Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް

ފްރާންސާއި ސްޕެއިނުގެ ޒުވާން ޓީމަށް މޮޅެއް

ލިތުއޭނީއާ އަތުން ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 22:31
ފްރާންސާއި ބަލްގޭރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 3-0 ން

ފްރާންސާއި ބަލްގޭރިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރާންސް މޮޅުވީ 3-0 ން

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ބަލްގޭރިއާ އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް މޮޅުވިއިރު، ލިތުއޭނީއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިނުގެ ޒުވާން ޓީމުވެސް މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން ފްރާންސް މޮޅުވީ ބަލްގޭރިއާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ފްރާންސުން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. ދެން މި މެޗުގައި ފްރާންސުން ކާމިޔާބުކުރި އަނެއް ދެ ލަނޑު މެޗު ނިމެން ގާތްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑެވެ.

އަންނަ ހުކުރު ދުވަހުގެރޭ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުންވެސް ފްރާންސް މޮޅުވިއިރު، ފުރަތަމަ މެޗުގައި އެ ގައުމުން ވަނީ ވޭލްސް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް ހިމެނެނީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ. ޔޫރޯގައި ފްރާންސުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ނުކުންނާނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ލިތުއޭނީއާ އަތުން ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމު ކުޅެން ޖެހުނީ ދާދި ފަހުން އެ ގައުމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ސްޕެއިނުގެ ސީނިއާ ޓީމު އެއްކޮށް ކަރަންޓީނުވާން ޖެހުމުނެވެ. އުމުރުން 32 އަހަރުގެ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވީ ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. އެކަމަކު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުސްކެޓްސް ފިޔަވައި އެ ގައުމުގެ އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ނެގެޓިވް ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ސްޕެއިނުގެ ޒުވާން ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ގައުމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އޫގޯ ގުއްޔަމޯން، ބްރަހީމް ޑިއާޒް، ހުއާން މިރާންޑާ އަދި ހަވީ ޕުއަޑޯއެވެ.

ޔޫރޯ ގާތްވެފައި ވަނިކޮށް ސްޕެއިން ޓީމު ކަރަންޓީނުވާން ޖެހިފައިވާއިރު، ޓީމުގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސްކޮޑަށް މިހާރު ވަނީ އިތުރު ހަ ކުޅުންތެރިން ނަގާފައެވެ. އެ ކުޅުންތެރިންނަކީ ލީޑްސް ޔުނައިޓެޑުގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ، ވެސްޓް ހޭމްގެ ޕަބްލޯ ފޯނާލްސް، ވެލެންސިއާގެ ކާލޯސް ސޯލާ، ސެލްޓަގެ ބްރައިސް މެންޑޭޒް އަދި ވިޔަރެއާލުގެ ކެޕްޓަން ރައުލް އަލްބިއޯލެވެ. އަދި ގޯލްކީޕަރަކަށް އިތުރުކުރީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާއެވެ.

މި ފަހަރުގެ ޔޫރޯގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްވިޑެންއާ، ޕޮލެންޑުގެ އިތުރުން ސްލޮވޭކިއާއެވެ. ޔޫރޯގައި ސްޕެއިނުން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.

ފްރާންސްސްޕެއިންޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު