Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިނުގެ ކުޅުންތެރިން ވެކްސިން ޖެހުން

ކޮވިޑުން ރައްކާތެރިވުމަށް ސްޕެއިނުގެ ކުޅުންތެރިން ވެކްސިން ޖަހަނީ

9 ޖޫން 2021 | ބުދަ 18:25

ސްޕެއިނުގެ ފަރިތަކުރުންތައް ވަނީ މެދުކަނޑާލަން ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖޫން 2021 | ބުދަ 18:25
މީގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

މީގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ހަތަރު ދުވަހުގެ ތެރޭގައި ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ސްޕެއިނުގެ ގައުމީ ޓީމުުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖެހުމަށް ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހުގެރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅެން އޮތް މެޗަށް ބާކީ ފަސް ދުވަސް އޮއްވައި އެ ޓީމުގެ ދެ ކުޅުންތެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެންމެ ފުރަތަމަ މިދިޔަ އާދީއްތަ ދުވަހު ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޕޮޒިޓިވްވެ އޭނާ ވަނީ އައިސޮލޭޓްވެފައެވެ. އެއާއެކު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުސްކެޓްސް ފިޔަވައި އެ ގައުމުގެ އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ނެގެޓިވް ކަމަށް ބުނެފައެވެ. އެކަމަކު އޭގެ ފަހުން އަންގާރަ ދުވަހު ސްޕެއިންގެ ޑިފެންޑަރު ޑިއޭގޯ ޔޮރެންޓޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހަތަރު ދުވަހުގެ ތެރޭގައި ދެ ކުޅުންތެރިއަކު ޕޮޒިޓިވްވުމާއެކު ސްޕެއިނުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ފަރިތަކުރުންތައް މެދުކަނޑާލަން ނިންމާފައެވެ. އަދި އެއަށްފަހު ސްޕެއިނުގެ ގައުމީ ޓީމުުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖެހުމަށް ނިންމިއިރު، ރިޕޯޓުތައް ބުނާ ގޮތުން ސްޕެއިންގެ ސިއްހަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޔޫރޯގައި ވާދަކުރާ ސްޕެއިން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ބޭނުންވާ ވެކްސިން ހަމަޖައްސާފައެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔޫރޯ ގާތްވެފައި ވަނިކޮށް ސްޕެއިން ޓީމު ކަރަންޓީނުވާން ޖެހިފައިވާއިރު، ޓީމުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްކޮޑަށް މިހާރު ވަނީ އިތުރު ހަ ކުޅުންތެރިން ނަގާފައެވެ. އެ ކުޅުންތެރިންނަކީ ލީޑްސް ޔުނައިޓެޑުގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ، ވެސްޓް ހޭމްގެ ޕަބްލޯ ފޯނާލްސް، ވެލެންސިއާގެ ކާލޯސް ސޯލާ، ސެލްޓަގެ ބްރައިސް މެންޑޭޒް އަދި ވިޔަރެއާލުގެ ކެޕްޓަން ރައުލް އަލްބިއޯލެވެ. އަދި ގޯލްކީޕަރަކަށް އިތުރުކުރީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާއެވެ.

މި ފަހަރުގެ ޔޫރޯގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްވިޑެންއާ، ޕޮލެންޑުގެ އިތުރުން ސްލޮވޭކިއާއެވެ. ޔޫރޯގައި ސްޕެއިނުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.

ސްޕެއިންޔުއެފާ ޔޫރޯޔޫރޯ 2020

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް