Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓް ހައުސް އެވޯޑްސް

ގެސްޓް ހައުސް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ނަން ހުށަހެޅޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އެޕްރީލު 2018 | ބުރާސްފަތި 18:15
މިދިޔަ އަހަރުގެ ގެސްޓް ހައުސް އެވޯޑްސް ހަފްލާ ތެރެއިން

މިދިޔަ އަހަރުގެ ގެސްޓް ހައުސް އެވޯޑްސް ހަފްލާ ތެރެއިން

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެވޯޑްސްގެ ނޮމިނޭޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފިއެވެ.

މަޓާޓޯގެ ސެކެޓްރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ ނޮމިނޭޝަންތައް ބަލައިގަންނަނީ ރަސްމީ ވެބްސައިޓް www.travelawards.mv މެދުވެރިކޮށް އެކަނި ކަމަށާއި ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ވެސް ނަން ހުށަހެޅޭނެ ކަމަށެވެ.

ގެސްޓް ހައުސް އެޑިޝަންގައި ތަފާތު 15 ކެޓަގަރީއަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތިން ކެޓަގަރީއަކަށް އެވޯޑް ކުރަނީ މަޓާޓޯ އިންނެވެ. މި އަހަރުގެ ގެސްޓް ހައުސް އެޑިޝަން އެވޯޑުތަކަށް މަދުވެގެން 1 އަހަރު ދުވަސްވެފައިވާ ކޮންމެ ގެސްޓް ހައުސްއަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މަޓާޓޯ އިން އިތުރަށް ބުނީ ނޮމިނޭޝަނަށް ވަރަށް ގިނަ ފަރާތްތަކުން މިހާރު ވެސް ނަން ހުށަހަޅާފައިވާ ކަމަށެވެ.

މިއަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑްސް ކުރިއަށްދާނީ ދެ އެޑިޝަނަކަށް ބަހާލައިގެންނެވެ. ގެސްޓް ހައުސް އެޑިޝަން ނިންމާލުމަށް ފަހު ގާލާ އާއި ޕީޕަލްސް އެޑިޝަން އޮންނާނީ މި އަހަރު ފަހުކޮޅުގައެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
19 އޯގަސްޓު 2017

ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!

19 އޯގަސްޓު 2017
ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު