒަރ އިންޓަފޭސް އެ ގެސްޓް ހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އަލަށް ތައާރަފް ކުރެވުނު ގެސްޓް ހައުސް ޓީވީގެ ސަބަބުން ގެސްޓް ހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ގެސްޓް ހައުސްތަކަށް ހާއްސަކޮށް ގެސްޓް ހައުސް ޓީވީގެ ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
11 މާރިޗު 2017

ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި

11 މާރިޗު 2017
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު