Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތު އަމަލު ހިންގުމުގެ ކުށް

ނަފުރަތުގެ ބިލުގެ ބަހުސް އަންގާރަ ދުވަހު

14 ޖޫން 2021 | ހޯމަ 19:37

އިސްލާހުގެ މަޤްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދެމެހެއްޓުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2021 | ހޯމަ 19:37
ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން- ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ ހިސާން

ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން- ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ ހިސާން

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާޙު ހުށައެޅުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް އެޖެންޑާ ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ބިލަކީ ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙެކެވެ. ގާނޫނުލް އުގޫބާތަށް ހިސާން ހުށަހެޅުއްވި މި އިސްލާހުގެ މަޤްސަދަކީ، ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމެވެ. މި ބިލުގައި ވަނީ އެކަމާ ގުޅޭ ކުށްތައް ދަރަޖަކޮށްގެން ހިމަނާފައެވެ.

Advertisement - newsAdvertisement

ޖުނަޙުގެ 1 ވަނަ ދަރަޖަ:

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެދަރަޖައިގެ ކުށަކަށް ދެވޭ އެއްމެ ބޮޑު އަދަބެއް ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާން ކޮށްފައިވަނީ 1 އަހަރުގެ ޖަލު ހުކުމެކެވެ.

ޖިނާއަތުގެ 4 ވަނަ އަދި 5 ވަނަ ދަރަޖަ:

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލާ އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާ، ބައިވެރިވުމާ، ރޭވުމަކީވެސް ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެއެވެ. މިފަދަ މައްސަލައެއް އެމީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ޖިނާއަތުގެ އެއްވަނަ ދަރަޖަ:

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތު ކުރުން ނުވަތަ އެމީހަކާމެދު ތަފާތުކުރުމަށް ގޮވާލުމަކީވެސް ކުށެކެވެ. މިފަދަ އަމަލެއް ހިންގުމުގައި މީހަކު މަރުވެއްޖެނަމަ އެ ކުށަކީ، ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ވެއެވެ. އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

ޖިނާއަތުގެ 2 ވަނަ ދަރަޖަ އަދި 4 ވަނަ ދަރަޖަ:

މީހެއްގެ ނަސްލާއި، އުފަންވީ ގައުމާއި، ކުލައަށް ބަލައިގެން ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ ކަމެއް ރޭވުމާއި، އެމީހަކަށް ތަފާތު ކުރުން ނުވަތަ އެމީހަކާމެދު ތަފާތުކުރުމަށް ގޮވާލުމަކީ ކުށަކަށްވާއިރު، މިފަދަ އަމަލެއް ހިންގީ ކިޑްނެޕްކޮށްގެން ނުވަތަ ޖިސްމާނީ އަނިޔާއެއް ދީގެން ނޫނީ މަރުގެ އިންޒާރު ދީގެން ކަމުގައިވާނަމަ އެއީ 2ވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ މައްސަލައެއް ސާބިތު ވެއްޖެ ނަމަ 15 އަހަރަށް ޖަލަށް ލެވޭނެއެވެ. އެނޫން ހާލަތްތަކުގައި މިބާވަތުގެ ކުށަކީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.

ހިސާން ހުސައިން ހުށަހެޅުއްވި މި ބިލާމެދު އާންމުންގެ މެދުގައި ހިޔާލުތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. އަދި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށްފައި އޮތް ބިލެއް ނޫން ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.  ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން ބިލް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ މީހުންގެ ތެރޭގައި ނަފުރަތު އުފެދި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ހިސާބަށް ދިޔަ ނުދޭން އޮތް ހުރިހާ ކަަމެއްކުރުން ކަމަށެވެ. އަދި މިއީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިޔާލަށް ހުރަސް އެޅުމެއް ނޫން ކަމުގައެެވެ.

ރައީސް ވިދާޅުވީ، މަޖިލީހުން ބަހުސްކޮށް ކޮމިޓީން ދިރާސާކުރާއިރު ރައްޔިތުންގެ ޚިޔާލަށް ރިއާޔަތްކޮށް، ގެންނަން ޖެހޭ ބަދަލު ގެންނަވާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެއްވެސް ފަރާތަކުން ފާޅުކުރާ ޚިިޔާލަށް ހުރަސް އެޅުން ނޫން ކަމަށާއި، އެހެންނަމަވެސް ފާޅުކުރާ ޚިޔާލަކުން ބައެއްގެ ތެރޭގައި ނަފްރަތު އުފެދި ފިތުނައަކަށް ބަދަލުވެ، ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަަށް ދާތީ އެކަންކަން ހުޓުވުމަށް ކުރި ކަމެއް ކަމަށެެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސްނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް