Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ އާއި ތޮއްޕޭ ޓީމާ ގުޅުން

ކޮވިޑުން ރަނގަޅުވެ ދަގަނޑޭ އާއި ތޮއްޕޭ އެނބުރި ޓީމަށް

ޗައިނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ދަގަނޑޭ އާއި ތޮއްޕޭއަށް ވަނީ ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖޫން 2021 | ބުދަ 11:58
ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ދުބާއީގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ)

ކޮވިޑް-19 އިން ރަނގަޅުވެ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ގައުމީ ފުޓްބޯޅަ ޓީމާ ގުޅިއްޖެއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ދުބާއީގައި ކުޅޭއިރު، ދަގަނޑޭ އާއި ތޮއްޕޭ ވައިރަހަށް ޕޮޒިޓިވްވީ ގައުމީ ޓީމުން ދުބާއީގައި ހަދަމުން އައި ތަމްރީނުތަކުގެ ތެރެއިން މިދިޔަ މެއި މަހު ހެދި ޓެސްޓުތަކުންނެވެ.

އެއާއެކު އެ ދެ ކުޅުންތެރިން ވަނީ 10 ދުވަހަށް ކަރަންޓީނުވެފައެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ހެދި ޓެސްޓުން ދަގަނޑޭ ވަނީ ވައިރަހަށް ނެގެޓިވްވެފައެވެ. އެކަމަކު ދަގަނޑޭއަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ކަމަށް ނިންމުމާއެކު، ދަގަނޑޭ އާއި ތޮއްޕޭ ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމާ ގުޅިފައެވެ. އެ ދެ ކުޅުންތެރިންނަށް ޓީމާ ގުޅެން ފުރުސަތު ދިނީ ޕީސީއާރް ޓެސްޓުތަކެއް ހެދުމަށްފަހު ނެގެޓިވްވެ، އަދި އޭގެ އިތުރުން އޭއެފްސީން އެންގި ގިނަ މެޑިކަލް ޓެސްޓްތަކެއްވެސް ހެދުމަށްފަހުއެވެ.

ދަގަނޑޭ އާއި ތޮއްޕޭ ގައުމީ ޓީމާ ގުޅުނުއިރު، ކޮލިފައިންގައި އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭނެއެވެ. އެހެންކަމުން އެ ދެ ކުޅުންތެރިންނަށް އެ މެޗުގައި ކުޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ. އެކަމަކު ދަގަނޑޭ އާއި ތޮއްޕޭ ނުލައި ރާއްޖެ ވަނީ ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެފައެވެ. މިދިޔަ ހުކުރު ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަ މެޗުން 13 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަ މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ހަ މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އަލީ އަޝްފާގު (ދަގަނޑޭ)ގައުމީ ފުޓްބޯޅަ ޓީމުވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
21 ސެޕްޓެމްބަރު 2024

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި
03 މެއި 2024

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
27 ޖޫން 2023

ދަގަނޑޭގެ ރެކޯޑާ ޗެތުރީ ހަމަހަމަކޮށްފި، އެއްވަނަ ކުވޭތަށް

27 ޖޫން 2023
ދަގަނޑޭގެ ރެކޯޑާ ޗެތުރީ ހަމަހަމަކޮށްފި، އެއްވަނަ ކުވޭތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު