Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާއަށް އިންސާފު ހޯދައިދިނުން

ބާކީ 4 ދުވަސް، ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގެންނަނީބާ؟

މިޝްކާގެ ބައްޕައަށް ގުޅައި ޑޮކްޓަރު އެމްބިއުލަންސް ފޮނުވިކަމަށް ބުނާ މަޢުލޫމާތު އެޗްޕީއޭއަށް ނުފެނުނު ކަމަށް ބުނި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 17:00
އެޗްީއޯސީގެ ހެލްތް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

އެޗްީއޯސީގެ ހެލްތް ކޯޑިނޭޝަން ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔާވި 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވަނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ކޭސްގައި ފެނިގެން މިދިޔައީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށް މިނިސްޓަރ އިއުތިރާފުވިއެވެ. އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް އަދި އިތުރު ހަފުތާއެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި ފިޔަވަޅު އެޅި މީހުންގެ ޒާތީ މައުލޫމާތުތައް ހިމެނޭތީވެ، އެ ވާހަަކަދެއްކުން ރަނގަޅީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިކަމުގައި ޕަބްލިކްގެ ޕްރެޝަަރ އޮތްނަަމަވެސް ބޭނުންވެ ވަޑައިގަންނަވަނީ އިންސާފުވެރިކޮށް ގެންދަވަން ކަަމަށެވެ. އަދި މިޝްކާގެ ބައްޕައާ ވާހަކަ ދެކެވޭ ކަމަށާއި، ބައްޕަގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައް ކޮށްދެއްވުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި މިކަމުގައި މިޝްކާގެ ބައްޕަގެ ކެތްތެރިކަންވެސް ފާހަގަ ކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަމުން މިޝްކާގެ އާއިލާއިން ބުނެފައިވަނީ މިނިސްޓަރ ވިދާޅުވި ތާރީޚަށް ތަފްސީލު ހާމަކުރޭތޯ އިންތިޒާރު ކުރާނެކަމަށެވެ. އަދި މިކަމަކީ ދިގުލައިގެން ގޮސް "މާދަމާ، މާދަމާ" ކިޔާ ކަހަލަ ކަމަކަށް ވިޔަ ނުދިނުމަށް އާއިލާއަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

މިނިސްޓަރ ނަސީމު އަމިއްލައަށް ކުރައްވާ ތަހުގީގަށް އިތުރު ހަފުތާއަކަށް އެދިފައިވާއިރު، މިކަން އިބިލީހުގެ ކައިވެންޏަށް ވީހެން ވިޔަ ނުދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މިކަމުގައި މިޝްކާގެ އާއިލާގެ ޚިޔާލުވެސް ހުރީ މި ދެންނެވިގޮތަށެވެ. މިފަދަ ގޮތަކަށް ތިއްބާ ޖޫން 10 ވަނަ ދުވަހު މިޝްކާގެ ބައްޕައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ގުޅާފައި ދިން މަޢުލޫމާތުން މިޝްކާއަށް އިންސާފު ލިބޭނެކަމާއި މެދު އާއިލާއިން ވަނީ ކަންބޮޑުވެފައެވެ. އެޗްޕީއޭއިން މިޝްކާގެ ބައްޕައަށް ގުޅާ ރިވިއު ރިޕޯޓްގައި މިޝްކާގެ ބައްޕަ ޑީއެމްއާރްޓީގެ ޑޮކްޓަރަކާއި ދެއްކި ވާހަކައިގެ ތެރެއިން މިޝްކާގެ ޙާލުބެލުމަށްފަހު އެމްބިއުލަންސް ފޮނުވަނީކަމަށް ބުނެފައިވާކަން މިހާރު ފެންނަން ނެތްކަމަށް ވަނީ ބުނެފައެވެ. މި މަޢުލޫމާތު "ގެއްލިފައި"ވާކަމަށް ބުނެފައިވާއިރު، އެޗްޕީއޭއިން މިޝްކާގެ ބައްޕަގެ ގާތު އެތައް ފަހަރެއްގެ މަތިން ޑޮކްޓަރު މިހެން ބުނެފައިވޭތޯ ސުވާލުކުރިކަމަށް ވަނީ ބުނެފައެެވެ.

އެޗްޕީއޭއިން ދިން މަޢުލޫމާތާއި އަމަލުކުރިގޮތުން މި މައްސަލައިގައި ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގަތުމަށް އެއްކަލަ ޑޭޓާއަޅާ ސިސްޓަމްތަކާއި "ކުޅެގެންފައިވާކަމަށް" މިޝްކާގެ އާއިލާއިން ދަނީ ބުނަމުންނެވެ. މިކަން ރިވިއު ރިޕޯޓްގައި ކޯޓްކޮށްފައިވާގޮތް މިހާހިސާބުން މި ލިޔުމުގައި އަޅުގަނޑު ހިމަނާލާނަމެވެ.

މިޝްކާއަށް އިންސާފު ހޯދައިދިނުމަށް ޖަސްޓިސް ފޯ މިޝްކާގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، ތަހުގީގު ލަސްވިޔަ ނުދިނުމަށް މިހާރު ވަނީ 7 ދުވަހުގެ ކައުންޓް ޑައުންއެއް ފަށާފައެވެ. މި ކައުންޓް ޑައުންގައި ވޭތިވެ ދިޔަ ތިން ދުވަހުވެސް އިންސާފު ލަސްވިޔަނުދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި އާއިލާއިން ތިބީ މިނިސްޓަރގެ ވައުދުފުޅު ފުއްދަވާނެކަމުގެ އިންތިޒާރުގައިކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިޝްކާގެ ބައްޕައަށް އައި ކޯލާއެކު މި ކެމްޕޭންގައި ބައިވެރިވާ ފަރާތްތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މައްސަލައިގައި އިހުމާލުވި ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގަތުމަށް މަސައްކަތްކުރުމަކީ މިނިސްޓަރ ނަސީމް ވަޢުދުވެވަޑައިގެންނެވި ތަފްސީލީ ތަޙުޤީޤު ހިންގަވާގޮތްތޯ ސުވާލުކޮށް ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުއްވަން ބާކީ އޮތީ 4 ދުވަސްކަން ވަނީ ހަނދާކޮށްދީފައެެވެ.

އާއިލާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިގޮތަށް ކައުންޓްޑައުން ކުރިއަށްގެންދާނެކަމަށް ބުނެފައެވެ. އާއިލާއިން ބުނެފައިވަނީ އިންސާފު ލިބުން ލަސްވެ މާޔޫސްވާފަދަ މަޢުލޫމާތުތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި، ދެން ސަރުކާރަށް އެއް ހަފުތާއަށްވުރެ އިތުރަށް މިކަމުގައި ބަހަނާދައްކާ މައްސަލަ ދިގުދަންމަން ފުރުސަތު ނުދޭނެކަމަށެވެ. އަދި ވަޢުދުވެފައިވާ މުހުލަތަށްވުރެ މަސައްކަތުގެ ދިއުޅިދިގުވެ އެއަށްވުރެ ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށްވެސް ހިއްސާކުރުން އިތުރަށް ލަސް ނުކުރާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު