Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙީ ނިޒާމް ހަރުދަނާ ކުރުން

އަތޮޅުތެރޭގައި ކުދި ހޮސްޕިޓަލްތަކެއް ގާއިމުކުރަނީ

މިއީ 30 އެނދުގެ ހޮސްޕިޓަލް ތަކެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ޖޫން 2021 | ބުދަ 06:17
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

އަތޮޅުތެރޭގައި 18 ކުދި ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ވިދާޅުވީ، އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން 30 އެނދުގެ 18 ހޮސްޕިޓަލްގެ ކުރެހުންތައް ނިމިފައިވާ ކަމަށާއި، ގިނަ ތަންތަން މިހާރު އޮތީ އިއުލާންކުރުމުގެ މަރުހަލާގައި ކަމަށެވެ. މި ހޮސްޕިޓަލްތަކަކީ ބީއެމްއެލް އާއި ކުވައިތު ފަންޑުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކެކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި، އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްފަށާފައިވާ ކަން ސަރުކާރުންވަނީ ހާމަކޮށްފައެެވެ.

ޕެންޑަމިކާ ކުރިމަތިލިއިރު އަތޮޅުތެރޭގައި ހާލަތު ދަށް ނަމަވެސް މިހާރު ކުރެވުނު މަސައްކަތްތަކުން ހުރިހާ ހިސާބެއްގައި ވެސް ވަސީލަތްތައްވަނީ ގާއިމުކޮށްފައެވެ. ހުރިހާ އަތޮޅެއްގައި ފެސިލޓީ ގާއިމުކުރަން 1.7 ބިލިއަން ރުފިޔާ ދައުލަތުންވަނީ ޚަރަދުކޮށްފައެެވެ.

މީގެ އިތުރުން 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަކީ ވެސް ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްހެލްތު މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސް ސޯލިހު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު