Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއޯސީގެ އިންތިޚާބު

އެމްއޯސީގެ އައު ރައީސަކަށް ޗަމްޕީ

10 ޖޫން 2021 | ބުރާސްފަތި 11:34

ނައިބު ރައީސުންގެ މަގާމަށް ހޮވުނީ ތޮލާލާއި އަޙްމަދު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޖޫން 2021 | ބުރާސްފަތި 11:34
އެމްއޯސީގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)

އެމްއޯސީގެ އައު ރައީސަކަށް އިންތިޚާބުވި މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އައު ރައީސްގެ މަގާމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އިންތިޚާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވި އެމްއޯސީގެ އިންތިޚާބުގައި ޗަމްޕީއާއެކު ރައީސްގެ މަގާމަށް ވާދަކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް މޫސާ ނާޝިދު (މޫސަ) އެވެ. މީގެ ކުރިން ރައީސްގެ މަގާމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު (އައްޔަ) ކުރިމަތިލެއްވި ނަމަވެސް، ބުދަ ދުވަހުގެރޭ އޭނާ ވަނީ އިންތިޚާބުން ނަން ނަންގަވާފައެވެ.

މި ފަހަރުގެ އިންތިޚާބު ޗަމްޕީ ކާމިޔާބުކުރެއްވީ 18 ވޯޓުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ.

މި އިންތިޚާބުގައި ނައިބު ރައީސުންގެ މަގާމަށް ހޮވާފައިވަނީ ޗަމްޕީގެ ޓީމުގައި ހިމެނުނު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލާއި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާޢީލެވެ. ދެން ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލެވެ. އެ މަގާމަށް ފައިސަލް ކުރިމަތިލެއްވީ ނޮން-އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައެވެ.

އެމްއޯސީގެ ރައީސްގެ މަގާމަށް ކުރިއަށް ދައުރަށް ޗަމްޕީ އިންތިޚާބުވިއިރު، ޗަމްޕީ އަކީ މިދިޔަ ދައުރުގައިވެސް އެމްއޯސީގެ މެންބަރެކެވެ. އަދި ސްވިމިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ޗަމްޕީ ފުރުއްވަމުން އަންނައިރު، މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިޚާބުގައި ޗަމްޕީ ވަނީ އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

ބުރާސްފަތި ދުވަހު އެމްއޯސީގެ އިންތިޚާބު ބޭއްވިއިރު، އެ ކޮމިޓީން މި ފަހަރު މެންބަރުން އިންތިޚާބުކޮށްފައިވަނީ މި އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މި ފަހަރުގެ އިންތިޚާބު ޗަމްޕީ ކާމިޔާބުކުރެއްވިއިރު، މިދިޔަ ދެ ދައުރުގައި އެ ކޮމިޓީގެ ރައީސްގެ މަގާމު ފުރުއްވި މުޙައްމަދު ޝަވީދު މި ފަހަރު ކުރިމަތިލައްވާފައެއް ނުވެއެވެ.

މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2024

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
21 ޖުލައި 2024

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله

21 ޖުލައި 2024
  އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފަހައްޓާނީ ދީމާއާއި އިބާދުالله
02 އޮކްޓޯބަރު 2022

ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި

02 އޮކްޓޯބަރު 2022
ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް ފުރައިފި
13 އޯގަސްޓު 2022

މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް

13 އޯގަސްޓު 2022
މިއީ ކުޅިވަރުގެ ސިޔާސަތު ބަދަލުކުރުމުގެ ނަތީޖާ: މިނިސްޓަރު މަޙްލޫފް
29 ޖުލައި 2022

ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް

29 ޖުލައި 2022
ކޮމަންވެލްތު ގޭމްސް ފަށައިފި، ދިވެހި ޓީމުތައް އޮތީ ފުރިހަމައަށް ތައްޔާރަށް
26 ޖުލައި 2022

ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް، އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން: ޖުމާނާ އަދި ޒަޔާން

26 ޖުލައި 2022
ދިދަ އުފުލުމުގެ ފުރުސަތު ލިބުމަކީ ޝަރަފެއް، އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން: ޖުމާނާ އަދި ޒަޔާން
26 ޖުލައި 2022

ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޖުމާނާ އާއި ޒަޔާނަށް

26 ޖުލައި 2022
ކޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ޖުމާނާ އާއި ޒަޔާނަށް
15 ޖޫން 2022

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކަށް ޝިފާނާ ހަމަޖައްސައިފި

15 ޖޫން 2022
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކަށް ޝިފާނާ ހަމަޖައްސައިފި
27 މާރިޗު 2022

އެމްއޯސީގެ މިއަހަރުގެ އާމްދަނީގެ ގޮތުގައި 50 މިލިއަން ބަޖެޓްކޮށްފި

27 މާރިޗު 2022
އެމްއޯސީގެ މިއަހަރުގެ އާމްދަނީގެ ގޮތުގައި 50 މިލިއަން ބަޖެޓްކޮށްފި
03 މާރިޗު 2022

ދިވެހީން ދަތުރުކުރާން އޮތް ކުޅިވަރުގެ މަގު ވަރަށްވެސް ދިގު

03 މާރިޗު 2022
ދިވެހީން ދަތުރުކުރާން އޮތް ކުޅިވަރުގެ މަގު ވަރަށްވެސް ދިގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް