Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ރައްޔިތުން ބޭނުންވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2018 | ބުރާސްފަތި 07:40
ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު އުފާފާޅު ކުރަނީ

ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމުން ގިނަ ބަޔަކު އުފާފާޅު ކުރަނީ

މި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރާސީގެ ކޮރަޕްޝަންގެ މައްސަލައެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ވާހަކަތައް ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ދައްކަވަން ފެށުމުން، ސިޔާސީ ގޮތުން ދުވަހަކު ވެސް އެއްގަލަކަށް ނާރާނެ ކަމަށް ބެލެވުނު ލީޑަރުން ގުޅި، މި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދަ އާއި އަނިޔާވެރިކަން ނައްތާލުމަށް މަސައްކަތް ފެށިއެވެ. ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބުކޮށްފައިވާ އިރު މިއީ ހަމަގައިމު ވެސް ރާއްޖޭގެ ތާރީހުގައި ފަލަ އަކުރުން ލިޔެވޭނެ ދުވަހެކެވެ.

އިންތިހާބުގެ ކެމްޕެއިންގައި ކުރިއަށް އޮތް ފަސް އަހަރު ކުރައްވާނެ ކަންކަމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ކެނޑިނޭޅި މަސައްކަތްކުރެއްވީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވުމުގެ މަސައްކަތެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ތާއީދު އިތުރުވުމުގެ ބަދަލުގައި ރާއްޖޭގެ ހާލަތާ މެދު އިތުރަށް ވިސްނަން ރައްޔިތުންނަށް ފުރުސަތު ލިބިގެން ދިޔައެވެ.

ރާއްޖޭގައި ރިޔާސީ އިންތިހާބު ހިނގައިދިޔައީ އަވައްޓެރި ސްރީލަންކާގައި 2015 ވަނަ އަހަރު މަހިންދަ ރާޖަޕަކްސަގެ ވެރިކަން ނިމުނު ގޮތާއި ދާދި އެއްގޮތަކަށެވެ.

ރާޖަޕަކްސަގެ ސަރުކާރުން ވެސް ވަނީ ގައުމުގައި ވޮޑެތި ބިޔަ މަޝްރޫއުތައް ހިންގާފައެވެ. އެހެން ނަމަވެސް ވެރިކަން ނިމިގެންދިޔަ އިރު އެންމެ ބޮޑަށް އެމަނިކުފާނަށް ތުހުމަތުތައް ކުރެވިގެންދިޔައީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ބާރާއި ނުފޫޒުގެ ބޭނުން ކުރުމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އިންތިހާއަށް ހިންގުމެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޕްރެޝަރު ބޮޑުވުމާއި އިންތިހާ ދަރަޖައަށް ދަރަނި ބޮޑުވުމުގެ މައްސަލައަކީ އެ ގައުމަށް އޭރު ކުރިމަތިވި ކަންކަމެވެ. ހާއްސަކޮށް ޗައިނާ އަށް ދަރަނިވެރިވުން ފާހަގަކޮށްލެވެއެވެ.

ކޮރަޕްޝަނާއި ބާރުގެ ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާފައިވާ ކަމުގެ ބޮޑެތި ހެކިތަކެއް ވެސް އެކި މަޝްރޫއުތަކުން ފާހަގަކުރެވެއެވެ. އެގޮތުން ކޮލަންބޯ ކަޓުނަޔާކެ އެކްސްޕްރެސް ވޭ މަގު ހެދުމަށް، ދާނެ ކަމަށް ބެލެވޭ އަގުގެ 55 ޕަސެންޓް ބޮޑުކޮށް ދީފައިވާ މައްސަލައަކީ ފާހަގަކޮށްލެވޭ މައްސަލައެކެވެ. މީގެ އިތުރުން ގިނަ މަޝްރޫއުތަކެއް ޗައިނާގެ ކޮންޓްރެކްޓަރުންނާ ހަވާލުކުރި މައްސަލަ ވެސް އޭރު ފެންމަތިވިއެވެ. މީގެ އިތުރުން ފީސިބިލިޓީއެއް ނެތި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ހަމްބަންޓޯޓާ ކައިރީ އޮންނަ މައްތަލައިގައި ބޮޑު ހޭދައެއްކޮށްގެން ބައިނަލްއަގުވާނީ އެއާޕޯޓެއް ހެދުން ފާހަގަކޮށްލެވެއެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރަށް ވެސް ތުހުމަތު ކުރެވޭ ކަންކަމެވެ. ބްރިޖުގެ މަޝްރޫއު އާއި އައިޖީއެމްއެޗް 25 ބުރީގެ އިމާރާތް އިންތިހާއަށް އަގު ބޮޑުކޮށް ބަޔަކާ ހަވާލު ކުރުމާއި ޗައިނާއިން އަށް މަޝްރޫއުތައް ހިންގުމުގައި މާބޮޑަށް ބަރޯސާ ވުމާއި އިންތިހާއަށް ލޯނު ނެގުމާއި ދަރަނި ބޮޑުވުމާއި، ހިޔަނާތާއި އަނިޔާވެރިކަން އިންތިހާއަށް އިތުރުވުން ހިމެނެއެވެ. އަދި އަމިއްލަ ގެދޮރު ބައްލަވައިގަތުމާއި މުއްސަނދިކަން އިތުރުކުރެއްވުމާއި ބާރުގެ ނުފޫޒު އިންތިހާ ދަރަޖައަށް ބޭނުން ކުރުެއްވުން ހިމެނެއެވެ. މިފަދަ ވާހަކަތައް ކެމްޕެއިން ދުވަސްވަރުގައި ދެއްކިވަރު އިންތިހާއަށް އިތުރު ވެސް ވިއެވެ.

ރ. ދުވާފަރުގައި މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ. ތަރައްގީކުރާ ކަމުގައިވާ ނަމަ އެޑްވާސްކޮށް ވައްކަން ކުރިއަސް ވަރިހަމަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ އާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސަށް ވައްކަން ކުރިއަސް" ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވެފައި ވެއެވެ.

އޯގަސްޓް 26 ވަނަ ދުވަހު ތ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެމަނިކުފާނާއި ދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.

"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނީ ކިތަންމެ ބަލިވި ނަމަވެސް އޭނަގެ އިންސާނީ ހައްގެއް ނޯންނާނެ. އެކަމެއް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. މިކަހަލަ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ވާހަކަ މިދައްކަނީ،" ރައީސް ވިދާޅުވިއެވެ

އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ކަމަށް ބުނާ ނަމަ، އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެކަން ހައްލުވާން ޖެހޭނެ ކަމަށެވެ.

ގދ. ތިނަދޫއަށް ސެޕްޓެމްބަރު 11 ވަނަ ދުވަހު، ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ނިކަމެތި ކަމަކީ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް ދިއުން ކަމަށާއި އެކަމަކީ އެމަނިކުފާނު ފަސޭހަކޮށް، ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑު މި ޒައާމަތުގައި ހުރެގެން، ފަސޭހަކަމާ އެކީގައި ދޫކޮށްލާނެ ކަމެއް ނޫން. ހަމަ އެ ސަބަބަށްޓަކާ، އަޅުގަނޑުމެންގެ ޕާޓީ ދޫކޮށްލާފައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެމްބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް ކުރީ އަޅުގަނޑު. ﷲ، އަޅުގަނޑަށް ތައުފީގު ދެއްވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އޯގަސްޓް 8 ވަނަ ދުވަހު ގއ. ކޮނޑޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަރަދު ބޮޑުކޮށް މަޝްރޫއުތައް ކުރިއަށް ގެންދަނީ އަވަސްކޮށް މަސައްކަތް ކުރުމަށް ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.

މިފަދަ ކޮންމެ ވާހަކައަކާ ގުޅިގެން ގިނަ ބަޔަކު ރައީސަށް ފާޑުވިދާޅުވެފައި ވެއެވެ. ސޯޝަލް މީޑީއާގައި ބާރު ސްޕީޑުގައި އެވާހަކަ ފެތުރިގެންދެއެވެ.

ރައީސްގެ ވާހަކަތަކަށް ބަލައިލާއިރު އެއް ގަޑިއިރު 45 މިނެޓް ވަންދެން ރަށްރަށަށް ވަޑައިގެން ވާހަކަދައްކަވާއިރު އެވާހަކަތައް ބޮޑަށް އަމާޒު ކުރެވިގެން ގޮސްފައި ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދިނުމުގައެވެ. ޖީއެމްއާރް އެގްރީމެންޓް ވާހަކަ އާއި، ގުޅިފައިވާ އިސް ލީޑަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރުމާއި ގިނަ ބަޔަކު އެމަނިކުފާނަށް ލަނޑު ދިނުމުގެ ވާހަކައެވެ. ކޮރަޕްޝަނުގެ ވާހަކަ އާއި އެމްއެމްޕީއާރްސީގެ ވާހަކަތައް ދެއްކުމުގައި ނިޒާމު ކުށްވެރިކޮށް، އެމަނިކުފާނު ނޫން އެހެން ހުރިހާ މުއައްސަސާއެއްގެ ބޮލަށް އެކަންކަން ޖަހަމުންދިޔައެވެ.

ކޮންމެއަކަސް ރައްޔިތުން މި ވަނީ އެ މީހުންގެ ނިންމުން ނިންމާފައެވެ. ރައްޔިތުން ބޮޑެތި މަޝްރޫއުތަކަށް އެކަށީގެން ނުވާ ހަރަދުތައް ކުރާކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން އެޑްވާސްކޮށް ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަށް ބޭނުމެއް ނުވެއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ރައްޔިތުން ބޭނުންވާކަން މި އިންތިހާބުން އެނގިގެން ހިނގައްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!

02 އޮކްޓޯބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު