Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓަރު ފައްޔާޒު

ފައްޔާޒުގެ ސުވާލެއް ނަޝީދުއަށް، ފޯޅަވައްސާ ރާއްޖެއާމެދު އިންވަކިކުރުމަށް އެއްބަސްވީ ކީއްވެ؟

2011 ވަނަ އަހަރު ރާއްޖެ އާއި މޮރިޝަސްގެ ފުށުއަރާ ސަރަހައްދާ މެދު ދެ ގައުމުން ވާހަކަ ދައްކައިގެން އެކަން ހަމަޖައްސަން އެއްބަސްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޮކްޓޯބަރު 2022 | އަންގާރަ 13:52
ނަޝީދު އާއި ފައްޔާޒު

ނަޝީދު އާއި ފައްޔާޒު

ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމުގައި ދެކިލައްވާނަމަ މޮރިޝަސްއާއެކު ފޯޅަވައްސާ ރާއްޖެއާމެދު އިން ވަކިކުރުމަށް އެއްބަސްވީ ކީއްވެތޯ ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާ ސުވާލު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ޓެގް ކުރައްވައި ފައްޔާޒު ވިދާޅުވީ 2011 ވަނަ އަހަރު އޭރުގެ ރައީސުލްޖުމަހޫރިއްޔާ ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިލައްވާނަމަ މޮރިޝަސްއާއެކު އިން ކަނޑައަޅަން އެއްބަސްވީ ކީއްވެތޯއެވެ. 2011 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ނަޝީދުއެވެ.

ފައްޔާޒު މިގޮތަށް ޓްވީޓް ކުރެއްވީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން އެނގޭކަން ތާރީހުން އެނގެން އެބައޮތް ކަމަށާއި އެތަން ދޫކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވުމުންނެވެ. ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު 2011 ވަނަ އަހަރު މޮރިޝަސްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އެ ގައުމުގެ އޭރުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތުގައި ބޮޑުވަޒީރާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު ނެރުނު ޖޮއިންޓް ކޮމިއުނިކޭގައި ބުނެފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކަނޑައަޅާއިރު ފުށުއަރާ ސަރަހައްދާ މެދު ދެ ގައުމުން ވާހަކަ ދައްކައިގެން އެކަން ހަމަޖައްސަން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މި މަސައްކަތަށް ޖޮއިންޓް ކޮމިޝަނެއް ހެދުމަށް ވެސް އެއްބަސްވެވަޑައިގަތް ކަމަށް ވަނީ ބުނެފައެވެ.

ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް އދ. އިން ނިންމި ނިންމުމަށް ސަރުކާރުން ވޯޓު ދިނުމުން ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ފޯޅަވަހި މޮރިޝަސްގެ ތަނެއްކަމަށް އދ. ގައި ވޯޓު ދިނުމަކީ ރާއްޖޭގެ ބައެއް ދިނުން ކަމަށާއި އެގޮތަށް އެކަން ކުރުމާ ދެކޮޅު ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ފަދަ ގޮތަކަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލުނުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ޝަރީފާ ވެސް ފައްޔާޒު ވަނީ ސުވާލެއް ކުރައްވާފައެވެ. ފައްޔާޒު ޝަރީފަށް އަމާޒުކޮށް ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއަށް ފޯޅަވަހި ދޭން ނިންމިއިރު އޭރުގެ ސަުކާރުން ދައުވާ ނުކުރީ ކީއްވެތޯއެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު ފޯލަވަހި ގެއްލިގެންދިޔައިރު ކުރެއްވީ ކޮންކަމެއްތޯ ވެސް އެއްސެވިއެވެ.

2017 ވަނަ އަހަރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަދި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
18 ނޮވެމްބަރު 2024

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު