Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް

ކޮންޓެކްޓް ޓްރޭސިންއާއި އެކްޓިވް ސަރވަލެންސް މަސައްކަތްތައް އަލުން ފަށައިފި

ކޮންމެ ކޭސްއެއްގެ ފުލް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖޫން 2021 | އަންގާރަ 16:10
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޭސްތައް އިތުރުވުމާއި ގުޅިގެން މަޑު ޖައްސާލި ކޮންޓެކްޓް ޓްރޭސިންއާއި އެކްޓިވް ސަރވަލެންސް މަސައްކަތްތައް އަލުން ފަށައިފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ކޭސްތައް އިތުރުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށާއި، އެކްޓިވް ސަރވަލެންސްގެ މަސައްކަތްތައް މަޑު ޖައްސާލަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު މި ދެ މަސައްކަތްވެސް ފަށާފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގައި ވެސް ހަމަ ކޮންމެ ކޭސްއެއްގެ ފުލް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 80 އިންސައްތަ ކޭސް، އަދި 48 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވާ ހުރިހާ ކޭސްއެއް ކޮންޓެކްޓް ޓްރޭސިން ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މަޑު ޖައްސާލުމާއެކު ކޭސްތައް ފެންނަ މިންވަރު މަދުވާނެ ކަމަށާއި، މިފަހަރުގެ ހާލަތުން ކޮވިޑް ކޭސްތަކުގެ ހަގީގީ މަންޒަރު ސާފުނުވާ ކަމަށް ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ އެކްޓިވް ސަރވަލެންސްގައި މަދުވެގެން 380 ސާމްޕަލް ކޮންމެ ދުވަހަކު ވެސް ނަގާނެ ކަމަށެވެ. މިމަސައްކަތުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލާއިރު ކޭސްތައް ފެންނަ މިންވަރު އަދިވެސް އިތުރު ކަމަށާއި، އަންލިންކް ކޭސްތައް ގިނަ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޑރ.ނަޒްލާ ރަފީގުހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ކޮންޓެކްޓް ޓްރޭސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
މާސްކު އެޅުން މަޖުބޫރުނުވާގޮތަށް ގިނަ ފިޔަވަޅުތަކެއް އުވާލައިފި

މާސްކު އެޅުން މަޖުބޫރުނުވާގޮތަށް ގިނަ ފިޔަވަޅުތަކެއް އުވާލައިފި

13 މާރިޗު 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު