Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ވޯޓެއް ނެގިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 17:40
މިނިވަންމުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މިނިވަންމުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާކޮށް އިސްލާހު ގެނައުމަށްފަހު ތަޅުމަށް ފޮަނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުއެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ 62 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރުން ބުނި ގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތުތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް އެ ވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމެވެ.

Advertisement - newsAdvertisement

ކޮމިޓީން ބިލަށް ހުށަހެޅީ 7 އިސްލާހެވެ. ފުރަތަމަ އިސްލާހަކީ ބިލުގެ 4 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، (ށ) ގެ ގޮތުގައި އެ މާއްދާއަށް އަކުރެއް އިތުރުކުރުމެވެ. 4 ވަނަ މާއްދާގެ (ށ) ގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަކި ސަރަހައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންނާއި ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސްއަށް ފެންނަ ކަންކަމުގައި، އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުން އެކަމުގައި ދެކޭގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، މި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އަށް ނިންމި ދާނެ ކަމަށެވެ.

ބިލުގެ 6 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ބުނެފައިވަނީ މި ގާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ހާލަތްތަކުގައާއި އެ މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ މަޖިލީހުން އަމަލުކުރަންވާނީ މި ގާނޫނުގައި ބަޔާންކރުާ އުސޫކުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި މި ގާނޫނާ ތައާރުޒުނުވާ ގޮތަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެކުލެވޭ ކަމާގުޅޭ އުސޫލުތަކާ އެއްގޮަތްވާގޮތުގެ މަތިންނެވެ.

މީގެ އިތުރުން 6 ވަނަ މައްދާގެ (ށ) ވެސް ވަނީ އިސްލާހުކޮށްފައެވެ. ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ މި ގާނޫނުގެ ދަށުުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ކަނޑައަޅާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ.

ބިލުގެ 15 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް ބުނެފައިވަނީ މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލާ މައުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އާންމުކުރަންވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، އެ ރަށްރަށުގެ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް، މައުލޫމާތު ކަރުދާސް ލުއިފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަންވާނެ ކަމަށެވެ.

ބިލުގެ 19 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސާ، (ށ) ގެ ގޮތުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް (ށ) ގައި ބުނެފައިވަނީ، މި މައްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު 45 ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ބިލުގެ 31 ވަނަ މާއްދާއަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކޮށްފައިވެއެވެ. މި އަކުރުގައި ބުނެފައިވަނީ މި ގާނޫނުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު އެ ނިންމުމަކަށް ލިބިފައިވާނަމައެވެ.

އަދި ފަހު އިސްލާހެއްގެ ގޮތުގައި 53 ވަނަ މާއްދާައި ބުނެފައިވަނީ އެ މާއްދާއަކީ (ހ) ގެ ގޮތުގައި ހަމަޖައްސައި (ށ) ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ. (ހ) ގައި ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންޖެހިއްޖެނަމަ އެ ވޯޓު ނެގުމަށް ބޭނުންވާ އެންމެހައި ފައިސާ ހަރަދުކުރަންވާނީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ ަމތިން ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ. އަދި (ށ) ގައި ބުނެފައިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ފައިސާ އިލެކްޝަންސް ކޮމިޝަނުން ހިސާބުކުރުމަށްފަހު، އެ ފައިސާ ހޯދުމަށް އެދި ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެފަދައިން ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ ފައިސާ އެ ވުޒާރާއިން އިލެކްޝަންސް ކޮމިޝަނަށް ދޫކުރަންވާނެ ކަމަށެވެ.

ޢާންމު ވޯޓު ނެގޭނީ:

  • ރައްޔިތުންނާގުޅޭ މުހިންމު ކަންކަމުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި
  • ގާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
  • ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރު
  • ގާނޫނުއަސާސީގެ 107 ވަނަ މާއްދާ ރިޔާސީ ދައުރު
  • ގާނޫނުއަސާސީގެ 108 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް
  • ގާނޫނުއަސާސީގެ 260 ވަނަ މާއްދާގެ (ށ) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން
  • ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ދިވެހިރާއްޖޭގެ ސަރަހައްދު ކަމަށް ބަޔާންކުރާ މާއްދާ

މީގެ އިތުރުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައިފިނަމަ، އެ ބިލު ފާސްކުރުމަށް ޢާންމު ވޯޓު ނެގިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން، ޢާންމު ވޯޓު ނެގުމަށް އެދޭ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހާއި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ.18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާއިރު، ވޯޓު ނަގަންވާނީ ސިއްރު ވޯޓަކުން ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުއިލެކްޝަންސް ކޮމިޝަންއިބްރާހިމް ފަލާހްރައްޔިތުންގެ މަޖިލިސްމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީލޯކަލް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު