ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 19:57
އުރީދޫ
އުރީދޫ
އުރީދޫ
އުރީދޫ ޑޭޓާ ރޯލްއޯވަރ
ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް އުރީދޫން ޑޭޓާ ރޯލްއޯވަރ ތައާރަފްކޮށްފި
 
މިޚިދުމަތާ އެކު މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ، އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެ

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް، އެކުންފުނީގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ މި ޚިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ތައާރަފުކޮށްފައި މިވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެފައި ވާތީ، ހުރިހާ ކަސްޓަމަރުންނަށް އިތުރު ލުއިގޮތްތައް ހޯދާ ދިނުމުގެ ގޮތުން ކަމަށެވެ.

އުރީދޫއިން މިގެނައި ބަދަލާއެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިޚިދުމަތް ލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާއެކު، މަސް ނިމޭއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުން ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަވުމުގެ ކުރިން ނަގާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކުރުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން އުރީދޫން ވަނީ ބޮޑެތި ޑޭޓާ އެލަވަންސާއެކު ހޯމް ބްރޯޑްބޭންޑްގެ އައު ދެ ޕްލޭނެއް ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަގާ ފަރާތްތަކަށް ޚާއްސަ އޮފަރއެއްގެ ދަށުން 20 އިންސައްތަ އިތުރު ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. އެއީ ފަސޭހަ އެޗްބީބީ 60 ޖީބީ އާއި ފަސޭހަ އެޗްބީބީ 500 ޖީބީއެވެ. 799 ރުފިޔާއަށް ލިބޭ ފަސޭހަ އެޗްބީބީ 60 ޖީބީ ޕްލޭނަށް ބޯނަސް 12 ޖީބީ ލިބޭނެއެވެ. އަދި ފަސޭހަ އެޗްބީބީ 500 ޖީބީ 3549 ރުފިޔާއަށް ލިބޭ އިރު، މި ޕްލޭނަށް 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވެފައިވަނީ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އައު އީޖާދީ ޕްރޮޑަކްޓްތަކާއެކު ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭތޯ ކަމަށެވެ.

އެގޮތުން ކޮވިޑް ބަލިމަޑުކަމާގުޅިގެން އުރީދޫގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށާއި، ގޭގައި ތިބެގެން ވަޒީފާގެ މަސައްކަތްކުރުމާއި، ކިޔެވުމުގެ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަމުގައި ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާންޖެހިފައިވާ ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. އެހެން ކަމުން އުރީދޫގެ މަގުސަދަކީ މި ބަދަލާއެކު އިންޓަނެޓްގެ ޚިދުމަތް ހުރިހާ ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަށް މަގުފަހިކޮށްދިނުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ދާދި ފަހުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ތައާރަފްކޮށް މާކެޓުގައި ލީޑް ކުރާ މި ޕްރޮޑަކްޓްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް