Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާއަށް އިންސާފު ހޯދައިދިނުން

ބާކީ 5 ދުވަސް، އާއިލާއިން ތިބީ މިނިސްޓަރުގެ ވައުދުފުޅު ފުއްދަވާނެކަމުގެ އުންމީދުގައި

ތަހުގީގު ލަސްވިޔަ ނުދިނުމަށް މިހާރު ވަނީ 7 ދުވަހުގެ ކައުންޓް ޑައުންއެއް ފަށާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 9 ޖޫން 2021 | ބުދަ 18:48
ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް

ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް

ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔާވި 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވަނީ މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަން، އަދި ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވިދާޅުވީ، ފުރިހަމަ ތަހުގީގަށް ފަހު ނެރޭ ރިޕޯޓް ތަފްސީލު ވާނެ ކަމަށާއި، ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަަށެވެ. އަދި މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

މި ކޭސްގައި ފެނިގެން މިދިޔައީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށެވެ. އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް އަދި އިތުރު ހަފުތާއެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި މީހުން ގެ ޒާތީ މައުލޫމާތުތައް ހިމެނޭތީވެ، އެ ވާހަަކަދެއްކުން ރަނގަޅީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިކަމުގައި ޕަބްލިކްގެ ޕްރެޝަަރ އޮތްނަަމަވެސް ބޭނުންވެ ވަޑައިގަންނަވަނީ އިންސާފުވެރިކޮށް ގެންދަވަން ކަަމަށެވެ. އަދި މިޝްކާގެ ބައްޕައާ ވާހަކަ ދެކެވޭ ކަމަށާއި، ބައްޕަގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައް ކޮށްދެއްވުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި މިކަމުގައި މިޝްކާގެ ބައްޕަގެ ކެތްތެރިކަންވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ނަސީމު އެމަނިކުފާނު އަމިއްލައަށް ކުރައްވާ ތަހުގީގަށް އިތުރު ހަފުތާއަކަށް އެދިފައިވާއިރު، މިކަން އިބިލީހުގެ ކައިވެންޏަށް ވީހެން ވިޔަ ނުދިނުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މިކަމުގައި މިޝްކާގެ އާއިލާގެ ޚިޔާލުވެސް ހުރީ މި ދެންނެވިގޮތަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަމުން މިޝްކާގެ އާއިލާއިން ވަނީ މިނިސްޓަރ ވިދާޅުވި ތާރީޚަށް ތަފްސީލު ހާމަކުރޭތޯ އިންތިޒާރު ކުރާނެކަމަށެވެ. އަދި މިކަމަކީ ދިގުލައިގެން ގޮސް "މާދަމާ، މާދަމާ" ކިޔާ ކަހަލަ ކަމަކަށް ވިޔަ ނުދިނުމަށް އާއިލާއަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

މިޝްކާއަށް އިންސާފު ހޯދައިދިނުމަށް ޖަސްޓިސް ފޯ މިޝްކާގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، ތަހުގީގު ލަސްވިޔަ ނުދިނުމަށް މިހާރު ވަނީ 7 ދުވަހުގެ ކައުންޓް ޑައުންއެއް ފަށާފައެވެ. މި ކައުންޓް ޑައުންގައި ވޭތިވެ ދިޔަ ދެ ދުވަހުވެސް އިންސާފު ލަސްވިޔަނުދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި އާއިލާއިން ތިބީ މިނިސްޓަރގެ ވައުދުފުޅު ފުއްދަވާނެކަމުގެ އިންތިޒާރުގައިކަމަށް ވަނީ ބުނެފައެވެ. އާއިލާއިން ވަނީ ކުރިއަށް އޮތް 5 ދުވަހުވެސް މިގޮތައް ކައުންޓްޑައުން ކުރިއަށްގެންދާނެކަމަށް ބުނެފައެވެ. އާއިލާއިން ބުނެފައިވަނީ އިންސާފު ލިބުން ލަސްވެފައިވާ މި ދަނޑިވަޅުގައި، ދެން ސަރުކާރަށް ދެވޭނީ ހަފުތާއެއް ކަމަށެވެ. އެއަށްވުރެ ލަސްވާނަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވިސްނާކަމަށާއި، މިކަމުގެ ކަންބޮޑުވުންތައް ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށްވެސް ހިއްސާކުރުން އިތުރަށް ލަސް ނުކުރާނެކަމަށެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު