Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓްތަކުގެ ގޭސް ވިއުގަ

ހިޔާ ފްލެޓުތަކުގެ ގޭސް ހޮޅީގެ ނެޓްވޯރކް ޑިޒައިން ކުރަން ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ކޮންސަލްޓެންސީ މަސައްކަތްކުރަން ހުޅުވާލާފައިވަނީ މިމަހުގެ 19ގެ ނިޔަލަށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 11:39
ހިޔާ ހައުސިންގް ޔުނިޓްތައް

ހިޔާ ހައުސިންގް ޔުނިޓްތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމަށް އަޅާ ގޭސް ހޮޅީގެ ނެޓްވޯކް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމަށް އަޅާ ގޭސް ހޮޅީގެ ނެޓްވޯކް ޑިޒައިން އަދި ކޮންސަލްޓެންސީ ބީލަން ހުޅުވާލަފައެވެ. ހިޔާ ހައުސިންގ ޔުނިޓްތަކަށް ކައްކާ ގޭސް ގުޅާނީ، ގޭސް ވިއުގައަކުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement - newsAdvertisement

އެޗްޑީސީއާ ގުޅިގެން މިމަސައްކަތްކުރާ މޯލްޑިވްގޭސްއިން ބުނީ 25 ބުރީގެ ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަމަށެވެ.

ބައިނަލްއަޤްވާމީ ގަވައިދުތަަކާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓްވޯކު އެޅުމަށް ބޭނުންވާ ފުރަތަމަ ސްޓޭޖުގެ މަސައްކަތް، ޑިޒައިން އެންޑް ކޮންސަލްޓެންސީ މަސައްކަތްކުރާ ފާމް ތަކަށް ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ބުނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ލިޔެކިޔުން ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވް ގޭސް އިން ބުނީ ހިޔާ ފްލެޓުތަކުގެ ޓައިޕް "އޭ" އަދި ޓައިޕް "ބީ" ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް، ކޮންމެ ޓައިޕަކަށް ވަކިވަކިން ޑީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިގޮތުން ޓައިޕް "އޭ"ގެ 10 ޓަވަރުގައި 3840 އެޕާޓްމެންޓު ހުރެއެވެ. އަދި ޓައިބް "ބީ"ގެ 6 ޓަވަރުގައި 2880 އެޕާޓްމެންޓު ހުރެއެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ވިއުގައެއް މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ، މިގޮތަށް ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ. ގޭސް ފޯރުކޮށްދިނުމަށް ވިއުގައެއް އެޅުމަށް ނިންމާފައިވަނީ އުސް އިމާރާތްތަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ.

ހިޔާ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ކުރިއަށްގެންދަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ. ފައިނަލް ލިސްޓް އާއްމުކޮށް، ފްލެޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކުގައި ހުންނަންޖެހޭ އާއްމު ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ފަށާފައެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ވިޔަފާރިތަކާއި އާއްމު ޚިދުމަތްތަކަށެވެ. މިއީ ހިޔާ މަޝްރޫއިން އުނިކުރި 280 ޔުނިޓް ސަރަޙައްދުގައި ހަދާ ތަންތަނެވެ. މީގެތެރޭގައި ކުދި ފިހާރަތަކާއި، ސުޕަރ މާކެޓާއި، ބޯކޮށާ ތަންތަނާއި، ބުކްޝޮޕާއި، ބޭސްފިހާރައާއި، ކްލިނިކާއި، ކެފޭ ރެސްޓޯރަންޓްފަދަ ޚިދުމަތްތަކަށް ވަނީ ޖާގަ ކަނޑައަޅާފައެވެ.

ހިޔާއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

މި 6720 ހައުސިންގ ޔުނިޓަށް 25000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.

މި އާބާދީއަށް ދަތިކަމެއްނެތި އާއްމު ޚިދުމަތްތައް ލިބޭވަރަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ދަނީ ކުރަމުންނެވެ.

މިގޮތުން، ސްޓެލްކޯއިން މިހާރު ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ ވަނަ ފިޔަވައްސަށް ކަރަންޓް ވިއުގައި ގުޅާލުމުގެ މަސައްކަތްވެސް ނިންމާލާފައެވެ.

ދެ ވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯރކް އެޅުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބޭރު ގައުމެއްގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ސްޓެލްކޯއިންވެސް މިކަމަށް ބިޑްކޮށްފައި ވަނިކޮށެވެ.

ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް 50 މެގަވޯޓްގެ އިންޖީނުގެއެއް އެޅުމަށް ރާވާފައެވެ.

ހިޔާ ހައުސިންގް ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު