Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް

ސަރުކާރުގެ މިދައުރު ނިމޭއިރު މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ- މިނިސްޓްރީ

އޭގެ ތެރެއިން 5000ށް ވުރެ ގިނަ މީހުންނަކީ މާލޭގެ ރައްޔިތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖޫން 2021 | އަންގާރަ 17:43
ހުޅުމާލޭގައި އިމާރާތް ކުރާ 1000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލޭގައި އިމާރާތް ކުރާ 1000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލޭގައި ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންނަށް، ސަރުކާރުގެ މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ލިބޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢާޞިމް ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މިންވަރު ބެލުމަށް ކުރި ދިރާސާތަކުން، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި 17000 މީހުން މާލޭގައި އެކަނިވެސް ދިރިއުޅެމުންދާކަމަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް 5000ށް ވުރެ ގިނަ މީހުންނަކީ މާލޭގެ ރައްޔިތުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން މާލޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމޭނެ ކަމަށާއި، އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށް ކުރިއަށް ގެންދާ 6000 ހައުސިންގ ޔުނިޓާއި، އަންގާރަ ދުވަހު ބިންގާ އެޅި 1000 ޔުނިޓާއެކު، އެކަން ހާސިލުވެގެންދާނެ ކަމަށް އާސިމް ވިދާޅުވިއެވެ.

ޢާޞިމް މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލޭގައި އިމާރާތް ކުރާ 1000 ހައުސިންގ ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ. މި 1000 ފްލެޓް އެޅުމަށް ނިންމާފައިވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކައުންސިލް ހައުސިންގ އެފޯޑަބަލް ހައުސިންގ އަދި މިޑްރޭޖް ހައުސިންގއެވެ.

ކައުންސިލް ހައުސިންގ ގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރި، 800 އަކަފޫޓުގެ 3 ކޮޓަރި، އެފޯޑަބަލް ހައުސިންގ 650 އަކަފޫޓުގެ 2 ކޮޓަރި، 900 އަކަފޫޓުގެ 3 ކޮޓަރި، މިޑްރޭންޖް ހައުސިންގ 750 އަކަފޫޓުގެ 2 ކޮޓަރި، އަދި 1000 އަކަފޫޓުގެ 3 ކޮޓަރި އެޅުމަށް ވަނީ ނިންމާފައެވެ.

މި ފްލެޓްތަކުގެ ކޮންސެޕްޓް ޑިޒައިންކޮށް، އިމާރާތް ކުރުމާއި ފައިނޭންސިންގ ކުރިއަށްދާނީ އެޕޯލޯ ހޯލްޑިންގ ކުންފުނީގެ ފަރާތުންނެވެ.

މިނިސްޓްރީ އޮފް ހައުސިން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
09 ޖޫން 2024

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
07 މެއި 2024

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
04 މެއި 2024

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
07 އެޕްރީލު 2024

ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި

07 އެޕްރީލު 2024
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
01 އެޕްރީލު 2024

ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް

01 އެޕްރީލު 2024
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
17 މާރިޗު 2024

ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް

17 މާރިޗު 2024
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
15 މާރިޗު 2024

ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

15 މާރިޗު 2024
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު