Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ ސްކީމް

ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

15 މާރިޗު 2024 | ހުކުރު 06:42

ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މާރިޗު 2024 | ހުކުރު 06:42
ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރުން

ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރުން

ކުރީ ސަރުކާރުން ދޫކުރި 4000 ފުލެޓުގެ މައްސަލައިގައި އެކަން ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލު ގެންނަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ފްލެޓް ލިސްޓް އަލުން ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މި ކޮމިޓީއަކީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މިނިސްޓްރީގެ މުވައްޒަފުން އެކަނި ޗެކްކުރުމުގެ ބަދަލުގައި މުޖްތަމައުގެ ތެރޭގައި މީހުން ބަލައިގަންނަ އިތުބާރުކުރާ ބޭފުޅުން ހިމެނޭ ކޮމެޓީއެއް އުފައްދައި އެ ކޮމެޓީން ބަލައި ފްލެޓް ލިސްޓް ފާސްކުރުމަށް ނިންމާ ރައީސް އުފައްދަވާފައިވާ ކޮމިޓީއެކެވެ.

Advertisement - newsAdvertisement

ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހުގެ 26 ވަނަ ދުވަހުއެވެ. މި ކޮމެޓީގައި ތިއްބަވަނީ ޖުމްލަ ފަސް މެމްބަރުންނެވެ. ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯތައް ހައުސިންގ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ނަމަވެސް ބައްދަލުވުމުގައި ފެންނަނީ 4 މެންބަރުންނެވެ. ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން އަނީސާ އަހުމަދު އެ ބައްދަލުވުމުގެ ފޮޓޯތަކުން ނުފެނެއެވެ.

ކޮމިޓީގައި ހިމެނޭ ބޭފުޅުން:

1. އަނީސާ އަހްމަދު

2. އާމިނަތު އީނާސް

3. އަހްމަދު އަލިމަނިކު

4. އަބްދުލްއަޒީޒް ޔޫސުފް

5. މަރިޔަމް ފިޒާނާ ރަޝީދު

ފުރަތަމަ ބައްދަލުވުމާއި ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން، އެކުލަވާލި ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.

މި ކޮމިޓީގައި ހިމެނޭ މެންބަރުންގެ ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި 2022 ވަނަ އަހަރު ފެށި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމެވެ.

ރައީސް ވިދާޅުވެފައިވަނީ އޭސީސީގެ ލިސްޓު ކޮމެޓީން ބަލައި މުރާޖާކުރާނެކަމަށާއި އެއާއެކު ނުހައްގުން މީހަކަށް ފްލެޓް ދީފައި އޮތްކަން އެނގިގެންދާނެ ކަމަށެވެ. އަދި ނުހައްގުން ފުލެޓް ލިބިފައިވީނަމަވެސް އެމީހާގެ ހައްޤު އެއްކޮށް ގެއްލުނަ ނުދެއްވާނެ ކަމަށާއި ސަރުކާރުގެ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްމިނިސްޓްރީ އޮފް ހައުސިން ފްލެޓް ކޮމިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
12 އޮކްޓޯބަރު 2025

75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު

12 އޮކްޓޯބަރު 2025
75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު
08 އޮކްޓޯބަރު 2025

އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި

08 އޮކްޓޯބަރު 2025
އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި
01 އޮކްޓޯބަރު 2025

ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް

01 އޮކްޓޯބަރު 2025
ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ފްލެޓު ދޫކޮށް، ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި ނަމަވެސް އެ މަސައްކަތް ވެސް ފެއިލް
18 ސެޕްޓެމްބަރު 2025

މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

18 ސެޕްޓެމްބަރު 2025
މުޒާހަރާ ކުރުމުން ތުޅާދޫ ކައުންސިލުން ހައުސިންގ ޔުނިޓްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް