Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފުށީ ދާއިރާގެ މެންބަރު ބިގޭ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

'ބިގޭ' އަކީ ' ބިގް ހެޑް' ގެ ބަދަލުގައި ކިޔަން ފެށުނު ނަމެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 05:49
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް 'ބިގޭ' ކިޔުނު ސަބަބު ހާމަ ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި މެންބަރު ވިދާޅުވީ، އެ ނަން ކިޔަން ފުރަތަމަ ފެށުނީ މަޖީދިއްޔާ ސްކޫލް ގްރޭޑް ދޭއްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރު ކަމަށެވެ. އެދުވަސްވަރު ކްލާހުގައި ކުރެއްވުނު ކަމެއްގެ ސަބަބުން މުދައްރިސަކު ' ޔޫ ހޭވް އަ ބިގް ހެޑް ޓު ޑޫ ނޯޓީ ތިންގްސް ' މި ފަދައިން ވިދާޅުވި ކަމަށެވެ.

Advertisement - newsAdvertisement

މުދައްރިސް އެހެން ވިދާޅުވުމާއެކު، ބިގޭއަށް 'ބިގްހެޑް' ގެ ނަމުން ގޮވާ ކުދިންނަށް އަދަބު ދޭން ފެށި ކަމަށް ބިގޭ ވިދާޅުވިއެވެ. އެހެންކަމުން 'ބިގް ހެޑް' ގެ ނަން އެހެން ނަމަކަށް ބަދަލު ކުރަން ކުދިންނަށް މަޖުބޫރުވީ ކަމަށް ބިގޭ ވިދާޅުވިއެވެ. ބިގޭ ވިދާޅުވީ 'ބިގޭ' އަކީ ' ބިގް ހެޑް' ގެ ބަދަލުގައި ކިޔަން ފެށުނު ނަމެއް ކަމަށާއި، އޭގެ ފަހުން އެނަން ހަރުލީ ކަމަށެވެ.

ބިގޭއަށް 'ބިގޭ' ކިޔުނު ގޮތުގެ އިތުރުން ވެސް ހަޔާތުގެ ތަފާތު އެކި ވާހަކަތައް 'ފަށާއިރު' ޕްރޮގްރާމްގައި ބިގޭ ހިއްސާކުރެއްވިއެވެ. އެގޮތުން ވެރިކަން ކުރާ އެމްޑީޕީން ކުރި އިންސާފުގެ ދަތުރުގައި ކުރައްވަން ޖެހިވަޑައިގެން ހިތި ތަޖުރިބާތަކުގެ މައްޗަށް ބިގޭ އަލި އަޅުއްވާލެއްވިއެވެ. ބިގޭއަށް ދޫނިދޫ ޓިނު ގޮޅީގައި ހަމަސް ދުވަސް އަނިޔާގެ ތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އަދި ދޫނިދޫ ތިން ނަންބަރު ކުޑަގޮޅިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހިވަޑައިގެންކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ސައިބޯން ލިބޭ ރޮށިކޮޅު ކާންދީގެން ކުކުޅު ފިޔޮއް ބޮޑުކޮށް އެޔަށް ދަރިން ލިބި އެ ދަރިންނަށް ދަރިން ލިބުނު އިރުވެސް އޮންނެވީ ތިން ނަންބަރު ކުޑަ ގޮޅީގައި ކަމަށެވެ. އެގޮތުގައި ދެ ރޯދަ މަސް ހޭދަވެގެން ދިޔައިރުވެސް އޮންނަވަން ޖެހިވަޑައިގެން ކަމަށް ބިގޭ ވިދާޅުވިއެވެ.

ދޫނިދޫއާއި ގާމާދޫ ޖަލު ހިމެނޭހެން ހުރިހާ ޖަލެއްގައި ފަސް އަހަރު ދުވަހު ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް ފަހު، ހުކުމްގެ ބާކީބައި ފުރިހަމަ ކުރައްވަން ބިގޭ ދެން ހުންނެވީ ހއ. ހޯރަފުށީގައެވެ. އެރަށުގައި އެއްއަހަރު ހޭދަކުރެއްވުމަށް ފަހު ދެން ހުންނެވީ ރ. އަލިފުށީގައެވެ.

އިންސާފުގެ ދަތުރުގައި 1990 ވަނަ އަހަރު ޖަލު ހަޔާތް ފެއްޓެވި ގޮތަށް އެކަމުން މިނިވަންވެ އަލުން ސިޔާސީ ހަޔާތަށް ބިގޭ ނިކުންނެވީ 1999 ވަނައަހަރުގައެވެ. ބިގޭ ވިދާޅުވީ، ލިބިވަޑައިގެންނެވި އަނިޔާއާ އެކުވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށެވެ. އަދި ދެން ވެސް ދެމިހުންނަވާނީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

މަޖިލިސްފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު