Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލަށް އެސްޖީން ކަނޑައެޅުމުގެ ބާރު

ކައުންސިލްގެ އެސްޖީން ކަނޑައެޅުމުގެ ބާރު ސިވިލް ސަރވިސްއަށް ދޭ އިސްލާހުގެ ބިލް ހުށަހަޅާ ބަހުސް ފަށައިފި

14 ޖޫން 2021 | ހޯމަ 16:42

މިބިލް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެމްބަރ އަޙުމަދު ސަޢީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖޫން 2021 | ހޯމަ 16:42
އައްޑޫ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ  ބައްދަލުވުން

އައްޑޫ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ ބައްދަލުވުން

ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސަރވިސް ކޮމިޝަން ކަމަށް ކަނޑައަޅައި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިބިލް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެމްބަރ އަޙުމަދު ސަޢީދެވެ.

Advertisement - newsAdvertisement

ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި ހުޅުވާލުމާއި، އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮޮތުން ކަމަށެވެ.

މީގެއިތުރުން ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާނުވާ، ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސިވިސް ސަރވިސް ގާނޫނުގައި ބަޔާންވެފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ގާނޫނު އޮތްގޮތުން ފުށު އެރުންތަކެއް އެބަހުރިކަމަށް އަހުމަދު ސައީދު ވިދާޅުވިއެވެ.

ބިލަށް ވާހަކަދެއްކެވި މެމްބަރުން ވަނީ މިބިލް މިހާރު އޮތްގޮތަށް ބަދަލުތަކެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 126 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުގެ ބިލްގައި ވަނީ ކައުންސިލްގެ ލަފަޔާއެކު އޮތް ބައި އުނިކޮށްފައެވެ.

މިއިސްލާހު ހުށަހެޅި ފުރަތަމަ ކިޔުން އިއްވުމާއެކު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާހޯދުމަށް، ގާނޫނުގައި މިހާރު ލިޔެވިފައިއެވަނީ މިސަރުކާރުން ގެނައި މުހިންމު އިސްލާހާއެކުގައި ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަންކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްސިވިލް ސަވިރސް ކޮމިޝަން ލޯކަލް ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
10 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
14 ސެޕްޓެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

14 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
21 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

21 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
07 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ
05 އޯގަސްޓު 2025

ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

05 އޯގަސްޓު 2025
ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް