ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 07:13
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ސީލައިފް އެއްބަސްވުން
ސީލައިފްގެ އެއްބަސްވުން ދެފަހަރު ވެސް ބާތިލްކުރީ އެއްބަސްވުމާ ޚިލާފުވެ ހީލަތް ހެދުމުން: އެޗްޑީސީ
 
ބައިނަލްއަގުވާމީ ބޭންކެއްގެ ނަން މަތީގައި ފޯޖު ކުރެވިފައިވާ ޕާފޯމަންސް ގެރެންޓީއެއް އެޗްޑީސީއަށް ހުށަހަޅާފައިވޭ
 
ދެވަނަ ފަހަރަށް އެއްބަސްވުން ބާތިލްކުރެވުނީ 2018 އޮކްޓޫބަރު 25 ވަނަ ދުވަހު
 
އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރުން ނަގާފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ މަޝްރޫއު ހިންގުމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއާއެކު ވެފައިވާ އެއްބަސްވުން ދެފަހަރުމަތިން ވެސް ބާތިލްކޮށްފައި ވަނީ ސީލައިފް ގްލޯބަލްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެ، މަޝްރޫއު ކުރިއަށްނުގެންގޮސް، ތަކުރާރުކޮށް އެޗްޑީސީއާ ދިވެހި ރައްޔިތުންނަށް މަކަރާއި ހީލަތުން އޮޅުވާލުމުން ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއުގައި އެޗްޑީސީއާއި ސީލައިފް ގްލޯބަލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުނީ 2014 މާރިޗު 13 ވަނަ ދުވަހުއެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް އެއްބަސްވެވުނު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރުމަށް ކަނޑައެޅުނީ 1000 ހައުސިންގ ޔުނިޓް ގެ މަސައްކަތެވެ. މިމައްސަލައާ ގުޅޭ ގޮތުން ބުދަ ދުވަހު އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ 2015 ސެޕްޓެމްބަރު 14 ވަނަ ދުވަހު ސީލައިފްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުގެންދިޔުމުގެ ސަބަބުން އެ އަސާސްގެ މައްޗަށް ބިނާކޮށް އެޗްޑީސީގެ ފަރާތުން އެއްބަސްވުން ބާތިލުކުރި ކަމަށެވެ.

އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލްކުރުމުން ސީލައިފްގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓްކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމީ އެކޯޕްރޭޝަންގެ ފަރާތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަށް ފުރިހަމަނުކޮށް ކަމަށްވުމުން، އެއްބަސްވުން އަނބުރާ އިއާދަކުރުމަށް ކަމަށެވެ. އެހެންކަމުން އެޗްޑީސީގެ ފަރާތުން އެއްބަސްވުން އަލުން އިއާދަކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އަލުން ދިނުމާއެކު މަޝްރޫއު ކުރިޔަށް ގެންގޮސް ނިންމާލުމުގެ ފުރުސަތު ސީލައިފަށް ދެވުނު ކަމަށެވެ. ނަމަވެސް އެފުރުސަތުގައި ވެސް ސީލައިފްގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން 2018 އޮކްޓޫބަރު 25 ވަނަ ދުވަހުގައި އެއްބަސްވުން އަނެއްކާވެސް ބާތިލްކުރެވުނު ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ސީލައިފްގެ ފަރާތުން ވަނީ އެކޯޕަރޭޝަނަށް އޮޅުވާލައިގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަގުސަދުގައި ބައިނަލްއަގުވާމީ ބޭންކެއްގެ ނަން މަތީގައި ފޯޖު ކުރެވިފައިވާ ޕާފޯމަންސް ގެރެންޓީއެއް އެޗްޑީސީއަށް ހުށަހަޅާފައިކަން އެ ބޭންކުން އަންގާފައިވާ ކަަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހުން ވަނީ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ސީލައިފްގެ ފަރާތުން އެއްބަސްވުމާ ޚިލާފަށް އެތައް ބައެއްގެ އަތުން ބުކިންގ ފީގެ އިތުރުން ޑައުންޕޭމަންޓުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައި އެ ފަރާތްތަކަށް އެ ފައިސާ ހަވާލުނުކޮށްގެން، އެމުއާމަލާތް ގުޅިގެން ބަދަލު ހޯދުމަށް އެދި އެކޯޕަރޭޝަނަށް ހުށަހެޅި 395 މީހުންނަށް އެޗްޑީސީން ބަދަލު ހަމަޖެއްސުމަށް ހޭދަކުރަންޖެހުނު ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފްގެ މައްޗަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންނާއި، ހިއްސާދާރުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުއަކީ ދިވެހި އެތައް ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މަޝްރޫއަކަށްވާތީ، އެކޯޕްރޭޝަންގެ ފަރާތުން މިމަޝްރޫއު ކުރިއަށް ގެންދަން ސީލައިފްއަށް އެކި ފަހަރު މަތިން އެކި ފުރުސަތުދީފައި ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް ސީލައިފްއަށް ދެވުނު ހުރިހާ ފުރުސަތެއްގައި ވެސް އެފަރާތުން ވަނީ މި މަޝްރޫއު ހިންގުމަށް ނުކުޅެދިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިމަޝްރޫއު ސީލައިފްއަށް ކުރިއަށް ގެންދެވިފައި ނުވަނީ އެކޯޕަރޭޝަނުގެ އެއްވެސް އިހްމާލަކުން ނޫންކަމާއި، ސީލައިފްއާއެކު ވެފައިވާ އެއްބަސްވުން ދެ ފަހަރުމަތިން ވެސް ބާތިލްކޮށްފައި ސީލައިފްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުން ކަމަށެވެ. މި މަޝްރޫއު ކުރިއަށް ނުގެންގޮސް، ތަކުރާރުކޮށް އެކޯޕަރޭޝަނަށާއި ދިވެހި ރައްޔިތުންނަށް މަކަރާއި ހީލަތުން އޮޅުވާލުމުގެ ސަބަބުންނާއި އަދި މިމަޝްރޫއު ކުރިޔަށް ގެންގޮސްފައި ނުވުމުގެ ސަބަބުން ކަމަށް އެޗްޑީސީން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އައްމަޓީ ފުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ ހުއްދަ ބާތިލު ނުކުރުމަށް ހައިކޯޓުން ނިންމުމުން ދައުލަތުން ސުޕްރީމް ކޯޓަށް
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި
މައިބަދައިގެ އޮޕަރޭޝަނަކަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި
އައްމަޓީއަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް
އައްމަޓީއަށް ކުރާ ދައުވާ: ހެއްކާ ގުޅޭގޮތުން އާ ކަމެއް ހުށަހަޅަން އޮތްނަަމަ، އެ ފުރުސަތު ދޭނެ