Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަރުކަށި ފިކުރު

އައްޑޫން ހައްޔަރުކުރި ހަރުކަށި ފިކުރުގެ ފަސްމީހުން 15 ދުވަހަށް ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި

ހައިކޯޓުން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުން ދޫކޮށްލުމަށް ކުރި އަމުރު ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 15 ޖޫން 2021 | އަންގާރަ 12:14
ހައިކޯޓު

ހައިކޯޓު

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލަން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ފަސް މީހުންނަކީ, ގދ.މަޑަވެލި/ ގަމަރީ އިޢުތިޞާމް މުޙައްމަދު ސަޢީދު, އާއި ގއ. ކޮލަމާފުށި/ ވިކްޓްރީ ހައުސް މަފްތޫޙް ސަޢީދު, އާއި ސ. ހިތަދޫ/ ކާކީގެ ޙަސަން ޝިހާން އިބްރާހީމް, އާއި ސ. މީދޫ/ ސައީދާމަންޒިލް ޢަބްދުﷲ ހައިޝަމް, އާއި ހއ. ހޯރަފުށި/ އަލަނާސިގެ މުޙައްމަދު ތަސްލީމެވެ.

Advertisement - newsAdvertisement

ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް މަސައްކަތްކޮށް, އެފަދަ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމާއި، ހަރުކަށި ފިކުރު ފެތުރުމާއި، ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދިނުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަމުން ދާކަމުގެ ތުހުމަތުގައި މުޙައްމަދު ތަސްލީމް ހައްޔަރުކޮށްފައި ވަނީ މެއި މަހުގެ 15ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އިޢުތިސާމް މުޙައްމަދު ސަޢީދު ހައްޔަރުކޮށްފައިވަނީ، ޓެރަރިޒަމްގެ ޢަމަލު ހިންގުމަށް ޢަމަލީގޮތުން މަސައްކަތް ކޮށް، ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދޭ ކަމަށް މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރެވުނު ތުހުމަތުގައި ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވިގެންނެވެ. އިޢުތިޞާމް ހައްޔަރުކޮށްފައި ވަނީ މެއި 17 ގައެވެ.

މަފްތޫޙް ސަޢީދާއި, ޙަސަން ޝިހާން އިބްރާހީމާއި, ޢަބްދުﷲ ހައިޝަމް ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާޢަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ, އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތުގައެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އެ ފަސްމީހުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމަށް ދަށުކޯޓަށް ފުލުހުންގެ ފަރާތުން ހުށަހެޅުމުން, އެއްވެސް ޝަރުތަކާ ނުލާ އެމީހުން ދޫކޮށްލުމަށް ދަށުކޯޓުން ވަނީ އަމުރުކޮށްފައެވެ. ދަށު ކޯޓުން އެގޮތަށް އަމުރު ކުރީ އެ ފަސްމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެއްކާއި ޤަރީނާ ހުށަހަޅާފައި ނުވުމުން އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށް ބުނެއެވެ. އެހެން ކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ  މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ފަސްމީހުންގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް ހައިކޯޓުން ބުނެފައިވަނީ, މި މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ފުރަތަމަވެސް ލިބިފައި ވާކަން އެނގޭ ކަމަށެވެ. އެމީހުންނަށް ތުހުމަތު ކުރެވޭ ކުށްތަކަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތަކެއް ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ. އަދި އޭގެ ޒާތުގައި ގައުމީ ސަލާމަތާއި ގައުމުގެ އަމަން އަމާންކަމާއި ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުން ނެތި, ބިރުވެރިކަން ފެތުރިގެންދާފަދަ ނުރައްކާތެރިކަން ބޮޑު ކުށްތަކެއް ކަމަށްވާތީ, އެ ފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެ ގޮތް ގަނޑައަޅަން ޖެހޭނީ, އެ ފަދަ ކުށްތަކުގެ ނިސްބަތުން ދޭންޖެހޭ ބުރަދަން ދެވިގެން ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

އިސްތިޢުނާފް މައްސަލައިގެ ޙުކުމްގައި ހައިކޯޓުން ބުނެފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެމީހުން ދޫކޮށްލުމަށް ކުރިއަމުރު ނެރެފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 52ވަނަ މާއްދާގެ ދަށުން އެ ފަސްމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ހައި ކޯޓުޕީޖީ އޮފީސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު