Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްޑީއައި ޕޮލިސީ

މިސަރުކާރަކުން އެއަރޕޯޓް ވިއްކާކަށް ނޫޅޭ، ވިއްކާފައި ވަނީ ޔާމީން ސަރުކާރުން

މިސަރުކާރުން ހުވަފެނުގައިވެސް އެއަރޕޯޓް ވިއްކަން ނުވިސްނާކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 14 ޖޫން 2021 | ހޯމަ 17:54
މިނިސްޓަރ ފައްޔާޟް އިސްމާޢީލް

މިނިސްޓަރ ފައްޔާޟް އިސްމާޢީލް

މި ސަރުކާރަކުން އެއަރޕޯޓް ވިއްކާކަށް ނޫޅޭކަމަށާއި، މިހާތަނަށް އައިއިރު މިކަންކޮށް އެއަރޕޯޓް ވިއްކާފައި ވަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޟް މިހެން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއަރޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އަމަލުކުރަން ފެށިއިރު، އެ ޕޮލިސީގައި އެއަރ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރީޖަނަލް އެއާޕޯޓު، ކުންފުނީގެ ނުވަތަ ރާއްޖޭގެ އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް ވިއްކާލުމުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް، ވިސްނުމެއް ވެސް ހުވަފަނެއް ވެސް ނެތް ކަމަށެވެ.

މިނިސްޓަރ ވަނީ މިއީ އެމަނިކުފާނު ހުވަފެނުގައިވެސް ދެކެފައިވާ ކަމެއްވެސް ނޫންކަމަށް ވިދާޅުވެފައެެވެ. އިންޑިއާގެ ޖީއެމްއާރްގެ ވަކީލަކަށް އެމަނިކުފާނު ކުރިން ހުރުމާއި މި ސަރުކާރުން ކުރާ ކަމަކާއި ގުޅުމެއް ނޯންނާނެ ކަމަށާއި އެގޮތުން ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް އިންޑިއާ އަށް ވެސް އަދި ބޭރުގެ އެހެން ގައުމެއްގެ އަމިއްލަ ކުންފުންޏަކަށް ވެސް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާގަކަދައްކަވަމުން މިނިސްޓަރ ވަނީ މިހާރު ހިންގާ ހުރިހާ އެއަރޕޯޓެއްވެސް ހިންގަމުންދަނީ ގެއްލުމުގައިކަމަށް ވިދާޅުވެފައެވެ.

ޕްރަވަޓައިޒްކުރުމަކީ ކާމިޔާބު ސިޔާސަތެއްކަން ކޫއްޑޫ އެއަރޕޯޓްމިހާރު ހިނގަމުންދާ ގޮތުން ހާމަވާކަން ސާބިތުވާކަން ހާމަކުރެއްވިއެވެ. މި އެއަރޕޯޓް ކާމިޔާބުކަމާއެކު ހިންގަމުންދާއިރު، އެއަރޕޯޓް ހިންގުމަށް ސަރުކާރުން އެއްވެސް ޚަރަދެއްކުރަންނުޖެހޭކަން ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރު މި އެއަރޕޯޓްގެ 100 އިންސައްތަ ހިންގުން ކިއޮންގް ހޮންގް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިބިޓެޑަށް ކުންފަޏަކާ ހަވާލުކުރީ މިދިޔަ ސަރުކާރުންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މާފަރު އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްބުމުގައި 2017 ވަނަ އަހަރު އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓަށް ދީފައިވުމުން މިކަމަށް މި ސަރުކާރަށް ބަދަލުގެނެވެން ނެތްކަމުގައި ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް މިދިޔަ ސަރުކާރުން މިގޮތަށް ހަދާފައިވާ ބައެއް އެއްބަސްވުންތައް އުވާލުމަށް މަސައްކަތްކުރިކަން ފާހަގަކުރައްވައި މިނިސްޓަރ ފައްޔާޒްވަނީ ބައެއް ޕްރޮޖެކްޓްތައް ހުއްޓުވިފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން 2017 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "އޮލިއާލާ އިންޑިއާ ލިމިޓެޑް" ކިޔާ ކުންފުންޏަކަށް ށ.އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ހުއްދަ ބާތިލުކޮށްފައިވާކަމަށެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

ކޮމެންޓް

އިތުރަށް ކިޔާލަން

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

11 އޯގަސްޓު 2023
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އައު އައްޑޫއެއް ބިނާކުރުމަށް: މިނިސްޓަރު ފައްޔާޒު

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޅިން އައު އައްޑޫއެއް ބިނާކުރުމަށް: މިނިސްޓަރު ފައްޔާޒު

04 ޖޫން 2023
އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

އިހަވަންދިއްޕޮޅުން ބަންކަރިންނާއި ކްރޫ ޗޭންޖުގެ ހިދުމަތް ދިނުމަށް ގަވާއިދުތައް އިސްލާހު ކުރަނީ

27 މާރިޗު 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު