Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފުލެޓުގެ އަގު

50،000ށް ހެދެން ހުރި ހިޔާ ފުލެޓުގެ ޔުނިޓެއް ހަދާފައިވަނީ 62،000 ޑޮލަރަށް

ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާއި ދޭތެރޭގެ އަގު ލިބިފައި ހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖޫން 2021 | ބުރާސްފަތި 11:56
ހިޔާ މަޝްރޫއުގެ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ފްލެޓްތައް

އަގު ހެޔޮކޮށް ހެދެން އޮއްވާ ހިޔާ ފުލެޓުގެ ޔުނިޓެއް ހަދަން ޗައިނާގެ ކުންފުންޏާއި ހަވާލުކުރީ އަގުބޮޑުކޮށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ފުލެޓްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓް އިއުލާން ކުރުމުން މި ޕްރޮޖެކްޓަށް 5 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އަދި ޗައިނާގެ އެހެން ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ފަރާތްތައް ނޫން ދެންތިބި ފަރާތްތަކުން ޕްރޮޕޯސަލް އަގުކޮށްފައިވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާއި ދޭތެރޭގެ އަގެއް ކަމަށާއި، ނަމަވެސް ހަވާލުކުރެވުނު ކުންފުންޏާއި ހަވާލު ކުރެވުނީ 62،000 ޑޮލަރަށް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮންޓްރެކްޓް ހަވާލު ކުރެވުނު އިރު ރިޕޯޓުގައި ތަށިމުށި ޖެހުމެއް އެތެރޭގެ އެއްވެސް ދޮރެއް ހަރުކުރުމެއް، ބަދިގެ ކަބަޑު ހެދުމެއް، ފަންކާއެއް ބޮތްކެއް ހަރުކުރުމެއް ނުހިމެނޭކަން ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ. ނަމަވެސް ޔުނިޓަކަށް 62،000 ޑޮލަރަށް ހަވާލުކުރެވުނު އިރު، ހަމައެކަނި ހިމެނިފައިވަނީ ކަރަންޓް ވަޔަރުކުރުމާއި ފެން ސަޕްލައި އަޅައިދިނުން އެކަނި ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި އެންމެ ކުޑަ އެޕާޓްމެންޓެއްގައި ވެސް 650 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ހިޔާ ފުލެޓުގައި ހިމެނެނީ 580 އަކަފޫޓުގެ ޔުނިޓްތަކެއް ކަމަށާއި، އަގުވެސް ކޮށްފައި ހުންނަނީ 580 އަކަފޫޓުގެ ޔުނިޓްތަކަށް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2 ކޮޓަރީގެ އެޕާޓްމަންޓެއް ފިނިޝިންއާއެކު އަރަނީ 45،000 އާއި 47،000 އާއި ދެމެދުގެ އަގުތަކެއް ކަމަށާއި އެކަންކަން ނުކޮށް އެއަށްވުރެ ކުޑަ ޔުނިޓް ހިޔާ މަޝްރޫއުގައި ހަދަން ހަވާލުކުރީ 62،000 ޑޮލަރަށް ޔުނިޓެއްގެ ރޭޓުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި ސަރުކާރުން 3 ކޮޓަރީގެ އެޕާޓްމަންޓް (750 އަކަފޫޓަށްވުރެ ބޮޑުކޮށް) ހަދަން ހަވާލުކުރުމުން އެއިން ޔުނިޓަކަށް ވެސް އަރަނީ 62،000 ޑޮލަރާއި 66،000 ޑޮލަރާއި ދޭތެރޭގެ އަގެއްކަމަށެވެ. އަދި މިއީ ކުރީ ސަރުކާރުން 2 ކޮޓަރީގެ 580 އަކަފޫޓްގެ ޔުނިޓެއް ހަދަން ހަވާލުކުރި އަގުކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ހިޔާ ހައުސިންގް ފްލެޓްހިޔާ ފްލެޓްމިނިސްޓްރީ އޮފް ހައުސިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު