Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިކޮނޮމިކް މިނިސްޓްރީ

ކޮވިޑާ ގުޅިގެން އަސަރު ކުރި އަމިއްލަ ވިޔަފާރިތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮޖެކްޓުގެ ދަށުން 8 ދާއިރާއަކުން އެހިތެރިކަން ފޯރުކޮށްދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2022 | އާދީއްތަ 06:45
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން އަސަރުކޮށްފައިވާ، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ މި ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން 8 ދާއިރާއަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތައް

މި އެހީއަށް އެދެވޭނީ 1 ޖުލައި 2022 އާ ހަމައަށް މަދުވެގެން ހަ މަސްދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތްތަކަށެވެ. އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް ފާއިތުވެދިޔަ ހަތަރު ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށާއި ވަޒީފާ އަދާ ކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކަށް މި އެހީއަށް އެދި ހުށަނޭޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދޭ ތަމްރީން ޕްރޮގެރާމް ފުރިހަމަ ކުރުމަކީ ވެސް މި އެހީ ލިބޭ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޝަރުތެކެވެ.

މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މި ފުރުސަތުތަކުގެ ތެރެއިން 40 އިންސައްތަ ހާއްސަ ކޮށްފައިވަނީ އަންހެނުންނަށެވެ.

މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މި ޕްރޮގްރާމްގެ ތަފްސީލު އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ވަނީ ޝާއިއު ކޮށްފައެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ވެސް ޕޯޓަލުން ބަލާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ 31 އޮކްޓޯބަރު 2022 އާ ހަމައަށެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްވޯލްޑް ބޭންކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
18 އޮކްޓޯބަރު 2025

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
18 ނޮވެމްބަރު 2024

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު