Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާއަށް އިންސާފު ހޯދައިދިނުން

ބާކީ 3 ދުވަސް، އިހުމާލުގެ ޒިންމާ ދަރުމަވެރިންގެ ބޮލަށް ކަނޑާލަން އުޅޭ ކަމުގެ އަޑުތަކެއް!

މީގެ ކުރިން ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގަތުމަށް ކޯލް ލޮގްތަކަށް ވަނީ ބަދަލުގެނެސްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 19:09
އެޗްއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ

އެޗްއީއޯސީގެ މަސައްކަތްތައް ދަރުބާރުގޭގައި ކުރިއަށްދަނީ

ޖޫން މަހުގެ 2ވަނަ ދުވަހު ނިޔާވި 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވަނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ކޭސްގައި ފެނިގެން މިދިޔައީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށް މިނިސްޓަރ އިއުތިރާފުވެވަޑައިގަތެވެ.

އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް އަދި އިތުރު އެއް ހަފުތާ ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ފިޔަވަޅު އެޅި މީހުންގެ ޒާތީ މައުލޫމާތުތައް ހިމެނޭތީވެ، އެ ވާހަަކަދެއްކުން ރަނގަޅީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިކަމުގައި ޕަބްލިކްގެ ޕްރެޝަަރ އޮތްނަަމަވެސް ބޭނުންވެ ވަޑައިގަންނަވަނީ އިންސާފުވެރިކޮށް ގެންދަވަން ކަަމަށެވެ. އަދި މިޝްކާގެ ބައްޕައާ ވާހަކަ ދެކެވޭ ކަމަށާއި، ބައްޕަގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައް ކޮށްދެއްވުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންދެއްވިއެވެ.

މިފަދަގޮތަކަށް ޔަގީންކަން ދެއްވާފައިވަނިކޮށް، މިހާރު މިދަނީ މިކަމުގައި މާޔޫސްކަން ވެރިވާފަދަ ވާހަކަތަކެއް ފެންމަތިވަމުންނެވެ. އެގޮތުން ޖޫން 10ވަނަ ދުވަހު މިޝްކާގެ ބައްޕައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ގުޅާފައި ދިން މަޢުލޫމާތުން މިޝްކާއަށް އިންސާފު ލިބޭނެކަމާއި މެދު އާއިލާއިން ވަނީ ކަންބޮޑުވެފައެވެ. އެޗްޕީއޭއިން މިޝްކާގެ ބައްޕައަށް ގުޅައި، ރިވިއު ރިޕޯޓްގައި މިޝްކާގެ ބައްޕަ ޑީއެމްއާރްޓީގެ ޑޮކްޓަރަކާއި ދެއްކި ވާހަކައިގެ ތެރެއިން މިޝްކާގެ ހާލުބެލުމަށްފަހު އެމްބިއުލާންސް ފޮނުވަނީކަމަށް ބުނެފައިވާކަން މިހާރު ފެންނަން ނެތްކަމަށް ވަނީ ބުނެފައެވެ. މި މަޢުލޫމާތު "ގެއްލިފައި"ވާ ކަމަށް ބުނެފައިވާއިރު، އެޗްޕީއޭއިން މިޝްކާގެ ބައްޕަގެ ގާތު އެތައް ފަހަރެއްގެ މަތިން ޑޮކްޓަރު މިހެން ބުނެފައިވޭތޯ ސުވާލުކުރިކަމަށް ވަނީ ބުނެފައެެވެ.

މީގެ އިތުރުން މިކަމުގައި ޒިންމާވާންޖެހޭ، ސިއްހީ އިދާރާގެ ވެރިންގެ ބަދަލުގައި އެޗްއީއޯސީގައި ހަރަކާތްތެރިވާ ދަރުމަވެރިންގެ ބޮލުގައި އިހުމާލުގެ ޒިންމާ އެއްކޮށް އެޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ޚަބަރުތައް ލިބެއެވެ.

މިކަމުގެ ކަންބޮޑުވުން މިޝްކާގެ ބައްޕައާއި، މިޝްކާއަށް އިންސާފު ހޯދައިދިނުމަށް ފަށާފައިވާ "ޖަސްޓިސް ފޯ މިޝްކާ"ގެ ކެމްޕޭންގެ ބައިވެރިންވެސް ދަނީ ފާޅުކުރަމުންނެވެ.

މައްސަލައިގައި އިހުމާލުވި ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގަނެ ދަރުމަވެރިންގެ ބޮލަށް އިހުމާލުގެ ޒިންމާ އަޅުވަން މަސައްކަތްކުރުމަކީ މިނިސްޓަރ ނަސީމް ވައުދުވެވަޑައިގެންނެވި، "ތަފްސީލީ ތަހުގީގު" ހިންގަވާގޮތްތޯ ސުވާލުކޮށް ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައެވެ. އަދި އެމަނިކުފާނުގެ ވައުދުފުޅުފުއްދަވަން ބާކީ އޮތީ 3 ދުވަސްކަން ވަނީ ދަންނަވާފައެވެ.

އާއިލާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިގޮތަށް ކައުންޓްޑައުން ކުރިއަށްގެންދާނެކަމަށް ބުނެފައެވެ. އަދި އިންސާފު ލިބުން ލަސްވެ މާޔޫސްވާފަދަ މައުލޫމާތުތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި، ދެން ސަރުކާރަށް އެއް ހަފުތާއަށްވުރެ އިތުރަށް މިކަމުގައި ބަހަނާދައްކާ މައްސަލަ ދިގުދަންމަން ފުރުސަތު ނުދޭނެކަމަށެވެ.

އަދި މިނިސްޓަރު ދެއްވާފައިވާ މުހުލަތަށްވުރެ މަސައްކަތުގެ ދިއުޅިދިގުވެ އެއަށްވުރެ ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށްވެސް ހިއްސާކުރުން އިތުރަށް ލަސް ނުކުރާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ހެލްތު މިނިސްޓްރީކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު