Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް ބަލީގައި ނިޔާވި ސަމީއާ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސައްމެ ވަކިވެގެން އެ ދިޔައީ އަލަތު ދަރިފުޅުވެސް ލޮލަށް ނުފެނި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 13:55
ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 25 އަހަރުގެ ސަމީއާ އަޙުމަދު

ކޮވިޑް-19 ބަލީގައި ނިޔާވި އުމުރުން 25 އަހަރުގެ ސަމީއާ އަޙުމަދު

އެއީ 2009 ވަނަ އަހަރުގެ މެދު ތެރެއެވެ. ތައުލީމު ހާސިލު ކުރުމަށް އަހަރެން ފ އަތޮޅު ނިލަންދޫއަށް ދިރިއުޅުން ބަދަލު ކުރީ އެރަށުން ސައިންސް ސްޓްރީމް ކިޔެވޭތީއެވެ. އޭރު ތައުލީމު ހާސިލު ކުރަމުން ދިޔައީ ގްރޭޑް 8 ގައެވެ. ދެ ސްޓްރީމްއަކަށް ކިޔަވާ ދަރިވަރުން ތިބިއިރު، އަހަރެންގެ ކޮއްކޮ ކިޔަވަމުން ދިޔައީ ކޮމާރސް ސްޓްރީމްގައެވެ. މުޅިން އާ މާހައުލެއްގައި އުޅެމުންދިޔައިރު ކޮއްކޮއާއި އޭނާއާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސަމީއާ އަޙުމަދު (ސައްމެ) ގެ ކިބައިންވެސް ބޮޑު އެހީތެރިކަމެއް ލިބެމުން ދިޔައެވެ. ކޮއްކޮއާއި އަހަރެންވެސް އޭރު ދިރިއުޅެމުން ދިޔަ ގެއާއި ޖެހިގެން ހުންނަ ގެއަކީ ސައްމެމެންގެ ގެއަށްވުމާއެކު، ގިނަ ވަގުތުތަކެއް އެކުގައިވެސް ހޭދަކުރެވެއެވެ.

ހޮނިހިރު ދުވަހު "ފެމިލީ ވައިބަރ ގްރޫޕް" ގައި ތައުޒިޔާގެ މެސެޖުތައް ބަންޑުންވާން ފެށިއިރުވެސް އަދި މި ވެގެން އުޅޭ ނޫޅޭ ގޮތެއް ނޭނގެއެވެ. ވީގޮތް މުޅިން ސާފުވިއިރު ލިބިގެން ދިޔައީ ޤަބޫލުކުރަންވެސް ދަތި ޚަބަރެކެވެ. ކޮވިޑް ބަލީގައި ފ ނިލަންދޫ މޯނިންގ ސަން ސައްމެ ނިޔާވި ޚަބަރެވެ. ވިހެއި ތުއްތު ދަރިފުޅުވެސް ލޮލަށް ނުފެނި އޭނާ މި ދުނިޔެއާ އަލްވަދާއުކީ ޚަބަރެވެ.

ސައްމެއަކީ ހުރިހާ މިޒާޖަކާވެސް ގުޅޭ، އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިގެންވާ ޒުވާނެކެވެ. މަޑުމައިތިރި ނަމަވެސް ސަމާސާ މިޒާޖެއްގެ ކުއްޖެކެވެ. އަހަރެން ސައްމެ ދަންނަން ފެށީއްސުރެ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މިހާރުވެސް އެރަށުގެ ފުޓުބޯޅައިގެ މޮޅު ހުނަރުވެރިއެއް ކަމަށްވާ އަހުމަދު ނަބީލްއާއެވެ. އެތައް އަހަރެއްވީ އެ ލޯބީގައި ކައިވެނީގެ ގުޅުމުން ގޮށްޖެހި، އެންމެ ފަހުން ސައްމެ ވަކިވެގެން އެ ދިޔައީ ދެމީހުންގެ އަލަތު ދަރިފުޅުވެސް ލޮލަށް ނުފެނިއެވެ. ލޯބިވާ ފިރިމީހާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބި އެހާމެ ހިތްދަތި ގޮތަކަށެވެ.

ސައްމެގެ އެންމެ ފާހަގަކޮށްލެވޭ ހަނދާނަކީ ރަށުގައި އެކުގައި ދަތުރު ގޮސް އުޅުނު ހަނދާނެވެ. އަވައްޓެރިން އެކުގައި ދަތުރުގޮސް މަޖާކުރުމަކީ އެރަށުގައި އުޅުނު އިރު ކުޑައިރުގެ ފޮނި ހަނދާނެކެވެ. އެންމެން އެކުގައި ކެއްކުމާއި، ދަތުރުތައް ރާވައި ހިންގުމުގައިވެސް އެންމެ ކުރީ ސަފުގައި އެންމެ ހިންގުންތެރިކަމާއެކު އުޅޭ އެކަކަށް ސައްމެ ވާނެއެވެ. ކްލާހުގައި ކަމެއް ރޭވިޔަސް ހަމަ އެފަދައެވެ. ސައްމެއަކީ ލީޑަރޝިޕް ނެގުމުގައިވެސް ހަރުދަނާ ނަމޫނާއެކެވެ.

އެރަށުން މައުލޫމާތުދިން މީހުން ބުނާ ގޮތުގައި ސައްމެ ކޮވިޑް-19އަށް ޕޮޒިޓިވްވީ ރަށުގައި ހުއްޓައެވެ. ވިހަން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު، ނޭވާލާން އުނދަގޫވެގެން އޮކްސިޖަން ނުހިފަހައްޓައިގެން ގެންދިޔައީ ހުޅުމާލޭ ފެސިލިޓީއަށެވެ. އަދި ތުއްތު ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ސިޒޭރިއަން ހަދަން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔައީއެވެ. އޭރުވެސް އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ. ލޯބިވާ ފިރިމީހާވެސް ހުރީ ސައްމެގެ ޑައިރެކްޓް ކޮންޓެކްޓަކަށްވާތީ އައިސޮލޭޝަންގައެވެ. ސިޒޭރިއަންއަށްފަހު ދަރިފުޅުވެސް ލޮލަށް ނުފެނި ހޮނިހިރު ދުވަހުގެ މެންދުރު ސައްމެ ނިޔާވީ މުޅި ފ.ނިލަންދޫ ރައްޔިތުން ރޮއްވާލާފައެވެ.

މިއަދު މުޅި ރަށްވެސް އޮތީ ފުން ހިތާމައެއްގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ގެއްލިގެން އެ ދިޔައީ ހުރިހާ އެންމެންނާވެސް ގުޅޭ، ހަރުދަނާ ދަރިއެކެވެ. އަޚުލާޤު ރަނގަޅު، ހިތްވަރުގަދަ އަންހެން ކުއްޖެކެވެ. އާއިލާގެވެސް ހުރި އެންމެ ހަގު އަންހެން ކުއްޖާއެވެ.

މާތް ﷲ ސައްމެގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ!

ކޮވިޑް-19-ކޮރޯނާވައިރަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު