Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޔޫބު އަލައިހިސަލާމް

"ހިތްޕުޅާއި ދޫފުޅު ފިޔަވައި އެހެން ހުރިހާ ގުނަވަނެއް ފާރުވެގެން ދިޔައިރުވެސް ކެތްތެރިވެވަޑައިގެންނެވި"

ތަނަވަސް ދިރިއުޅުމުގައި އެކަލޭގެފާނު 70 އަހަރު ހޭދަކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 14:01
އައްޔޫބު އަލައިހިއްސަލާމަކީ ކެތްތެރިންނަށް ވާ ނަމޫނާއެއް

އައްޔޫބު އަލައިހިއްސަލާމަކީ ކެތްތެރިންނަށް ވާ ނަމޫނާއެއް

ރާއްޖޭގެ މި ކުޑަ މުޖުތަމައަށް ބަލާލިޔަސް މިހާރު ފެނިގެން ދަނީ ދިރިއުޅުމުގައި ދިމާވާ ކޮންމެވެސް ކަމަކާ ހެދި މީހާ އެއްކޮށް މާޔޫސްވެ، މިކަމުގައި މީހާ ހަލާކުވެގެން ނިމިދާ ތަނެވެ.

މީހަކު ފަށާ ވިޔަފާރިއެއް ބަނގޫރުޓުވިޔަސް އާއިލާ މީހުންނާ މައްސަލަ ޖެހުނަސް އަދި ތިމާ ލޯބިވާ މީހަކު ދޫކޮށް ދިޔައަސް މުޅި މީހާ ދިރިއުޅުން މަތިން ފޫހިކޮށްލައެވެ. އެމީހާގެ ހިތާމަތައް އެހެން މީހުންނަށް އިހުސާސް ނުވާ ކަމަށް ވެސް ހީވާ ފަހަރު އާދެއެވެ. އަދި ކަލާނގެ ގެ ހަޟްރަތުން އުންމީދު ކަނޑާލެވޭ ފަހަރު ވެސް އާދެއެވެ.

މި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ ތަނެއް ކަމާއި މިތަނުގައި ދާއިމަށް އުފާ ނުލިބޭކަން ވެސް ހަނދާން ނެތޭ ފަހަރު އާދެއެވެ. ދެ ދުނިޔޭގައި ވެސް ފަލާހާ ކާމިޔާބު އޮތީ މި ފަނާވަނިވި ދުނިޔޭގައި ޖެހޭ މުސީބާތްތަކާއި ހިތާމަތަކަށް ކެތްތެރިވާ އަޅުންނަށްކަން ވެސް ބައެއް ފަހަރު ހަނދާން ނެތޭ ފަހަރު އާދެއެވެ.

ދިރިއުޅުމުގައި ދިމާވާ މިފަދަ ހިތާމަތަކުގެ ސަބަބުން ބައެއް މީހުން މި ދުނިޔެ ދޫކޮށްދާން ވިސްނާ ހިސާބަށް ވެސް ވިސްނުން ފޯރައެވެ. އެ ފަދަ ވިސްނުންތައް އަންނަ ވަގުތު ތިމާއަކީ އެއްވެސް މީހެއްގެ ލޯބި ހައްޤުނުވާ މީހެއް ކަމަށް ގަބޫލުކުރެވި، ދުނިޔޭގައި ދިރިހުރުމަކީ ވެސް ބޭކާރު ކަމެއް ކަމަށް ހީވާން ފަށައެވެ. އަދި މިފަދަ ވިސްނުންތަކަށް މީހާ ޣަރަގުވެ، އަމިއްލައަށް މަރުވާން ވެސް ނިންމައެވެ.

ރާއްޖޭގައި ވެސް އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދެއް ނޫނެވެ. އެހެންނަމަވެސް މިއީ ވަރަށް ގޯސް ވިސްނުމެކެވެ. މިފަދަ ވިސްނުންތަކުން ދުރުވެ، ކަލާނގެ ހަޟްރަތުން އުންމީދު ކަނޑާލުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.

އިސްލާމީ ތާރީޚަށް ބަލައިލިކަމުގައި ވީނަމަވެސް އެތައް ނަބިއްޔުންނާއި ރަސޫލުންގެ ކެތްތެރިކަމުގެ ވާހަކައިން އިބުރަތް ލިބިގަނެ އަޅުގަނޑުމެން އެންމެންވެސް ދިރިއުޅުމާއިގެން ކުރިއަށްދާން އެބަޖެހެއެވެ. އެގޮތުން ﷲ ތަޢާލާ ފޮނުއްވި ނަބީބޭކަލުންގެ ތެރެއިން އައްޔޫބު އަލައިހިއްސަލާމަކީ ކެތްތެރިންނަށް ވާ ނަމޫނާއެކެވެ. މާތްﷲ އައްޔޫބު އަލައިހިއްސަލާމް ސިފަކުރައްވާފައިވަނީ ކެތްތެރި އަދި އެކަލާނގެ އަޅުތަކުން ކުރެ އެކަލާނގެއަށް ތައުބާ ވެވަޑައިގަންނަވާ ބޭކަލެއްގެ ގޮތުގައެވެ. މާތްﷲ އައްޔޫބު އަލަހިއްސަލާމްއަށް ނިޢުމަތްތަކުގެ ތެރެއިން ގިނަ މުދާ ދެއްވާ، ދަރިން ދެއްވާ، ގިނަ ބިންތައް ދެއްވާ އަނބިއަނބިކަނބަލުން ވެސް ދެއްވިއެވެ.

މި ތަނަވަސް ދިރިއުޅުމުގައި އެކަލޭގެފާނު 70 އަހަރު ހޭދަކުރެއްވިއެވެ. އެހެންނަމަވެސް 70 އަހަރުން ފަހުން އެކަލޭގެފާނުގެ މުދާތައް ބީވެ ގޮސް، ދަނޑުތައް ހަލާކުވެގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ދަރިންތައް ވެސް ގެއްލުނެވެ. އެއަށްފަހު އެކަލޭގެފާނުގެ ހަށިކޮޅަށް ވަރުގަދަ އާލާސްކަން ފުޅެއް ޖެހުނެވެ.

އެ އާލާސް ކަންފުޅުގެ ސަބަބުން އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވާ އެހެން ހުރިހާ ގުނަވަނެއް ފާރުވެގެން ދިޔައެވެ. އެކަލޭގެފާނުގެ އެންމެ އަނބިކަނބަލެއް ފިޔަވާ ހުރިހާ މީސްތަކުން އެކަލޭގެފާނާ ދުރަށް ދިޔައެވެ. އެކަލޭފާނަށް ހުރިހާ ގޮތަކުން ވެސް މުސީބާތްތައް އެއްފަހަރާ ކުރިމަތިވިއެވެ. ބަލީގެ ބިރަށްޓަކައި އެކަލޭގެފާނުގެ ރަށުގެ މީހުން އެކަލޭގެފާނު ރަށުން ވެސް ބޭރުކޮށްލިއެވެ.

މިހުރިހާ މުސީބާތްތަކާއި ވޭންތައް ކުރިމަތިވަމުން ދިޔައިރުވެސް އެކަލޭގެފާނު އެ ކަންކަމަށް ކެތްތެރިވެވަޑައިގެންނެވިއެވެ. މާތްﷲ ގެ ރަހުމަތުން މާޔޫސް ވެވަޑައެއް ނުގަންނަވައެވެ. އެ ކުރިމަތިވި ހާލާ މެދު ޝަކުވާ ނުކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. "ފުރިހަމަ ސިއްހަތުގައި ތިމަން ކަލޭގެފާނު 70 އަހަރު ހޭދަކޮށްފީމެވެ. މާތްﷲއަށް ޓަކައި 70 އަހަރު މިކަމުގައި ކެތްތެރިވެވަޑައިގަތުމަކީ އެކަލާނގެއަށް ޓަކައި ކުރެވޭ ކުޑަކަމެކެވެ."

މި މުސީބާތްތައް ކުރިމަތިވިއިރު ވެސް އެކަލޭގެފާނުގެ ދެކެ ލޯބިވެވަޑައިގަންނަވާ އެންމެ އަނބިކަނބަލެއް އަރިހުގައި ހުންނެވިއެވެ. އެކި މަސައްކަތްތައް ކުރައްވައިގެން ލާރި ހޯއްދަވައިގެން އައްޔޫބު އަލައިހިއްސަލާމަށް ކާއެތިކޮޅު ގެނެސްދެއްވިއެވެ. އެހެންނަމަވެސް އެކަމަނާއަށް ވެސް މި އާލާސްކަންފުޅު ޖެހިދާނެ ކަމަށްޓަކައި މީސްތަކުން އެކަމަނާ ލައްވާ ވެސް މަސައްކަތް ކުރުވުން ހުއްޓާލިއެވެ. އެހެންކަމުން އައްޔޫބު އަލައިހިއްސަލާމަށް އެހީތެރިކަމުގެ މި މަގު ވެސް ބަންދުވެގެން ދިޔައެވެ.

އެކަލޭގެފާނު މި ވޭނުގައި 18 އަހަރު ހޭދަކުރެއްވިއެވެ. 18 އަހަރަށް ފަހު އެކަލޭގެފާނު މާތްﷲ އަށް ދުޢާ ކުރެއްވިއެވެ. ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އިބަ ރަސްކަލާނގެއީ ރަހުމަތްލައްވާ އެންމެ ރަހުމަތްވަންތަ ރަސްކަލާނގެއެވެ. އަދިވެސް ދުޢާ ކުރެއްވިއެވެ. އަޅުގެ ގައިގައި ޝައިތާނާ ބީހި އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާ ވޭން ލިބިއްޖެއެވެ.

އެތައް އަހަރުތަކަށްފަހު އައްޔޫބު އަލައިހިއްސާލަމަށް ޖެހިވަޑައިގެން މުސީބާތުގެ ނިމުމުގެ ވަގުތު އައިސް ޖެހުނެވެ. މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ކަލޭގެފާނުގެ ފައިންޕުޅުން ބިމުގައި ޖައްސަވާށެވެ. އެހިނދު އެތަނުން ފެންއާރެއް ނެރުއްވިއެވެ. އެ ފެންއާރުން އެކަލޭގެފާނު ނާނޭފިއްލަވާ ހިއްޕެވި ހިނދު ހަށިކޮޅުގައިވާ އާލާސްކަންފުޅު އެއްކޮށް ފިލައިގެން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ފުރިހަމަ ސިއްހަތު ލިބިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެއީ އައްޔޫބުގެފާނުކަން ވެސް އެނގިވަޑައިނުގަތެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ދަރިންނާއި މުދާ އަނބުރާ ދެއްވިއެވެ. އަދި އޭގެ އިތުރު ގުނައެއް ދެއްވިއެވެ.

އައްޔޫބުގެފާނުގެ ހަޔާތްޕުޅަށް ބަލާލުމުންވެސް ކެތްތެރިކަމުގެ އެތައް ލާމަސީލު މިސާލުތައް ފެނިގެންދެއެވެ. މި ދުނިޔެމަތީގައި މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމަ އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް ސާބިތުކަމާއެކު މާތްﷲ އަށް އަޅުކަން ކުރުމާއި ޒިކުރު ކުރުމުގައި ދެމި ހުންނެވިއެވެ.

އަޅުގަނޑުމެން ވެސް މި ފިލާވަޅުން ހިތްވަރު ލިބިގަނެ މިފަދައިން ކެތްތެރިވުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ދުނިޔެމަތީގައި ކިތަންމެ ކުޑަ މުސީބާތެއް ކުރިމަތިވިނަމަވެސް އެކަމަށް ކެތްތެރިވުމަށް އަޒުމް ކަނޑައަޅަންވާނެއެވެ. އެކަމުގެ ސަބަބުން މީހާގެ ފާފަތައް ފޮހެވިގެންދާނެއެވެ.

ކެތްތެރިންނަށް މާތްﷲ ވަކި ހިސާބެއް ނެތް މިންވަރަށް އަޖުރު ދެއްވާނެއެވެ. އެހެންކަމުން މުސީބާތްތަކުން ސަލާމަތްވާނެ ސަބަބުތަކުގައި ހިފައި އަޅުތަކުންނަށް އޮތީ މާތްﷲ ގެ ތަނަވެސް ރަހުމަތުން އުންމީދު ކަނޑާނުލާ އެކަލާނގެއަށް ވަކީލު ކުރުމެވެ. އެއްވެސް ނަފްސަކަށް ނުއުފުލޭވަރުގެ ހިތާމައެއް ނުވަތަ ބުރައެއް މާތްﷲ ނުޖައްސަވާނެއެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު