Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތުގެ ކޮވިޑް-19ގެ ހާލަތު

އިނގިރޭސިވިލާތުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ 50 އިންސައްތަ ހިއްސާކުރަނީ ޑެލްޓާ ވޭރިއަންޓް- ދިރާސާ

ފިޔަވަޅުތައް އަންނަ ޖުލައި މަހުގެ 19ވަނަ ދުވަހާ ހަމައަށް ދަމަހައްޓާނެކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ޖޫން 2021 | ބުރާސްފަތި 15:42
އިނގިރޭސިވިލާތުގެ މަގެއްގެ މަތީގައި މީހުން މާސްކު އަޅައިގެން

އިނގިރޭސިވިލާތުގެ މަގެއްގެ މަތީގައި މީހުން މާސްކު އަޅައިގެން

އިނގިރޭސިވިލާތުގައި މެއި މަހުން ފެށިގެން ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު ކޭސްތައް އިތުރުވުމުގެ 50 އިންސައްތަ ހިއްސާކުރަނީ އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓު ކަމަށް އެގައުމުގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ކުރިޔަށްގެންދިޔަ މިދިރާސާއަކީ ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންގޮސްފައިވާ ދިރާސާއެކެވެ. ދިރާސާގެ ނަތީޖާ ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. އޭގެކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، ކޮވިޑު-19ން ރައްކާތެރިވުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ ޖުލައި މަހުގެ 19ވަނަ ދުވަހާ ހަމައަށް ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ފިޔަވަޅުތަކަށް ލުއިދިނުން ފަސްކުރެއްވުމަށް ބޮޑުވަޒީރު ނިންމެވި ނިންމެވުމަށް މިދިރާސާގެ ނަތީޖާ ބާރުދޭކަމަށެވެ.

މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިޔަށްގެންދިޔަ ދިރާސާއިން ދައްކާގޮތުގައި އެމުއްދަތުގައި ވައިރަސް ފެތުރޭ މިންވަރު ހުރީ 0.15 އިންސައްތައިގައެވެ. އޭގެކުރިން އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ކުރީކޮޅާ ހަމައަށް ކުރިޔަށްގެންދިޔަ ދިރާސާގައި އެއަދަދު ހުރީ 0.10 އިންސައްތައިގައެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ އިންފެކްޝިއަސް ޑިޒީސް ޕްރޮފެސަރ އެއްކަމުގައިވާ ސްޓީވެން ރިލޭ ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު އަންނަނީ ހަލުވިކަމާއެކު އިތުރުވަމުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވައިރަސް ޖެހޭ މިންވަރު އަންނަނީ އިތުރުވަމުން ކަމަށާއި، އަދި ކޭސްތައް ދެ ގުނަ ވުމަށް ނަގަނީ 11 ދުވަހުގެ މުއްދަތެއްކަމަށެވެ.

މިދިރާސާއަކީ އިނގިރޭސިވިލާތުގައި އެންމެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއެވެ. މިދިރާސާގެ ބޭނުމަށް 109،000 ވޮލަންޓިއަރުން ވަނީ ޓެސްޓްކޮށްފައެވެ.

ޕްރޮފެސަރ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދެމުންދާތީ ވައިރަސް މިހާރު ފެތުރެމުންދާ މިންވަރު އިތުރުވަމުންދާ ދިޔުން ދަށަށްދާނެ ދުވަހެއް ކަނޑައަޅަން އުނދަގޫކަމަށެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ޒުވާނުންނަށް މިހާރު ވެކްސިން ދެމުންދާތީ ވައިރަސް ފެތުރެމުންދާ މިންވަރު ދަށަށްދާންވާނެ ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޒުވާން އާބާދީގެ ދެ ބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އަދި ތިންބައިޅު އެއްބަޔަށްވުރެ ގިނަ މީހުން ވަނީ އެއް ޑޯޒް ޖަހާފައެވެ.

ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ޑެލްޓާ ވޭރިއަންޓުން ކުރާ އަސަރު ބޮޑުކަން ވަނީ ހާމަވެފައެވެ. ނަމަވެސް ދެ ޑޯޒް ޖަހާ މީހުންގެ ހާލަތު ދަށަށް ދިޔުމުން ރައްކާތެރިކޮށްދޭކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ވަނީ އެނގިފައެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ މެޓް ހެންކޮކް ވިދާޅުވީ މިދިރާސާގެ ހޯދުންތަކުން އެނގިގެންދިޔައީ ލުއިތައް ދިނުމުގެ އެންމެ ފަހު މަރުހަލާ އަދި ލަސްކޮށްލަން ޖެހޭކަމެވެ. އޭނާ އިތުރަށް ވިދާޅުވީ ވެކްސިން އެއްކޮށް ޖަހާ ނިމެންދެން އަދި މިހާރު ހުރި ފިޔަވަޅުތަކަށް ލުއިތައް ނުދީ މަޑުކޮށްލަންޖެހޭކަމަށެވެ.

އިނގިރޭސިވިލާތުގައި އިންޑިޔާގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނައިރު، ކުރިން އެގައުމުން ފެނުނު އަލްފާ ވޭރިއަންޓް ދިޔައީ އެގައުމުގައި ފެތުރެމުންނެވެ. މި ވޭރިއަންޓްތަކަކީ ވައިރަސް ފެތުރޭ މިންވަރު ހަލުވި ވޭރިއަންޓްތަކެކެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު