Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

ވަގުތީ ނަތީޖާ މިރޭ އިއުލާންކޮށް ނިންމާލަނީ

13 މެއި 2017 | ހޮނިހިރު 19:55

މިހާތަނަށް 21 ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާނެއް ނުކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 މެއި 2017 | ހޮނިހިރު 19:55
އިނތިޚާބުގައި ވޯޓު ފޮށި ކަނޑަނީ

އިނތިޚާބުގައި ވޯޓު ފޮށި ކަނޑަނީ

މިމަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017ގެ ވަގުތީ ނަތީޖާ އިއުލާންކޮށް ހޮނިހިރު ދުވަހުގެރޭ ނިންމާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނުއެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެރޭ އިއުލާންކޮށް ނިންމާލެވޭނެކަމަށެވެ. އެގޮތުންމިހާތަނަށް އިއުލާންކުރެވިފައިނުވާ 21 ދާއިރާގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެރޭ އިއުލާންކުރާނެކަމަށް އަކުރަމް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްވާކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވާ އަކްރަމް ވިދާޅުވީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރެވިފައިވަނީވެސް 9 ދުވަސްފަހުންކަމަށެވެ. އެހެންކަމުން އިންތިޚާބު ބޭއްވިތާ ހަފްތާއެއްގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމާލުމަކީ ލިބުނު ކުރިއެރުމެއްކަމަށް އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމި ނަމަވެސް އިންތިޚާބާއި ގުޅިގެން ހުށައަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު އަލުން އެއްވެސް ދާއިރާއެއްގެ ނަތީޖާ އިތުރަށް ޗެކްކުރަން ޖެހިއްޖެނަމަ އެކަމެއް ކުރާނެކަމަށެވެ. މިއިންތިހާބުގައި 1497 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓްލުމުގެ ހައްގު 255،987 މީހުންނަށް ލިބިފައިވީ ނަމަވެސް އިންތިހާބުގައި ވޯޓްލާން ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެކެވެ. އަދި މިއިންތިހާބުގައި ވޯޓްލުމަށް 422 ވޯޓް ފޮށި ބެހެއްޓިއިރު މިއިންތިހާބަށް ހާއްސަކޮށްގެން 431،939 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕްކޮށްފަ އެވެ. މިފަހަރުގެ އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.

މިހާތަނަށް އައިއިރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރުގެ މައްޗަށް ކުރި ހޯދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް