Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

މުސީބާތްތައް ޖައްސަވަނީ ޣާފިލުކަމުގެ ނިދިން ހޭލައްވަން: ޚުތުބާ

ބައެއް މީހުން ހާސްވެ ކަންބޮޑުވެ މާޔޫސްވެ މާތް ﷲގެ ރަޙުމަތުން އުއްމީދު ކަނޑާލާ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2021 | ހުކުރު 08:01
އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރަނީ

އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރަނީ

މުސީބާތައް ޖައްސަވަނީ ޢާފިލުކަމުގެ ނިދިން ހޭލައްވާލުމެއްގެ ގޮތުގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ބަލިމަޑުކަމުގެ ހާލަތުގައި މުސްލިމުން އަމަލުކުރަންވީ ގޮތް'' މިމައުޟޫގެ މައްޗަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ބޮޑު މުސީބާތެއް ނުވަތަ ބަލިމަޑުކަމެއް ޖެހުމުން، މުސްލިމް އަޅާ އަމަލުކުރަންވީ ގޮތާއި، ޝަރުއީ ހަމަތައް ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށާއި، ބައެއް މީހުން ހާސްވެ ކަންބޮޑުވެ މާޔޫސްވެ މާތް ﷲގެ ރަޙުމަތުން އުއްމީދު ކަނޑާލާ ކަމަށެވެ. ބައެއް މީހުންގެ އީމާންކަން ބަލިކަށިވެ، ﷲ އާ މެދު ކުށް ހީތައް ކުރާއިރު، ﷲ ތައާލާ ހުރިހާ ކަމެއް ވަނީ މިންވަރު ކުރައްވާފައިކަން، ކޮންމެ މުސްލިމަކު ހިތުގެ އަޑިން ޤަބޫލުކޮށް، ކަށަވަރުކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ އީމާންކަމުގެ ރުކުނެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައި ވަނީ، އިލާހީ މަތިވެރި ހިކުމަތަކަށް ޓަކައިކަމަށެވެ. އެކަން ވަނީ އެކަލާނގެ އަދުލުވެރި އިމްތިހާނުގެ ތެރެއިން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސީބާތްތަކުން މުސްލިމް އަޅާގެ އިބްރަތް ހާސިލުކުރަންޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިފަދަ ކަންކަން ބަލައިގަންނަން ވާނީ އޭނާ ގާފިލުކަމުގެ ނިދިން ހޭލައްވާލުމެއްގެ ގޮތުގައި ކަމަށެވެ. ޚުތުބާގައި ބުނީ ހެޔޮ އަމަލުތައް ގިނަކޮށް ނުބައި ކަންކަމުން ދުރުހެލިވެ، މާތް ﷲ އާ ކުއްތަންވުމަށް މަގުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ. އަދި މަރުމަތިން ހަނދާންކޮށް ގިޔާމަތް ދުވަހަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުސީބާތެއް މެދުވެރިވުމުން އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ސިއްހީ ފިޔަވަޅުތަކާއި ދީނީ އިރުޝާދުތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ކެތްތެރިކަމާއެކު އަމަލުތައް ބެހެއްޓުމުން މުސްލިމުންނަށް ހުރި މަތިވެރި ސަވާބާއި ދަރުމައިގެ އުފާވެރިކަން ވެސް ހިތް މައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ދުނިޔޭގެ ހާލަތު އެއްގޮތެއްގައި ތާއަބަދު ދެމި ނޯންނާނެ ކަމަށާއި، ދަތިކަމަކަށް ފަހު ފަސޭހަކަމެއް އަންނާނެ ކަމަށެވެ. ތަދުމަޑުކަމަކަށް ފަހު ، ތިޔާގި ކަމެއް އަންނާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއީ ދުނިޔޭގައި ކަން ހިނގާ ގޮތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހިތާމަތަކާއި ހިތްދަތިކަމާއި، ހިތް ނޭދޭ ކަންކަން ތަޙައްމަލް ކުރަން ނުޖެހޭ ބަޔަކު ނޫޅޭކަން ވެސް ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ﷲ މިންވަރު ކުރެއްވި ކަމެއް މެނުވީ، ކުރިމަތި ނުވާނެކަން، ހިތުގެ އަޑިން ޤަބޫލުކޮށް، ﷲއާ ވަކީލުކޮށް، ޘަވާބާއި ދަރުމައަށް އެދޭ ހާލު ކެތްތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު