Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސަރުކާރުން ދޫކުރާ ފްލެޓްތައް

މިސަރުކާރުން ފްލެޓް ދޫކުރާއިރު، އެތަނުގައި ވަގުތުން ދިރިއުޅެވޭނެ- ހައުސިން

ލޯނަށް އެދި ހުށައަޅާއިރު އެމީހަކީ ލޯނު ދެއްކޭނެ ފަދަ ގާބިލުކަން ހުރި މީހަކަށް ވާންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖޫން 2021 | އަންގާރަ 18:14
ހިޔާ ފްލެޓްތައް، މިފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރަން ޖެހެނީ އަމިއްލައަށް

ހިޔާ ފްލެޓްތައް، މިފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރަން ޖެހެނީ އަމިއްލައަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓްތައް ދޫކުރާއިރު، ހުންނާނީ ހުރިހާ މަސައްކަތްތަކެއް ނިމިފައި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢާޒިމް ވިދާޅުވީ މިސަރުކާރުގައި ހިންގާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓުތައް ވެރިފަރާތްތަކާއި ހަވާލުކުރާއިރު، ޚިދުމަތް ދެވޭވަރަށް ހުރިހާ ފިނިޝިންގެ މަސައްކަތްތަކެއް ހުންނާނީ ނިމިފައި ކަމަށެވެ. އަދި އެފްލެޓްތަކުގައި ވަގުތުން ދިރިއުޅެވޭނެ ކަމަށެވެ.

ޢާޒިމް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި، ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާ އެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައި ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިގެން ދާނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެންކަމުން އެ ފްލެޓްތައް ލިބޭ މީހުން އެތަނެއްގައި ތަށި މުށި ހަރުކުރުމާއި، ދޮރު ހަރު ކުރުމާއި، ބޮކި ހަރު ކުރުމުގެ މަސައްކަތްތައް ކުރަން ޖެހެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ބަދަލު ނުވެވި ގިނަ ދުވަސްތަކެއް ވަމުން ދިއުމާއި ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މިހާރު ކުރިއަށްދަނީ ގުރުއަތު ނެގުމުގެ މަސައްކަތެވެ. އަދި ޖުލައި މަހުގެ 15ން ފެށިގެން މަސްދުވަހުގެ ތެރޭގައި އެގްރިމެންޓްކޮށް ނިމޭނެއެވެ.

ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް "ގެދޮރުވެރިޔާ"ގެ ލުއި ލޯން ސްކީމަށް އަލިއަޅުއްވާލައްވައި ޢާޒިމް ވިދާޅުވީ، ލޯނަށް އެދި ހުށައަޅާއިރު އެމީހަކީ ލޯނު ދެއްކޭނެ ފަދަ ގާބިލުކަން ހުރި މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި ލޯނަށް ހުށަހަޅާއިރު، އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އިމާރާތަކަށް ވުމާއި، މަދުވެގެން 3 އަހަރު އެރަށެއްގައި ދިރިއުޅެން ޖެހޭނެ ކަމަށެވެ.

މިލޯނުގެ އިންޓަރެސްޓަށް އިޝާރާތްކުރައްވާ ޢާޒިމް ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން ލުއިތަކެއް ލިބެގެންދާނެ ކަމަށާއި، އަމިއްލަ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. ގެދޮރުވެރިޔާ ލޯނަށް 6 ޕަސެންޓް އިންޓްރަސްޓް ރޭޓަކީ އެކަށީގެންވާ އަދަދެއް ކަމަށާއި، ލޯނުގެ ގްރޭސް ޕީރިއަޑްގެ ތެރޭގައިވެސް އިންޓްރަސްޓެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ ގެދޮރުވެރިޔާ ލޯނު ސްކީމުގެ ދަށުން 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، އެ އަގަކީ ކޮންޓްރެކްޓަރުންގެ ފަރާތުން ލިބިފައިވާ އަގުތަކަށް ބަލައި ކަނޑައަޅާފައިވާ ބެންޗް މާރކެއް ކަމަށެވެ.

އަލަށް ތައާރަފްކުރި މި ލޯން ސްކީމަކީ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބު އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން ހުޅުވާލާފައިވާ ލުއި ލޯނު ސްކީމެކެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. މި ލޯން ސްކީމާއެކު އަމިއްލަ ގެއެއް ހަދަން ފަށައި، މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް މި ލުއި ލޯން ސްކީމާއެކު ދިރުއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގު ފަހިވެގެންދާނެއެވެެ. ލޯން ސްކީމްގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމެވެ.

ހިޔާ ފްލެޓްފްލެޓްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 އޯގަސްޓު 2025

ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

07 އޯގަސްޓު 2025
ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ
03 އޯގަސްޓު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

03 އޯގަސްޓު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު