Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމޯސް ރެއާލް ދޫކޮށްލުން

16 އަހަރަށްފަހު ރާމޯސް ރެއާލް ދޫކޮށްލަނީ

ޕީއެސްޖީން އަންނަނީ ރާމޯސް ހޯދުމަށް މަސައްކަތްކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 17 ޖޫން 2021 | ބުރާސްފަތި 08:54
ރެއާލް މެޑްރިޑުގެ ލެޖެންޑް ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ލެޖެންޑް ސާޖިއޯ ރާމޯސް

16 އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލަން އެ ކުލަބުގެ ލެޖެންޑް ސާޖިއޯ ރާމޯސް ނިންމައިފިއެވެ.

ބުދަ ދުވަހުގެރޭ ރެއާލުން ވަނީ ރާމޯސް އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ. ރެއާލުން ނެރުނު ބަޔާނެއްގައި ބުނީ ރާމޯސް ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އެކަމާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ރާމޯސްގެ އިތުރުން ރެއާލްގެ ރައީސް ފްލޮރިންޓީނޯ ޕެރޭޒް ބައިވެރިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ރާމޯސްއަށް "ފެއާވެލް" އެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ރެއާލުން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރެއާލާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ރާމޯސް ބޭނުންވި ނަމަވެސް، ރެއާލުން ވަނީ ރާމޯސްގެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ. އުމުރުން މިހާރު 34 އަހަރުގެ ރާމޯސް ރެއާލް ދޫކޮށްލަން ނިންމިއިރު، ފްރާންސްގެ ޕީއެސްޖީން އަންނަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރާމޯސް ރެއާލް ދޫކޮށްލާއިރު، ސްޕެއިންގެ ސެވިއްޔާ ދޫކޮށް ރާމޯސް ރެއާލާ ގުޅުނީ 2005 ވަނަ އަހަރުއެވެ. ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ރާމޯސްއަކީ ރެއާލުގެ ތާރީޚުގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. ރެއާލަށް ކުޅެދިން 671 މެޗުގައި ރާމޯސް ވަނީ އެޓީމަށް 101 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ސާޖިއޯ ރާމޯސްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު