Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގ ކޮމިޓީ

ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް

އަނީސާ އަހުމަދު ކޮމިޓީން އިސްތިއުފާ ދެއްވާފައިވާތީ، ރައީސް ވަނީ އައު ކޮމިޓީއެއް އެކުލަވާލައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 އެޕްރީލު 2024 | ހޯމަ 07:44
އެޗްއާރްސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް

އެޗްއާރްސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް

ކުރީ ސަރުކާރުން ދޫކުރި 4000 ފުލެޓު ލިސްޓް އަލުން ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހައުސިންގ ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

"ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރިން ވަނީ 5 މެމްބަރުންގެ ކޮމިޓީއެއް ހަދާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، މ. ލޮނުވެލި، އާމިނަތު އީނާސް، ހ. ހަބަރުގެ، އަހުމަދު އަލި މަނިކު، ގ. ވިޔަވަތި، އަބްދުލްއަޒީޒް ޔޫސުފް، މ. ދޫނިހުރާ އަދި މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރުއެވެ.

އެހެންނަމަވެސް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ކޮމިޓީން އިސްތިއުފާ ދެއްވާފައިވާތީ، ރައީސް ވަނީ އައު ކޮމިޓީއެއް އެކުލަވާލައްވާފައެވެ.

އެކަމާ ގުޅޭގޮތުން ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، އަނީސާ އަޙްމަދުގެ ޞިއްޙީ ޙާލަތު ހުރިގޮތުން އޭނާ މި މަސައްކަތް ކުރުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އިތުރު ކުރެވުނު 3 މެމްބަރުންނާއެކު ޖުމުލަ 7 މެމްބަރުންގެ ކޮމިޓީއެއް ރައީސް އެކުލަވާލައްވާފައިވާކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަލަށް އައްޔަންކުރެއްވީ މުހައްމަދު މައުރޫފް ޖަމީލް (މ ދޫރެސް)، ފާތިމަތު ސައީދު (ކުއްޅަވައްގެ ސ ހުޅުދޫ) އަދި އާމިނަތު ޝައީރާ (ދަނޑިމަގު، ވާރޭވިލާ ޏ ފުވައްމުލަކު) އެވެ.

އެއާއެކު، މިހާރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)، އަބްދުލްއަޒީޒް ޔޫސުފް (ޑެޕިއުޓީ ޗެއާ)، އަހްމަދު އަލިމަނިކު، މަރިޔަމް ފިޒާނާ ރަޝީދު، މުހައްމަދު މައުރޫފް ޖަމީލް، ފާތިމަތު ސައީދު އަދި އާމިނަތު ޝައީރާއެވެ.

މި ކޮމިޓީގައި ހިމެނޭ މެންބަރުންގެ ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި 2022 ވަނަ އަހަރު ފެށި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުން ހިމެނެއެވެ.

ރައީސް ވިދާޅުވެފައިވަނީ އޭސީސީގެ ލިސްޓު ކޮމެޓީން ބަލައި މުރާޖައާ ކުރާނެކަމަށާއި އެއާއެކު ނުހައްގުން މީހަކަށް ފްލެޓް ދީފައި އޮތްކަން އެނގިގެންދާނެ ކަމަށެވެ. އަދި ނުހައްގުން ފުލެޓް ލިބިފައިވީނަމަވެސް އެމީހާގެ ހައްޤު އެއްކޮށް ގެއްލުނަ ނުދެއްވާނެ ކަމަށާއި ސަރުކާރުގެ އެހެން ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހައުސިން ގެދޮރުވެރިޔާ ސްކީމްޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު