Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކައުންސިލަރުންގެ ނޫސް ބަޔާން

ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައި މުޢިއްޒަށް ތާއީދު ކުރާނަން– އެމްޑީޕީ ކައުންސިލަރުން

މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 15:57
މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު

ރައްޔިތުންނަށް ފައިދާއާއި ލާބަހުރި ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެހީތެރިކަމާއި ތާއީދު، އިދިކޮޅު ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން، މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން އިންތިޚާބުވި ކައުންސިލަރުން އަރުވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މާލޭ މޭޔަރަކަށް ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި، އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ ސިފައިން އެއްކިބާވެގެން ތިބޭނެ ކަމަށެވެ. އަދި މަގާމާ ހަވާލުވެ ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް އަމަލުކުރި ފަދައިން، ކުރިމަގުގައި ވެސް އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް، ކަނުލާ އަޑު އަހަމުން ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު ފާރަވެރިވަމުން ގެންދާނެ ކަމަށާއި، އަދި ކައުންސިލު ހިނގާނުހިނގާގޮތާއި ގުޅޭ ރައްތުންނަށް މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށް އެމްޑީޕީގެ ކައުންސިލަރުން ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގައި މާލޭ ރައްޔިތުން އެމްޑީޕީގެ ކައުންސިލަރުންނާއެކު ތިބޭނެކަމާމެދު ޝައްކެއް ނެތް ކަމަށް ބުނެފައިވެއެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ މައިނޯރިޓީކަމުގައި ތިބެމެ، ކައުންސިލްގެ ހިންގާ ގަވާއިދަށް ހުސްވި ހަފުތާގައި އެމްޑީޕީން ހުށަހެޅި ބަދަލުތައް ފާސްވެފައި ވަނީވެސް އާންމުންގެ އެހީތެރިކަމާއެކުގައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި، ކައުންސިލަރުން ބުނެފައިވަނީ، ސިޓީ ކައުންސިލްގައި އިންސާނީ ވަސީލަތް ނެތުމުގެ އިތުރުން ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާކަމަށެވެ.

އަދި  ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން ކައުންސިލުގައި ނެތްކަމަށާއި، ކޮންމެ ކައުންސިލަރަކަށް ވަކިން ގޮނޑިއާއި މޭޒާއި، ކޮންޕިއުޓަރެއް ވެސް ނެތް ކަމަށް ވެސް ބުނެފައިވެއެވެ. އެއާއެކު ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެކި ތަންތަނުގައިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ ގޮތަށް، ހުރިހާ ކައުންސިލަރުންނަށްވެސް އިށީނދެ، ބައްދަލުވެ، މަސައްކަތް ކުރެވޭނެ ޖާގަ ހުރި އިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހެން ޖެހޭކަމަށް ކައުންސިލަރުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ. 

އަދި އާރބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސަރވެޔަރުންނާއި، އައި.ޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ ސަޕޯޓް ސްޓާފުންވެސް ހަމަޖައްސަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

ނޫސް ބަޔާނުގައި ބުނެފައި ވަނީ އެކަންކަން ހަމަޖެއްސުމަށް މާލޭ މޭޔަރާއެކު މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ގައި އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބުކުރެވިފައިވަނީ 6 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު ޕީޕީއެމުން މާލޭ މޭޔަރުގެ ގޮނޑިއާއެކު 11 ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. ވުމާއެކު، 18 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގައި އެމްޑީޕީއަށް ލިބިފައިވަނީ މައިނޯރިޓީއެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު