ކ. މާލެ
|
14 ޖޫން 2021 | ހޯމަ 22:09
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް
ރައީސް އޮފީސް
އެފްޑީއައި ޕޮލިސީ
އާ ކަމެއް މި ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ މިނިސްޓަރ ފައްޔާޟް އެފްޑީއައި ޕޮލިސީ ތަފްސީލް ކޮށްދެއްވައިފި
 
އެފްޑީއައި ޕޮލިސީއަށް ދެވަނަ ފަހަރަށް މި ސަރުކާރުން ބަދަލު ގެންނަން ޖެހުނީ، އިންވެސްޓްމެންޓްތަކަށް ފުރުސަތު ދިނުމަށް
 
ބިދޭސީ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓުކުރެވޭނެ އުސޫލުތައް ދެފުށްފެންނަ ގޮތަކަށް ޝާއިއުކުރީ ސަރުކާރުން
 
މި ސަރުކާރުން އެފްޑީއައި ޕޮލިސީ އެކުލަވާލުމުގެ ކުރިން 100 އިންސައްތަ ހިއްސާވާ ބޭރުގެ ކުންފުނިތަކަށް އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ ފުރުސަތު އޮތީ ދީފައި

އާ ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް ބުނެ މިނިސްޓަރ އޮފް އިކޮނޮމިކް ފައްޔާޟް އިސްމާޢީލް، އެފްޑީއައި ޕޮލިސީ ތަފްސީލް ކޮށްދެއްވައިފިއެވެ.

އެފްޑީއައި ޕޮލިސީއަށް ގެނައި އިސްލާހު ގެޒެޓް ކުރުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވިއެވެ. ކުރީގެ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި، އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ޓްވިޓަރ މެދުވެރިކޮށްވެސް މިނިސްޓަރ ފައްޔާޟް ޖަވާބު ދެއްވިއެެވެ. އެހެންނަަމަވެސް އެ ފާޑު ކިޔުންތަކަށް ނިމުމެއް ނައުމުން މިނިސްޓަރ މިވަނީ ޕޮލިސީ ކުރިން އޮތް ގޮތާއި، މިސަރުކާރުން ޕޮލިސީއަށް ގެނައި ބަދަލު ތަފްސީލް ކޮށްދެއްވާފައެވެ.

މިކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން އެފްޑީއައި ޕޮލިސީ އެކުލަވާލުމުގެ ކުރިން، އެއަރޕޯޓު ތަރައްގީކޮށް، އޮޕަރޭޓްކޮށް، މެނޭޖުކުރުމުގެ ފުރުޞަތު 100 އިންސައްތަ ބިދޭސީ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުންނިތަކަށް ދީފައިވާ ކަމަށެވެ.

2020 ވަނަ އަހަރު އެފްޑީއައި ޕޮލިސީ ފުރަތަމަ އެކުލަވާލައި ޝާއިއުކުރިއިރު، 'އެއަރ ޓްރާންސްޕޯޓް ސަރވިސަސް' މި ދާއިރާގައި، އެންމެ ގިނަވެގެން ބިދޭސީ ފަރާތަކަށް ހިއްސާވެވޭނެ މިންވަރުގެ ގޮތުގައި، 75 އިންސައްތަ ކަނޑައަޅާފައިވާނެ ކަމަށާއި، މިގޮތަށް ކަނޑައެޅީ، ބޭރުގެ ފަރާތްތަކާއެކު އެއަރޕޯޓް ހިންގުމުގައި ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައިވެސް ރަނގަޅު ކަމެއް ކޮށްފައިވާނަމަ އެކަން މި ސަރުކާރުންވެސް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި، އެއަރޕޯޓްތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ އިންވެސްޓްމެންޓްތަކަށް މި ބަދަލަކީ މުހިއްމު ބަދަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެފްޑީއައި ޕޮލިސީއަށް 13 ޖޫން 2021 ގައި ގެނެވިފައިވާ އިސްލާހަކީ، މިދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކަށް 75 އިންސައްތަ ތްރެޝްހޯލްޑް އޮތުމުން އިންވެސްޓްކުރުމަށް ހުރަސްތަކެއް އޮތުމުން، އެކަމަށް މަގުފަހިކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ.

ހިއްސާވެވޭނެ މިންވަރު ކަނޑައަޅާނީ އިންވެސްޓް ކުރާ ނިސްބަތުން ކަމަށާއި، އެންމެ ދަށް މިންވަރަކަށް އިންވެސްޓް ކުރެވޭނީ، ފަސް މިލިއަން ޑޮލަރު ކަމަށެވެ.

މި ސަރުކާރުން އެފްޑީއައި ޕޮލިސީ އެކުލަވާލުމާ ހަމައަށް، ބިދޭސީ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓުކުރެވޭނެ އުސޫލުތައް ދެފުށްފެންނަ ގޮތަކަށް ޝާއިއުކޮށްފައި ނުވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި ފޮރިން އިންވެސްޓަރުންނަށް ހުއްދަ ދޭ ދާއިރާތަކުގެ ތެރޭގައި، އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓުކުރުން ހިމެނޭތީ، 10 ސެޕްޓެމްބަރ 2012 އިން ފެށިގެން، ކޫއްޑޫގައި ތަރައްގީކުރި އެއަރޕޯޓު ހިންގަމުން އައިސްފައިވާ ރީޖަނަލް އެއަރޕޯރޓްސް އަށް ދޫކުރެވިފައިވާ ލައިސަންސް ވަނީ ކިޖޮންގް ހޮންގް ކޮންސްޓްރްކްޝަން ޕްރައިވެޓްލިމިޓެޑް ކިޔާ ބޭރުގެ ކުންފުންޏަކަށް 20 ޑިސެމްބަރ 2014 ގައި ބަދަލުކޮށްފައި ކަށާއި، އޭގެ ފަހުން އޯގަސްޓް 2017 އިންފެށިގެން އެއަރޕޯރޓް އޮޕަރޭޓްކުރުމުގެ ލައިސަންސް ވަނީ ޕްރިކްޓީން އައިލަންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕވޓ.ލޓޑ ކިޔާ ސިންގަޕޫރުގެ ދެ ކުންފުންޏަކުން ހިއްސާވާ ގޮތަށް، ރާއްޖޭގައި އުފައްދާފައިވާ ސައްތައިންސައްތަ ބިދޭސީ ކުންފުންޏަކަށް ބަދަލުކޮށްފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، 2017 ވަނަ އަހަރު ދިވެހި ސަރުކާރާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު ނ.މާފަރު އެއަރޕޯޓް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގައި އެ ފަރާތުން އެއަރޕޯޓް އޮޕަރޭޓްކުރުމުގެ ހައްގު ދީފައިވާ ކަމަށެވެ.

ފުރަތަމަ ފަހަރަށް ބިދޭސީ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނެ ގޮތްތައް ކަނޑައަޅައި، ހާމަކަންބޮޑު ގޮތަކަށް އެފްޑީއައި ޕޮލިސީއެއް އެކުލަވާލާ ޝާއިއުކޮށްފައިވަނީ، 11 ފެބްރުއަރީ 2020 ގައި މިއަދުގެ ސަރުކާރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެއަރ ޓްރާންސްޕޯޓް ސަރވިސަސް އާއި ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި އެއަރ ޓްރެފިކްކޮންޓްރޯލް އެކްޓިވިޓީޒެއް ނުހިމެނޭނެ ކަމަށާއި، އެއަރ ޓްރާންސްޕޯޓް ސަރވިސަސްއާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން، އެއަރ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް ހިމެނޭގޮތަށް މާނަ ކުރެވޭގޮތަށް އޮތްކަމަށް ފެންނާތީ، އެކަން ސާފުކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެެވެ.

ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން، އެއަރ ޓްރާންސްޕޯޓް ސަރވިސަސް އާއި ގުޅުންހުރި ޚިދުމަތްތަކުގެތެރޭގައި، ރާއްޖޭގެ އެއްވެސް އެއަރޕޯޓެއްގައި، އެއަރ ޓްރެފިކް ކޮންޓްރޯލް، ބޯޑަރ ކޮންޓްރޯލް، އޭވިއޭޝަން ސެކިއުރިޓީފަދަ، ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެއްވެސް ޚިދުމަތެއް ނުހިމެނޭނެކަން މިނިސްޓަރ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
15 ޖޫން 2021 | އަންގާރަ 05:10
ލާލާ
މިސަރުކާރުން އިންޑި އއާއ އާ އެކު ވެފަ އި ވާ ެއއއ އްއއއބަސްވުންތަ އް ވަނީ ދެފުށެ އް ނޫން އެއ އްފުށްވެސް ފެންނަ ގޮތް ނުވެފަ
ގުޅުންހުރި